ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ވެސް ފައިނަލް ތަކެއް

ޅ. ހިންނަވަރުގެ އަޝްރަފް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަަސް އެމްވީ

ޅ. ހިންނަވަރުގެ އަޝްރަފް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަަސް އެމްވީ

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ވެސް ފައިނަލްތަކެއް ކުރިއަށްދާނެ އެވެ. އެއީ, ބ. އަތޮޅު ފައިނަލްގެ އިތުރުން ޅ. އަތޮޅު ފައިނަލާއި, ވ. އަތޮޅުގެ ފަހު ލެގުގެ މެޗެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ބ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށިން ޖާގަ ހޯދީ އަތޮޅު ބުރުގައި އެ ޓީމުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް އަތޮޅު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ ތުޅާދޫ އިން ފައިނަލުގެ ޖާގަ ހޯދީ ދެ މެޗުން ހޯދި އެއް މޮޅާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ތުޅާދޫ އިން މި މުބާރާތުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވި އެވެ. އެއީ އޭދަފުށި އަތުންނެވެ. އެ މެޗު އޭދަފުށިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭ ކުޅޭ ފައިނަލް މެޗު ކުޅޭނީ 20:00 ގައި ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގަ އެވެ.

ޅ. އަތޮޅު ފައިނަލުގައި ހިންނަވަރުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ކުރެންދޫއާ ދެކޮޅަށެވެ. ކުރެންދޫ އިން މިދިޔަ އަހަރުގެ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ހޯދީ ހިންނަވަރުގެ މައްޗަށް ދެ ލެގުގެ އެގުރިގޭޓުން ކުރިހޯދައިގެންނެވެ. ޅ. އަތޮޅުގެ އެންމެ ވާދަވެރި ދެ ޓީމަކީ މިއީ އެވެ.

ހިންނަވަރުން މި ފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުރެންދޫ އިންވެސް ވަނީ މި އަދަދަށް ޕޮއިންޓް ހޯދާފަ އެވެ. ހިންނަވަރަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިރޭ ކުޅޭ ފައިނަލް މެޗު ކުޅޭނީ 20:00 ގައި ރެހެންދި ދެ ނަމްބަރު ފުޓްސަލް ދަނޑުގަ އެވެ.

ވ. އަތޮޅު ޗެމްޕިއަން ވެސް މިރޭ ކުޅޭ ދެވަނަ ލެގުގެ މެޗަށްފަހު އެނގޭނެ އެވެ. ވ. އަތޮޅުގެ ފުރަތަމަ ލެގުގައި ކެޔޮދޫ އިން ވަނީ 5-2 ގެ ނަތީޖާއަކުން ފެލިދޫ ބަލިކޮށްފަ އެވެ. އެހެންވެ މިރޭ ކުޅޭ ދެވަނަ ލެގުގެ މެޗުގައި ފެލިދޫ އިން ކާމިޔާބުކުރާނަމަ ބައިކޮޅަށް ލަނޑެއް ނުވައްދާ ހަތަރު ގޯލު ޖަހަން ޖެހޭނެ އެވެ. މި މެޗު ކުޅޭނީ މިރޭ 21:00 ގައި ރެހެންދި ދެ ނަމްބަރު ޓާފް ދަނޑުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox