އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ވަކިކުރަން ފާސްކޮށްފި

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އެލެހާންޑްރޯ މަޔޯކާސް -- ފޮޓޯ: ގެޓީ

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އެލެހާންޑްރޯ މަޔޯކާސް -- ފޮޓޯ: ގެޓީ

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އަލިހާންޑްރޯ މަޔޯކާސް މަގާމުން ވަކި ކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް އިން ނިންމައިފި އެވެ.

ހައުސް އޮފް ރިޕްރެޒެންޓޭޓިވްގައި ނެގުނު ވޯޓުގައި އަލިހާންޑްރޯ ވަކި ކުރަން 214 މެމްބަރުން ވޯޓު ދިންއިރު، 210 މެމްބަރުން ވޯޓު ދިނީ އޭނާ ވަކި ކުރުމާ ދެކޮޅަށެވެ.

އެލެހާންޑްރޯ މަގާމުން ވަކި ކުރަން ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް އިން ނިންމާފައި ވަނީ އެމެރިކާ-މެކްސިކޯ ބޯޑަރުން ގަވައިދާ ހިލާފަށް ގިނަ ބަޔަކު އެމެރިކާއަށް އެތެރެވެފައިވާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް ނާޅާތީ، ބޯޑަރުތައް ބެލެހެއްޓުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ދިރާސާތައް ދައްކާގޮތުން 2021 ވަނަ އަހަރުން ފެށިގެން 6.3 މިލިއަން މީހުން ވަނީ ގަވައިދާ ހިލާފަށް އެމެރިކާއަށް ވަދެފަ އެވެ.

އިދިކޮޅު ރިޕަބްލިކަން ޕާޓީން ކޮންޓްރޯލު ކުރާ ތަޅުމުން ނެގުނު ވޯޓުގައި އެލެހާންޑްރޯ ވަކި ކުރަން ނިންމާފައިވާއިރު، ދެން މި މައްސަލަ ދާނީ ޑިމޮކްރެޓިކުންގެ މެޖޯރިޓީ އޮންނަ ސެނަޓަށެވެ. ލަފާކުރެވެނީ ސެނެޓުން މި މައްސަލަ ފާސް ނުވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އެލެހާންޑްރޯ ދިފާއު ކުރައްވާ ވިދާޅުވީ އޭނާ މަގާމުން ވަކި ކުރަން ނިންމީ ސިޔާސީ ބޭނުމަށް ކަމަށް ކަމަށާއި، މިހާތަނަށް އަލިހާންޑްރޯ އޭނާގެ ވަޒީފާ ރަނގަޅަށް އަދާ ކޮށްފައި ކަމަށެވެ.

ނަމަވެސް ރިޕަބްލިކަންގެ ސްޕީކާ އޮފް ދަ ހައުސް މައިކް ޖޯންސަން ވިދާޅުވީ މަޔޯކަސް ވަކި ކުރީ އެކަން ކުރަން ޖެހިގެން ކަމަށާއި، އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ.

މިއީ އެމެރިކާގެ ކެބިނެޓު ސެކެޓްރީއަކު ވަކިކުރަން ފާސްކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން ކެބިނެޓް ސެކްރެޓަރީއެއް ވަކިކުރީ 1876 ވަނަ އަހަރު އޭރުގެ ސެކްރެޓަރީ އޮފް ވާ ވިލިއަމް ބެލްކްނަޕް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއިން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

ރަޝިއާގެ ދިފާއީ މައުލޫމާތުތަކެއް ޖަޕާނަށް ހޯދައިދީ ޖާސޫސްކުރި ކަމުގެ ތުހުމަތުގައި، ޖަޕާނުގެ ނޫސްވެރިއަކު ރަޝިއާގެ ސަކާލިންއިން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކޫރިލް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، ޖަޕާނު ސަރުކާރުން ދަނީ މިކަމުގެ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

ފޭސްބުކްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި ސައުދީ އަރަބިއްޔާގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. މި ހުކުމް ބާތިލްކޮށްފައިވަނީ ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ގިނަ މަސައްކަތްތަކަކަށް ފަހުގައެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

އެއާޕޯޓަށް ހަމަލާދިނީ އިންޒާރުގެ މެސެޖު ހުއްޓާލާފައި އޮއްވާ

ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ ޒަހަމްވިއިރު، މި ހަމަލާތަކުގެ ކުރިން ސައުދީ ސަރުކާރުން އާންމުންނަށް ދެމުންދިޔަ އިންޒާރުގެ މެސެޖުތައް ފޮނުވުން ހުއްޓާލާފައިވާކަން ވަނީ ހާމަވެފައެވެ. އިންޒާރު ނުދީ ހަމަލާތައް ކުރިމަތިވުމުން ސައުދީގެ ސަލާމަތީ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ގައުމުގެ ހާލަތު އާންމުކޮށް އޮތްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޒުން ހަތަރު މީހަކު ޒަހަމްވެ، ބައެއް ގޭބިސީތަކަށާއި އަރަމްކޯގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހަމަލާތަކަކީ ސައުދީ ކޯލިޝަނުން ޔަމަނުގެ ތެޔޮ ގުދަންތަކަކަށް ދިން ހަމަލާތަކުގެ ރައްދުގައި ދީފައިވާ ހަމަލާތަކެކެވެ.

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

Newsletter

Get the latest news delivered straight to your inbox