ޕަޕުއާ ނިއު ގިނީގެ ދެ ގަބީލާއެއް މެދުގައި ހިނގި ހަމަނުޖެހުމެއްގައި 64 މީހުން މަރާލައިފި އެވެ.
ޕަޕުއާ ނިއު ގިނީގެ ފުލުހުން ބުނީ އާދީއްތަ ދުވަހު މި ހަމަނުޖެހުން ހިންގާފައި ވަނީ އެންގާ ޕްރޮވިންސްގައި ކަމަށާއި، ހަމަނުޖެހުމުގައި ބަޑިން ހަމަލާދީ މަރާލި 64 މީހުންގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަޑި އާއި ވަޒަން ގަބީލާތަކަށް ލިބޭ ގޮތް ހުއްޓުވުމަށް މަސައްކަތްތަކެއް ފަށާފައިވާއިރު، ކަން ހިނގައިދިޔަ ގޮތް ބެލުމަށް ތަހުގީގެއްވެސް ވަނީ ފަށާފަ އެވެ.
ޕަޕުއާ ނިއު ގިނީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ ކަންބޮޑުވުން ފާޅު ކުރައްވައި ވިދާޅުވީ، އެ ގައުމުގައި ހިނގާ މިފަދަ ކަންކަން ހުއްޓުވުމަށް އެހީތެރިވަމުންދާނެ ކަމަށެވެ.
މީގެ ކުރިންވެސް ޕަޕުއާ ނިއު ގިނީގެ ގަބީލާތަކުގެ މެދުގައި ހަމަނުޖެހުން ހިނގާއިރު، މިއީ މިފަދަ ހަމަނުޖެހުމެއްގައި މިހާ ގިނައިން މީހުން މަރުވި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުވެސް އެންގާ ޕްރޮވިންސްގައި މިގޮތަށް ހިނގި ހަމަނުޖެހުމެއްގައި 60 މީހަކު ބަޑިން ހަމަލާދީ މަރާލާފައިވެ އެވެ.








