މަރުވާވަރަށް ވެސް ލޯބިވުން

މަރުވާވަރަށް ވެސް ލޯބިވުން

ދިވެހި ޅެންވެރިޔަކު މަރުވިއްޔާ ޝަރަފުގައި މަރުވާނެކަމުގައި ބުނެ ހައްދަވާފައި އޮންނަ ޅެމަކީ ފަހުން އެތައް ލަވަކިޔުންތެރިންނެއްގެ އަޑުން ދިވެހިންގެ ތެރޭގައި މަޝްހޫރު ލަވައެކެވެ. ލަވައިގެ އެކި ކަޑިތަކަށް ނަޒަރު ހިންގާއިރު، އޭގައި ބުނާ ގޮތުން ލޯބީގެ ވަޖިދުގައި ލޯބިވެރިޔާ ކަނޑުވިއްޔާ ކަނޑަށްވެސް އެރޭނެ އެވެ. މަރުވިއްޔާ މަރުވެސްވާނެ އެވެ. ލަވައިގައި ދައްކަނީ ބުއްދިއެއް ނެތް ކަނު ލޯބީގެ ވާހަކަ އެވެ. ލޯތްބަކީ އެ ކަހަލަ އެއްޗެއްކަމުގައި ވެދާނެ އެވެ. އެ ޅެމުގައި ނުވަތަ ލަވައިގައި ހުށަހަޅަނީ ހަގީގީ ލޯބީގެ ފަލްސަފާކަމަށްވާނަމަ، ލޯތްބަކީ ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗެއް ކަމާމެދަކަށް ޝައްކެތް ނެތެވެ.

އެއްގޮތަކީ ޅެންވެރިޔާގެ ބޭނުމަކީ ޅެންވެރިޔާގެ ނަޒަރުގައި ލޯބީގެ ހަގީގަތް ބަޔާންކުރުމެވެ. އަނެއް ގޮތަކީ ޅެންވެރިޔާގެ ބޭނުމަކީ ދިވެހިންގެ ތެރޭގައި ލޯބިވެ އުޅޭ ގޮތުގެ ތަސައްވުރު ޅެމަކުން ބަޔާންކުރުމެވެ. ކޮންމެ ގޮތެއް ވިޔަސް، ލޯބިކަމުގައި ބުނެ، ބުއްދީގެ ހަމަތަކާއި އުސޫލުތަކުން ބޭރުން އިންސާނުން އެބައި މީހުންގެ ހަޔާތް ބަރުބާދުކޮށްލާ ބާވަތުގެ ކަންކަން ކުރުމަކީ އޭރުވެސް މިހާރުވެސް މުޖުތަމައުގައި އޮތް އިޖުތިމާއީ މައްސަލައެކެވެ.

ތަޅާ އަނިޔާކުރާ މީހުންނާއި ދޮގު ހަދާ އޮޅުވާލާ މަކަރުވެރިންނާއެކު ބޮޑު ގެއްލުމުގައި ބައެއް މީހުން އެބައި މީހުންގެ ހަޔާތް ނަގާލަނީ ލޯބީގެ ނަމުގަ އެވެ. ކީރިތި ޤުރުއާނުގައި ސިފަކޮށްފައިވާ ފަދަ ހަމަހިމޭން ކަމެއް ލިއްބައިނުދޭ، އޯގާތެރިކަމެއް ކުނުލެއް ނެތް ގުޅުންތަކުގައި ނަފުސު ގުރުބާން ކުރަނީ ބައެއް މީހުން ލޯބީގެ ނަމުގަ އެވެ. އިހު އުޅުނު ބައިވެރިޔާ ބޭވަފާތެރިވުމުން ދެ ދުނިޔޭގެ މަގުސަދަށް ވިސްނުމެއް ނެތި، ދުނިޔެ އާރާސްތުކުރުމުން ދުރަށް ގޮސް އެކަނިވެރި ހިތާމަވެރި ދިރިއުޅުމެއް ލޯބީގެ ނަމުގައި އިހުތިޔާރުކުރާ މީހުން ވެސް މަދެއް ނޫނެވެ. މިބާވަތުގެ ގެއްލުން ހުރި ކަންކަމާއި ދުނިޔެއާއި އާޚިރަތަށް ފައިދާއެއް ނެތް އެންމެހާ ކަމަކާ ދުރަށް ދިއުމަށް ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު ދައްކައިދޭ އިސްލާމްދީން އަހަރެމެންނަށް ބުނެދެ އެވެ.

ކުއްލިއަކަށް ޔޫސުފް ސޫރަތާ ދިމާއަށް ވަޑައިގަންނަވާށެވެ. އެސޫރަތުގެ 30 ވަނަ އާޔަތެވެ. އެ އާޔަތުގެ ތަރުޖަމާގައި އޮންނަނީ، "ރަށުތެރޭގެ އަންހެނުންގެ ބަޔަކު ބުނެފިއެވެ. އަލްޢަޒީޒުގެ އަންހެނުން، އެކަނބުލޭގެ އަޅު ކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީ އެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެ ކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގަ އެވެ."

އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި އޮންނަ ގުޅުން ސިފަކުރުމަށް "ލޯބި" މި ލަފުޒު ޤުރުއާނުގައި ބޭނުންކުރެވިފައިވަނީ މިތަނުގައެވެ. ރަށު ތެރޭގައި ކީކަމުގައި ވެސް އެވަނީ އެކަނބުލޭގެ މަގުފުރެދިފައި ހުރި ވާހަކައެވެ. މަގުފުރެދުނުކަމުގައި އެވީ އެކަމަނާގެ އަޅުކުއްޖާ (ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ ޔޫސުފްގެފާނު) ގެ ރީތިކަން ފެނި އެކަމަނާވީ ލޯތްބެވެ. ޔޫސުފް ސޫރަތުގައި ބަޔާންވެގެންވާ އެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފިރިކަލުންނަށް ހިޔާނާތްތެރިވުމުގެ މަގަށް އެކަމަނާ ހެއްލި ދިޔަ ގޮތާއި، ޔޫސުފްގެފާނު އެކަމުން މަނާވެގަތް ހާދިސާއަކީ މަޝްހޫރު ހާދިސާއެކެވެ.

ކީރިތި ޤުރުއާނުގެ އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ދެމަފިރިންގެ ގުޅުން އޭގެ މަގުސަދު ބަޔާންކޮށްދެއްވައި، އެކަމަކީ މާތް ﷲ ގެ ކުޅަދުންވަންތަކުގެ ހެކިތަކުގެ ތެރެއިންވާކަމެއްގެ ގޮތުގައި ބަޔާންކުރައްވާފައިވެ އެވެ. ނިކަން ސަމާލުވެ އެ އާޔަތާމެދު ވިސްނުމުގެ ނަޒަރަކުން ފިކުރު ހިންގަވާށެވެ. އެއާޔަތުގެ ތަރުޖަމާގައި އޮންނަނީ "ތިޔަބައި މީހުންނަށްޓަކައި ހަމަ ތިޔަބަ އިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ގުޅުމާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

އާޔަތުގެ މާނަ ދިވެހި ތަރުޖަމާއިން ބައްލަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާނީ "ގުޅުމާއި.." މިގޮތަށް ލިޔެފައިވާ ލަފުޒުގެ ބަދަލުގައި "ލޯތްބާއި.." މިހެން ބަޔާންކޮށްފައިވާ ތަނެވެ. އަރަބި ބަހުން އޮތް ކީރިތި ޤުރުއާނުގައި ބޭނުންކޮށްފައި އޮތް ލަފުޒަކީ، "މަވައްދާ" ގެ ލަފުޒެވެ. ލޯތްބަކީ އެ ލަފުޒުގެ އެއް މާނަ ކަމަށްވާތީ، ދިވެހި ބަހުން އޮތް ތަރުޖަމާ ގޯސްކަމުގައި އަޅުގަނޑު ނުދަންނަވާނަމެވެ. އެކަމަކު އަޅުގަނޑުގެ ނުކުތާއަކީ، އިސްވެ ދިޔަ ޔޫސުފް ސޫރަތުގެ 30 ވަނަ އާޔަތުގައި "ޙުއްބު" ގެ ލަފުޒު އޮވެފައި، ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި އަރަބި ބަހުން ޙުއްބުގެ ބަދަލުގައި "މަވައްދާ" ގެ ލަފުޒު މާތް ﷲ ވަޙީބަސްފުޅުގައި އޮތީ އޭގެ ފަންނީ ތަފާތުކުރެއްވުމަށް ވިސްނާފިކުރުކުރުމަށް ދެވޭ ދައުވަތެއްގެ ގޮތުގައެވެ.

ރޫމް ސޫރަތުގައި ދެމަފަރިންގެ ދެމެދުގައި އޮންނަ ގުޅުމާއި އޯގާވެރިކަން ލެއްވި ލެއްވުމާއި ދެމަފިރިންގެ ގުޅުމަކީ އެކަކު އަނެކަކު ހަމަހިމޭންކަން ލިބިގަނެވޭ ވަސީލަތެއްގެ ގޮތުގައި ލެއްވި ލެއްވުމަކީ، މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެއްގެ ގޮތުގައި އެކަލާނގެ ބަޔާންކުރައްވާފައިވެ އެވެ. އެކަކު މަރުވީތީ އަނެކަކު މަރުވެދިޔުމާއި، އެއް އިންސާނެއްގެ ލޯބީގައި ވަޖިދުވެގެންދިޔަ ދިޔައިނުން، ތިމާގެ ދެދުނިޔެ ގެއްލިގެންދާ ހާލަތަކަށް ތިމާ ވެއްޓިގެންދިއުމަކީ މިއާޔަތުގައި ބަޔާންކުރައްވާފައި މިވާ ފަދަ މާތް ﷲ ގެ ކުޅަދުންވަންތަކުމުގެ ހެކިތަކުގެ ތެރެއިން ހެއްކެއްގެ ގޮތުގައި ބެލެވޭ ބާވަތަކުގެ ކަންކަމެއް ނޫނެވެ.

މާތް ނަބިއްޔާގެ މަޝްހޫރު ހަދީސް ބަސްފުޅުގައި މީހުން މީހުނާ އިންނަ ހަތަރު ސަބަބެއް ބަޔާންކުރައްވައި ހަދީސް ކުރެއްވި ބަސްފުޅުގައި ވެސް ލޯތްބަކީ އެއީ މީހުން މީހުނާ ކައިވެނިކުރާ ސަބަބެއްގެ ގޮތުގައި ބަޔާންކުރައްވާފައި ނުވަނީ ކަމެއްވީމަ އެވެ. އާދޭހެވެ. އެބަސްފުޅުން ތަރުހީބު ދެނީ ދީންވެރި މީހާ އިހުތިޔާރުކޮށްފިނަމަ ކާމިޔާބު ލިބޭނެކަމަށެވެ. ދީންވެރިކަމާއި އަޅުވެރިކަމާއި މިއީ ވެސް ދެކަމެކެވެ. ދީންވެރިކަމަކީ އުޅުންހުރުމެވެ. ގޮތްހުރުމެވެ. އަޅުވެރިކަން އެޔާ ތަފާތެވެ. ދެކަމުގައި ވެސް ޚުލްޤުހެޔޮވުމާއި އިސްލާމްކަން ލާޒިމެވެ. މާތް ނަބިއްޔާގެ ބަސްފުޅުގައި އިތުރަށް ފާހަގަކުރައްވާ ސަބަބުތަކުގެ ތެރޭގައި، ރީތިކަމާއި ހަސަބާއި ނަސަބާއި، މުދާވެރިކަން އެއީ ވެސް މީހުން މީހުނާ އިންނަ ސަބަބެއް ކަމަށް ފާހަގަ ކުރައްވާފައި އޮންނައިރު، ލޯބިވެގެން ވެސް މީހުން މީހުނާ އިންނަކަމުގައި އެ ހަދީސް ބަސްފުޅުގައި ނެތީ ކީއްވެތޯ މިއީ ހަމަ ވިސްނާ ފިކުރުކުރާން އެންމެ ރަނގަޅު ކަމެކެވެ.

މުދާވެރިކަމަށްޓަކައި ކުރާ ކައިވެންޏަކުން ވެސް އަދި ނަސަބަށްޓަކައި ކުރާ ކާވެންޏަކުންވެސް އަދި ރީތިކަމަށްޓަކައި ކުރާ ކާވެންޏަކުން ވެސް އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ބަޔާންކުރައްވާ ކައިވެނީގެ މަގުސަދު ގެނެސްގަނެވިދާނެ އެވެ. އަދި އެގޮތުން ގެނެވޭ މަގުސަދު އެއީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއްގެ ގޮތުގައި ސިފަކުރެވިގެންދާނެ އެވެ. އެކަމަކު މަރުވިއްޔާ މަރުވާ ގޮތަށް، ކަނޑުވިއްޔާ ކަނޑުވާގޮތަށް، "އޭނާ" ނޫނީ ހަޔާތުގައި ބައިވެރިއެއް ނެތްކަމަށް ދެކޭ ފަލްސަފާއެއްގެ މައްޗަށް އުފަންވެފައިވާ އޮންނަ ލޯތްބަކީ ކަނޑައެޅިގެން މާތް ﷲ ގެ ތަނަސްވަންތަ ވޮޑިގެންވާ އިމެއް މިނެއް ނެތް ނިއުމަތްތަކުގެ މައްޗަށް ތިމާގެ ހިތުގައި އުފެދޭ ބޭއީމާނަކާއި ކުފުރުގެ ޝުއޫރުތަކެއް މެނުވީ އެހެން އެއްވެސް އެއްޗެއް ނޫނެވެ.

އެފަދަ ދެވަނައެއް ނެތް އެކެއް ކަމުގައިވީ އެއްކައުވަންތަ ފަރާތަކީ ހަމައެކަނި މާތް ﷲ އެވެ. އެހެން ކޮންމެ އެއްޗަކީ އެޔާ އެއްފަދަ އެތައް އެއްޗެއް އާލަމުތަކުގައި ލެއްވިގެންވާ ތަކެއްޗެވެ. ސަބަބެއް ނެތި އެފަރާތެއްގެ ބަސް އަހާ ގަބޫލުކުރަންޖެހޭ، ހަމައެކަނި ފަރާތަކީ މާތް ﷲ އެވެ. ސުވާލުކުރުމެއް ނެތި އެފަރާތެއްގެ އަމުރުތަކަށް ކަނުލައި އަހާ ކިޔަމަންތެރިވާންޖެހޭ ފަރާތަކީ މާތް ﷲ އެވެ.

އަލްބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެއެވެ. "އަދި ﷲ ފިޔަވައި އެކަލާނގެއާ އެއްފަދަ ބައިވެރިން ތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެ އެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެއުރެން އެ ބައިވެރިން ދެކެ ލޯބިވެ އެވެ. އަދި އީމާންވި މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox