މަސްތުވެގެން ހުރެ އާގު ބޯޓެއް ދުއްވި މީހަކަށް ޖަލު ހުކުމެއް

މަސްތުވެގެން ހުރެ އާގު ބޯޓެއް ދުއްވި މީހަކަށް ޖަލު ހުކުމެއް

އިނގިރޭސިވިލާތުގެ ފެލިކްސްޓޯވްގައި މަސްތުވެގެން ކޮންޓެއިނާ ބޯޓެއް ދުއްވި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

އުމުރުން 65 އަހަރުގެ ޕޮލެންޑް ރައްޔިތެއް ކަމަށްވާ ޒްބިގްނިއެވް ޗާވްނިއެސް ޖެނުއަރީ، 15 ގައި މަސްތުވެގެން ބޯޓު ދުއްވަމުން ދަނިކޮށް ފުލުހުން އެ ބޯޓު ހުއްޓުވި އެވެ. އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.

ބޯޓުން ޒްބިގްނިއެވް ހައްޔަރުކޮށް ކުރި ތަހުގީގުގައި ރަލުގެ ބާވަތެއް ވަރަށް ގިނައިން ބޭނުން ކޮށްގެން ހުރިކަން އެނގުނެވެ.

މި މައްސަލައިގައި ޒްބިގްނިއެވްގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ އަށް މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އެ ހުކުމް އެއް އަހަރަށް ފަސްކޮށް، 494 ޕައުންޑުން ޖޫރިމަނާ ވެސް ކުރި އެވެ.

ނަމަވެސް މި މައްސަލަ ބެއްލެވި ފަނޑިޔާރު ޑޭވިޑް ވިލްސަން ވަނީ ޒްބިގްނިއެވް އަކީ އަހުލާގު ރަނގަޅު މީހެއްކަން ފާހަގަކޮށް އޭނާގެ ސަބަބުން އާންމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް ބުނެފަ އެވެ.

މިގޮތުން ޒްބިގްނިއެވްގެ މައްޗަށް އިއްވާފައިވާ ހުކުމް އެއް އަހަރު ދުވަސް ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ މައާފް ކުރުމުގެ އިހުތިޔާރު ލިބިގެންވެ އެވެ. ނަމަވެސް ޒްބިގްނިއެވް އިތުރު ކުށެއް ކޮށްފިނަމަ ވަގުތުން އޭނާ ޖަލަށް ލުމުގެ އިހުތިޔާރު އޮންނާނެ އެވެ.

ޒްބިގްނިއެވް ދުއްވި ކޮންޓެއިނަރު ބޯޓު ދަތުރު ކުރަމުންދިޔައީ ބެލްޖިއަމްގެ ޕޯޓަކުން މުދާ ބަރުކޮށްގެން ތުރުކީއަށެވެ.

ބޯޓު ކެޕްޓަނެއްގެ ވަޒީފާ އަދާ ކުރަމުން އައި ޒްބިގްނިއެވްގެ ކެޕްޓަން ކެރިޔަރު މި ހުކުމާއެކު މިވަނީ އެއްކޮށް ނިމިފަ އެވެ.

ފަހުގެ ޚަބަރު

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

ފްލައިޓެއްގެ ކްރޫއަށް ހަމަލާދީގެން ސެލްމާ ބްލެއާ ހައްޔަރުކޮށްފި

މި ހާދިސާގައި ފްލައިޓް އެޓެންޑެންޓުންގެ އިތުރުން ފުލުހަކަށާއި ނަރުހަކަށް ވެސް އޭނާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، ބްލެއާގެ ފަރާތުން ބުނެފައިވަނީ މިއީ ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް. އޭނާ މިހާރު ވަނީ 60،000 ޑޮލަރުގެ ކަފާލާތެއްގެ ދަށުން ދޫކޮށްލާފަ.

ބްރޭކިން ބޭޑް ގެ އެކްޓަރު އާރްޖޭ މިޓީ ކުއްލި ގޮތަކަށް މަރުވެއްޖެ

މަޝްހޫރު ސީރީޒް "ބްރޭކިން ބޭޑް" އިން މަގުބޫލުކަން ހޯދި އެކްޓަރު އާރްޖޭ މިޓީ އުމުރުން 34 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އޭނާ މަރުވި ސީދާ ސަބަބު ދެނެގަތުމަށް ފުލުހުން ތަހުގީގު ފަށާފައިވާއިރު، މިހާތަނަށް ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ. އާރްޖޭ މިޓީއަކީ އެކްޓުކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކުރި ހަރަކާތްތެރިއެކެވެ.

ކުޑަކުދިންގެ ކެންސަރު: ބަލި އަވަހަށް ދެނެގަތުމަށް ސަމާލުވާންޖެހޭ

ކުޑަކުދިންގެ ހަށިގަނޑުގައި ކެންސަރު ފެތުރޭ މިންވަރު އަވަސްވުމާއެކު، ގިނަ ދުވަހަށް ދެމިގެންދާ ނުވަތަ ގޯސްވަމުންދާ އަލާމާތްތަކަށް ބެލެނިވެރިން ސަމާލުވުމަކީ ބަލި އަވަހަށް ދެނެގަތުމަށް މުހިންމު ކަމެކެވެ. މި ބަލި ދެނެގަތުމަށް ސިއްހީ މާހިރުން "ތިނެއްގެ އުސޫލު" ބޭނުންކުރާއިރު، ބަލި ދެނެގަނެވޭ ކުދިންގެ ތެރެއިން 80 އިންސައްތަ ކުދިން ބަލިން ސަލާމަތްވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

Newsletter

Get the latest news delivered straight to your inbox