ފައިޓޯގެ ދައުރާ އެކު ބޮޑު ދެ ކްލަބެއް އަލުން ފުރަތަމަ ޑިވިޝަނަށް

ފައިޓޯގެ ދައުރާ އެކު ބޮޑު ދެ ކްލަބެއް އަލުން ފުރަތަމަ ޑިވިޝަނަށް

ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ނަމެއް، ދެ ވަނަ ޑިވިޝަނަށް ވެއްޓިފައި އޮއްވައި، އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން ކުރި މަސައްކަތުގައި ފާހަަގަކުރެވޭ ކުޅުމެއް ދެއްކުން އެއީ އާދައިގެ ކަމެއް ނޫނެވެ. އެކަން ކޮށް، ހުނަރު ސާބިތުކޮށްދީފައިވާ ކުޅުންތެރިއަކީ، ކްލަބް ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދޭން ހިތްވަރު ދެއްކި ހުސެއިން ފައިސަލް (ފައިޓޯ) އެވެ.

ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުން މި ފަހުން އެންމެ ބޮޑަށް ވިދާލި އެއް ކުޅުންތެރިއަކީ، ވާނީ ކުލަބް ވެލެންސިއާ 2019 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ގެންދިޔުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި، އެއް ކުޅުންތެރިޔާ، ފައިޓޯ އެވެ.

ވެލެންސިއާގެ ހާލު އެންމެ ބޮޑުވި ދަނޑިވަޅުގައި، ކޯޗު، އިސްމާއިލް އާސިފް (ކުޑަހީނާ) ދިން ފުރުސަތެއްގައި ކުޅެން ނުކުމެ، ފައިޓޯ ދެއްކި ހިތްވަރު އެ އަހަރު ވެލެންސިއާ އިން އެ މުބާރާތް ކާމިޔާބު ކުރުމުގައި ބޮޑު ދައުރެއް އަދާކުރި އެވެ. އެ ފަހަރުގެ މުބާރާތުގައި ފައިޓޯގެ ބޭނުން ކޯޗު ހީނާ އެކި ގޮތްގޮތައް ހިފި އެވެ. ޑިފެންޑަރަކަށް އަނިޔާވެއްޖެ ހާލަތުގައި ފައިޓޯ, ސެންޓްރަލް ޑިފެންޑަރެއްގެ ގޮތުގައި ވެސް ފެނުނެވެ. ފުލް ބެކްގެ އިތުރުން ޑިފެންސިން މިޑްފިލްޑަރުގެ ދައުރާއި, އެޓޭކިންގް މިޑްފިލްޑަރެއްގެ ދައުރު ވެސް ފައިޓޯ އެ މުބާރާތުގައި އަދާކުރި އެވެ. މީގެ އިތުރުން، ފައިޓޯ ފެނިގެންދިޔައީ މުހިންމު ދަނޑިވަޅުތަކުގައި ގޯލު ޖަހާ ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ދެ ވަނަ ޑިވިޝަން ވެލެންސިއާ ކާމިޔާބުކުރުމުގައި މުހިންމު ރޯލެއް އަދާކުރި ފައިޓޯ އޭގެ ފަހުން ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާއާ އެކު އިތުރު ދެ ސީޒަނުގައި ފެނިގެންދިޔަ އެވެ. އެކަމަކު، ފަހުން ފައިޓޯގެ ދިިރިއުޅުން ރަށަށް ބަދަލުކޮށް, ދެން ފެނިގެންދިޔައި އަތޮޅުތަކުގައި ކުރިއަށްދިޔަ މުބާރާތްތަކުގަ އެވެ.

އޭގެ ފަހުން، ފައިޓޯ މި ވަނީ އަލުން އެނބުރި ގަލޮޅު ދަނޑުގައި ފިޔަ ޖަހަން ފަށައިފަ އެވެ. މި ފަހަރު ރީނދޫ ޖޯޒީއަކު ނޫނެވެ. ވިކްޓަރީގެ ރަތް ޖޯޒީގަ އެވެ. ރީނދޫ ޖޯޒީހާ ބޮޑު ޖޯޒީއެއްގަ އެވެ. ފަހުރުވެރި ތާރީހެއް އޮތް ޖޯޒީއެއްގަ އެވެ. މަތިވީ ހަމަ ކުރިން ރީނދޫ ޖޯޒީގައި ވެސް މަތިވި ޒިންމާ އެވެ. ފުރަތަމަ ޑިވިޝަނަށް ގެންދިޔުމުގެ ޒިންމާ އެވެ. މި ފަހަރު ވެސް ފައިޓޯ އެ ޒިންމާ އަދާކޮށްދިނީ ދެއްކި މޮޅު ކުޅުމާ އެކީގަ އެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ފަހަތާއި މެދުތެރެއިން ފައިޓޯއާ އެ ވަގުތެއްގައި ހަވާލުކުރި ޒިންމާ ފުރިހަމަ އަށް އަދާކުރި އެވެ.

ބޮޑު ދެ ކުލަބަށް ކުޅެ އެ ދެ ކުލަބް ފުރަތަމަ ޑިވިޝަނަށް ގެންދިޔުމުގައި އެހީތެރިވެވުން އެއީ ލިބުނު ބޮޑު ފަހުރެއް -- ފައިޓޯ

ބޮޑު ދެ ކުލަބް ފުރަތަމަ ޑިވިޝަނަށް ގެންދެވުމުގެ ހިތްހަމަ ޖެހުން މިއަދު ފައިޓޯއަށް އެބައޮތެވެ. މިއީ ފައިޓޯގެ ފުޓުބޯޅަ ކެރިޔަރުގައި ރަނުން އޭނާ ފާހަގަ ކުރާނެ ކަމެކެވެ.

ކްލަބް އީގަލްސް އަށް މީގެ ކުރިން ކުޅުނު ފައިޓޯ އަކީ މި ފަހަރު ވިކްޓަރީން އެ ޓީމަށް ކުޅުންތެރިން ހޯދިއިރު، ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ބެލި ކުޅުންތެރިއެކެވެ.

ވެލެންސިއާ އިން ފައިޓޯގެ ރިލީސް ކަންތައްތައް ހަމަޖެއްސުމުގައި ވިކްޓަރީން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ވެސް ވަނީ އެ ޓީމުން ދެ ވަނަ ޑިވިޝަނަށް ޕްލޭން ހެދިއިރު، ފައިޓޯ ގެންނަން ބޭނުންވީ ހުނަރުހުރި ޒުވާން ކުޅުންތެރިއަކަށް ވެފައި، އެއް ލެވަލެއްގައި ގިނަ މަގާމުތަކަކަށް ކުޅެވޭތީ އެވެ.

ވެލެންސިއާ އާއި ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި ފައިޓޯގެ ދައުރު ފެނުނީ އޭނާގެ ބޭނުންކުރި ކޮންމެ މަގާމެއްގައި ވެސް މޮޅަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox