ގޯލްޑަން ފުޓްސަލް ޗެލެންޖް: މަތިވެރި، ގާފަރު، ކުޑަހުވަދޫ އަދި އޭދަފުށިން ޒޯން ބުރުގެ ފެށުން ރަނގަޅު ކޮށްފި

އޭދަފުށީ ޓީމުގެ ފާސިރު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ / ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

އޭދަފުށީ ޓީމުގެ ފާސިރު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ / ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ބުރުގައި އއ. މަތިވެރި, ދ, ކުޑަހުވަދޫ އަދި ބ. އޭދަފުށިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އެއީ ޒޯން ތިނެއްގެ މެޗުތަކާއި, ހަތަރެއްގެ މެޗުތަކާއި, ފަހެއްގެ މެޗުތަކުގެ އިތުރުން އަށެއްގެ މެޗުތަކެވެ.

ޒޯން ތިނެއްގެ ފުރަތަމަ މެޗުގައި ކ. އަތޮޅުގެ ޗެމްޕިއަން ގާފަރުން ޅ. އަތޮޅު ޗެމްޕިއަން ކުރެންދޫގެ މައްޗަށް ކުރިހޯދީ 8-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގާފަރުގެ އިބްރާހީމް ރިމާހު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ޝަނާން ރަޝީދު އަދި އަލީ މާއިސް ވަނީ ދެ ގޯލު ޖަހާފަ އެވެ. މީގެ އިތުރުން ގައިސާން އަބޫބަކުރު މާހިރު ވަނީ ގޯލެއް ޖަހާފަ އެވެ.

ޒޯން ތިނެއްގެ ދެވަނަ މެޗުގައި ބ. އަތޮޅު ޗެމްޕިއަން އޭދަފުށިން ކ. އަތޮޅުގެ ރަނަރަޕް ކ. ކާށިދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އަށްވަނަ މިނެޓުގައި އޭދަފުށީގެ ހައިޝަމް ހަސަން ގޯލު ހަހާ އެޓީމަށް ލީޑު ނަގާދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު ފާސިރު ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. އޭދަފުށީގެ ތިންވަނަ ގޯލު ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ޒޯން ހަތަރެއްގައި އދ. އަތޮޅުގެ ޗެމްޕިއަން މަހިބަދޫ އަތުން އއ. އަތޮޅު ޗެމްޕިއަން މަތިވެރި މޮޅުވީ 3-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ 10 ވަނަ މިނެޓުގައި މަހިބަދޫ އަށް ލީޑު ނަގާދިނީ ހުސެއިން ނިޔާޒް (ބޮކުރީ) ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މަތިވެރީގެ އަހުމަދު ފިރާޝް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މަތިވެރި އަށް ލީޑު ނަގާދިނީ އަލީ އަލްސަން ޖެހި ގޯލުންނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މަހިބަދޫގެ އަބްދުالله މިދުހަތު ފަހުމީ (ބިޗަޑު) ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. މަތިވެރި މޮޅުވި ގޯލު ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ޖަހާދިނީ މުހައްމަދު ޝަފުރާޒް އެވެ.

މަތިވެރި ޓީމުގެ ޝަފްރާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ޒޯން ހަތަރެއްގެ ދެވަނަ މެޗުގައި އދ. ރަނަރަޕް މާމިގިލި އާއި ވ. ޗެމްޕިއަން ކެޔޮދޫ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގައި މާމިގިލީގެ އަހުމަދު ނިޒާމް ދެ ގޯލު ޖެހިއިރު, ހައިޝަމް ވަނީ ގޯލެއް ޖަހާފަ އެވެ. ކެޔޮދޫގެ ގޯލުތައް ޖަހާދިނީ އަރީން އަބްދުالله އިބްރާހީމް އާއި އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.

ޒޯން ފަހެއްގައި ފ. އަތޮޅު ޗެމްޕިއަން ބިލެތްދޫ އިން މ. އަތޮޅު ރަނަރަޕް ނާލާފުށީގެ މައްޗަށް ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބިލެތްދޫގެ ނަދީފް އިބްރާހީމް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, މުހައްމަދު ޒީދާން ޒުހުރީ ދެ ގޯލު ޖެހި އެވެ. ނާލާފުށިން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އިބްރާހީމް ޝައްފާން އެވެ.

ޒޯން ފަހެއްގެ ދެވަނަ މެޗުގައި ދ. އަތޮޅު ޗެމްޕިއަން ކުޑަހުވަދޫ އިން މ. އަތޮޅު ޗެމްޕިއަން މުލަކު ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުޑަހުވަދޫގެ މުހައްމަދު އަރީޝް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ޝައުކަތު އަމީން އަދި އަރީފް މަހަމޫދު މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. މި މެޗުގައި މުލަކުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އާދަމް ޝަހީމް އެވެ.

ޒޯން އަށެއްގައި މައްޗަންގޯޅިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ހުޅުމާލޭގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި މައްޗަންގޯޅީގެ ހަސަން ނަޒީމް (ޗޯޓު) އާއި މުހައްމަދު ނަޒާމް, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ރޭގެ ފަހު މެޗުގައި ވިލިމާލެ އާއި ޒޯން އަށެއްގެ މިދިޔަ އަހަރުގެ ޗެމްޕިއަން މާފަންނު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ދެ ގޯލު ޖަހާ ކުރިހޯދީ ވިލިމާލެއިންނެވެ. އެއީ އަލީ ޝިޔާހް އަދި އިސްމާއިލް ވަޖީހު (ވައްޖެ) ކާމިޔާބުކުރި ދެ ގޯލެވެ. އޭގެ ފަހުން ދެވަނަ ހާފުގައި މާފަންނުން ކުޅުން ރަނޅުކޮށް މުހައްމަދު ޔަފާއު އަދި ހުސެއިން ސުހައިލްގެ ގޯލުތަކާއެކު ނަތީޖާ ހަމަހަމަ ކުރި އެވެ.

ޒޯން ބުރުގެ މެޗުތައް މިރޭ ވެސް ކުޅޭނެ އެވެ. މިރޭ ކުޅޭނީ ޒޯން އެކެއް, ޒޯން ދޭއް, ޒޯން ހަޔެއް އަދި ޒޯން ހަތެއްގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ހއ. އުތީމު - ހދ. ނައިވާދޫ : 20:00 (ގްރައުންޑް 1) - ޒޯން 1
  2. ހއ. ދިއްދޫ - ހދ. ނޮޅިވަރަން : 20:00 (ގްރައުންޑް 2) - ޒޯން 1
  3. ރ. އަލިފުށި - ށ. ކަނޑިތީމު : 21:00 (ގްރައުންޑް 1) - ޒޯން 2
  4. ރ. ދުވާފަރު - ށ. ފޭދޫ : 21:00 (ގްރައުންޑް 2) - ޒޯން 2
  5. ތ. އޮމަދޫ - ތ. ތިމަރަފުށި : 22:00 (ގްރައުންޑް 1) - ޒޯން 6
  6. ލ. އިސްދޫ - ލ. ގަން : 22:00 (ގްރައުންޑް 2) - ޒޯން 6
  7. ގދ. ވާދޫ - ގދ. ކަނޑުހުޅުދޫ : 23:00 (ގްރައުންޑް 1) - ޒޯން 7
  8. ސ. ފޭދޫ - ދަނޑިމަގު : 23:00 (ގްރައުންޑް 2) - ޒޯން 7

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox