ސިޓީ އާއި ރެއާލް ފުރަތަމަ ލެގުގައި ކުރިހޯދައިފި

Feb 14, 2024, 3:24 AM
ސިޓީ އާއި ރެއާލް ފުރަތަމަ ލެގުގައި ކުރިހޯދައިފި

ލައިޕްޒިގު، ޖާމަނީ (ފެބްރުއަރީ 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން 3-1 އިން ކޯޕެންހާގެން ބަލިކުރިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން 1-0 އިން އާރްބީ ލައިޕްޒިގު ބަލިކޮށްފި އެވެ.

އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިޔާ، ޖޫޑް ބެލިންހަމް ނުލައި ރެއާލުން ކުޅުނު މި މެޗުގައި، އެ ޓީމުން އެ މަގާމަށް ކުޅުވީ ބްރާހިމް ޑިއާޒް އެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ވެސް ބްރާހިމް ޑިއާޒް އެވެ. އެއީ ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި، މަތީ ކަނަށް ފޮނުވާލި ބޯޅައަކުންނެވެ.

ލައިޕްޒިގުން ގޯލާ އަމާޒުކޮށް ނުވަ ހަމަލާއެއް ފޮނުވާލި މި މެޗުގައި، ރެއާލްގެ ކީޕަރު އަންޑްރީ ލުނިން ވަނީ މޮޅަށް ކުޅެފަ އެވެ. ރެއާލަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ވިނީޝިއުސް ޖޫނިއާ ފޮނުވާލި ޝޮޓެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ. ރެއާލުން ފާއިތުވި 14 ސީޒަނުގެ ތެރޭގައި 12 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން ދެ ވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް ފުއްދައިލެވޭނެ އެވެ.

ރެއާލްގެ ބްރާހިމް ޑިއާޒް ބޯޅައެއް ގޯލަށް ފޮނުވާލަނީ.

ރަށުންބޭރުގައި ކުޅުނު ސިޓީ އަށް 10 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ވަނީ ލީޑުނަގައިދީފަ އެވެ. މެޗުގެ 35 ވަަނަ މިނިޓްގައި ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ހެދި ގޯހެއްގެ ފައިދާނަގައި، ކޯޕެންހާގެންގެ މެގްނަސް މެޓްސަން ވަނީ ގޯލު ޖަހައި، އެ ޓީމަށް އެއްވަރުކޮށްދީފަ އެެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ދެ ވަނަ ފަހަރަށް ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ޑި ބްރޭނާ ދިން ބޯޅައަކުން ބެނާޑޯ ސިލްވާ އެވެ.

ޑި ބްރޭނާ ދިން ބޯޅައަކުން ދެ ވަނަ ހާފުގައި ސިޓީ އަށް ގޯލެއް ޖަހައިދޭން އާލިން ބްރައުޓް ހާލަންޑަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނެވެ. ސިޓީން ތިން ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ކާމިޔާބުކުރީ، ފިލް ފޯޑެން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox