ސިޓީބިޓީ: ލިބޭ މިންވަރު ދަންނާކަށް ނުވޭތޯ އެވެ؟

Feb 17, 2024, 6:55 AM
ސިޓީބިޓީ: ލިބޭ މިންވަރު ދަންނާކަށް ނުވޭތޯ އެވެ؟

އަހުމަދު ނާފިޒު (ނާއްޕެ)

ދިވެހިރާއްޖެއަށް އައި ފަހުގެ ޑިމޮކްރަސީ ނުވަތަ މަލްޓި ޕާޓީ ސިސްޓަމް ތައާރަފުވި ފަހުން މިހާރު ގުނަމުން މިދަނީ ހަތަރު ވަނަ ދައުރު ނުވަތަ، ވިއްސަކަށް އަހަރެވެ. މި މުއްދަތުގައި ދިވެހި ރައްޔިތުން ވަނީ ތަފާތު އެތަކެއް ތަޖުރިބާތަކެއް ކޮށްފަ އެވެ. އަޅުގަނޑު މި މަޒުމޫނުގައި އަލިއަޅުވައިލަން ބޭނުން ވަނީ ހިފައިހަރުލަމުންދާ އަދި އޭގެ ހައްލެއް މިއަދާ ހިސަބަށް އައިރުވެސް، ހޯދިފައިނުވާ ނުރަނގަޅު އާދަތަކުގެ މައްޗަށެވެ. މިއީ ގެނެވުނު ޑިމޮކްރަސީގެ ފަހަތުން ދިވެހިންގައިގައި ވަކި ހިއްޕާލި ނުރަނގަޅު އާދަތަކެކެވެ.

ދިވެހިރާއްޖެގައި އުފެދިފައިވާ ޕޮލިޓިކަލް ޕާޓީތައް ހިންގުމުގެ ހަރަދު ބިނާވެގެން މިވަނީ ސަރުކާރުގެ ބަޖެޓްގައި، އެ އަހަރަކަށް ކަނޑައަޅާ މިންވަރެއްގެ މައްޗަށްކަން އަޅުގަނޑުމެން އެއްމެންނަވެސް އެނގެ އެވެ. މެމްބަރުންގެ އަދަދަށް ޖެހޭ މިންވަރަކުން ބަހާލެވޭ ބަޖެޓެކެވެ. ބައިބޯ ޕާޓީއަށް ގިނައިންނެވެ. ބައިމަދު ޕާޓީއަށް މަދުންނެވެ. އެވެސް ދިހަ ހާހުން ކައްސާލިފިނަމަ ނުލިބޭ ގޮތަށެވެ. އެއީ ޕާޓީތަކުގެ ގާނޫނު ނުވަތަ ގަވާއިދުގައި އެކަން އޮތް ގޮތެވެ. އީސީން ނެރުނު ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން 11 ޕާޓީއެއް ވަނީ ރެޖިސްޓަ ކުރެވިފަ އެވެ. ނަމަވެސް ބަހާ ފައިސާ ލިބިގެން މިދަނީ މަދު ޕާޓީތަކެއްގެ މެދުގައި ކަމީ އަޅުގަނޑުމެން އެއްމެންވެސް ގަބޫލް ކުރާ ހަގީގަތެކެވެ. ޕާޓީތަކުގެ ހިސާބު ކިތާބު ބެލެހެއްޓުން ވެސް މި އޮންނަނީ އެހާމެ ދޯދިޔާކޮށޭ ބުނުމަކީ ދޮގަކަށް ނުވާނެކަން ޔަގީނެވެ. އެކައުންޓަބަލް ކުރުވުމަށް މާބޮޑެތި ކަންތައްތަކެއް ކުރެވޭ ތަނެއް ހަމަގައިމު ވެސް ފެންނަމުން ނުދެ އެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމެކޭ ކިޔުން ފިޔަވައި އިތުރު ކަމެއް ނެތޭ ބުނުމަކުން، އެޔަށް ދެކޮޅު ހަދާނީ މަދު ބަޔެކެވެ.

Advertisement

ޕާޓީތައް ކިތައްމެ ގިނަ ނަމަވެސް ޖުމްލަ ގޮތެއްގައި ފެނިގެން ގޮސްފައި މިވަނީ ދެފިކުރެއް ކަން އަޅުގަނޑުމެންގެ މާޒީން ފެންނަން މިއޮތީ އެވެ. ވަށައިއެނބުރެނީ އެ ދެ ފިކުރުގަ އެވެ. އެއިރު އެކޮޅުގައި، މިއިރު މިކޮޅުގަ އެވެ. ވެރިކަމަށް އައުމަށް ކޮންމެ ޕާޓީއަކުން ވެސް ގައުމަށްވުރެ ބޮޑު، ބިޔަ، އަދި ކިއެއްތަ ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ވެސް ގައުމަށް ނުލިބޭނެ، އާމްދަނީއަށް ނުތަކާނެ ވައުދުތަކާއި އަހުދު ނުވަތަ މެނިފެސްޓޯ ލިޔެ، ރައްޔިތު މީހާއަށް ވިއްކަ އެވެ. ހަމަ އެ ރައްޔިތު މީހާ ވެސް އެކަން ގަބޫލްކޮށް، އަވައިގައި ޖެހެ އެވެ. މާބޮޑު ހިސާބެއް ނުޖެހިޔަސް އިނގޭވަރުގެ ކަމެކެވެ. ހަރަދު ކުރެވޭނީ ލިބޭ އެއްޗަކުންކަން އެއްމެންނަށް ވެސް އިނގޭނެ އެވެ. މާސިންގާ ބޮޑެތި ޕްރޮޖެކްޓްތަކާއި ބިޔަ ބޮޑެތި އިންފުރާސްޓްކްޗާތަކަށް ފައިސާ ލިބޭނެ ކަމަށް ބަލައި ވައުދު ވަނީ އެވެ. ދަރަނި ވެސް ހޯދެނީ މޮޅުވީމަ ކަމަށް ބުނެ އަޑުގެ ކޮޅަށް ގޮވައި ނަގަނީ އެވެ. މިއީ ގައުމެއްގެ ގޮތުގަ ކުރިއަށް ދާންވީ އެންމެ ރަގަޅު ގޮތް ބާއެވެ؟ ދަރަނީގެ މައްޗަށް ދަރަންޏެވެ! އުފެއްދުންތެރިކަމުގެ ޕްރޮޖެޓްތަކުގެ ވާހަކަ ބިލާހަކަށްވެދާތަން ފެނި މާޔޫސްވަނީ ކިތައް ރައްޔިތުންބާއޭ ހިތަށް އަރަ އެވެ. މިއީ ނުރަނގަޅު އަދި ނިމުމަކަށް ގެންނަންޖެހޭ ކަންތައްތަކެކެވެ. އެކަން އެންމެން ގަބޫލްވެސް ކުރެމެވެ. އެކަމަކު ނިމުމެއް ނާދެ އެވެ.

ވެރިކަމުގައި އޮންނަ ޕާޓީގެ މެމްބަރުންނާއި ގާތްތިމާގެ މީހުންނާއި، ރައްޓެހިންނަށް އެއީ ފާގަތި ފަސް އަހަރެވެ. ސިޔާސީ ކޮންމެވެސް މަގާމެއް ލިބޭނެކަން ކަށަވަރުވާނެތީ އެވެ. އިލްމެއް، ހިލްމެއް ނެތަސް ބޭނުން ވަނީ ބޮޑު މަގާމެކެވެ. ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ވެސް ވެރިކަމަށް އައި ޕަޓީއާ ގުޅުމެއް އޮތްނަމަ ބޮޑު މަގާމަކަށް ނުވަތަ ޕްރޮމޯޝަނަކަށް އުއްމީދުކުރެވެ އެވެ. އެކަން އެމަގުން ހިނގާމެވެސް މެއެވެ. ކުންފުނި އޮޔާދިއަސް، ޕާޓީއަށް ވަފާތެރި ކުދިން ކޮޅަށް ވަޒީފާ ދޭން މައި އޮފީހުގެ ވަޒީރު އަންގަވާނެ އެވެ. އެކަން އެގޮތަށް ކުންފުނީގެ އެމްޑީ ވެސް ބޯލަބަންޖެހެ އެވެ. ގަބޫލަސް ނުގަބޫލަސްމެ އެވެ. މުސާރަ އާއި އިނާޔަތައް ކޮންމެ ދިމާ އަކުން އަޔަސް ހަމަ އޯކޭތޯ އެވެ. ފައިސާ ޗާޕް ނުކުރަންޏާ ދެން ނަގަން ޖެހޭނީ ދަރަނި، އެއީ ކޮންމެ ނަމެއް ކިޔަސްމެވެ. މިއީ ހަމަ ރަގަޅު އާދައެއްބާ އެވެ!

މިގޮތުގައި މިކަން ކުރެވޭނީ ކިހާ ދުވަހަކުން ބާވައޭ ހިތަށް އަރަ އެވެ. ބޭރުގެ ދަރަނި، އެތެރޭގެ ދަރަނި، އަބަދުމެ ރީސްޓަރްކްޗާ ކުރުމުގެ ވާހަކަ ދެއްކުމަށް ވުރެން އާމްދަނީ އިތުރަށް ހޯދޭނެ މަގުތައް ހޯދައި، ހަރަދު ކުޑަކުރުމަށް ގައުމީ ފެންވަރުގައި ސައްލާ ކުރުން އަޅެ ބުއްދިވެރިއެއް ނޫންބާއޭ ހިތަށް އަރަ އެވެ. މިއީ ގައުމެއްގެ ގޮތުގައި ކުރިއަށްދާންވީ ގޮތްބާ އެވެ؟ މީއީ މިހާރުން މިހާރަށް ވެސް ހައްލެއް ގެންނަން ނުޖެހޭ ކަމެއްބާ އެވެ. އެންމެން ވެސް ކިޔަނީ ތިމާއަށް ވުރެން ބޮޑުވާނީ ގައެމެވެ. އެކަމަކު މިފެންނަނީ ތާއަބަދުމެ ތީމާ އަށްވުރެން ގައުމުބޮޑު ނޫންކަމެވެ. މިއީ ހަމަ މިގައުމު ކުރިއަށްދާންވިގޮތްބާ އެވެ. މިނުރަނގަޅު އާދައިގެ މަތީގައި ދެމިތިބޭނީބާ އެވެ.

***

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox