"ބްރޭކިން ބޭޑް" ގެ އެކްޓަރު އާރްޖޭ މިޓީ ކުއްލި ގޮތަކަށް މަރުވެއްޖެ

Oct 13, 2026, 6:15 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

މަޝްހޫރު ޑްރާމާ ސީރީޒް "ބްރޭކިން ބޭޑް" ގައި ޑްރަގް ކިންގްޕިން ވޯލްޓާ ވައިޓްގެ ދަރިފުޅުގެ ރޯލުން ފެނިގެންދިޔަ އެމެރިކާގެ އެކްޓަރު އާރްޖޭ މިޓީ، އުމުރުން 34 އަހަރުގައި މަރުވެއްޖެ އެވެ.

އާރްޖޭ މިޓީގެ މަންދޫބަކު ބުނީ، އެންމެންގެ ލޯބިލިބިފައިވާ އެކްޓަރު، ދީލަތި އެހީތެރިޔާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކުރި އާރްޖޭ މިޓީ ކުއްލި ގޮތަކަށް މަރުވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އޭނާ މަރުވީ ޓެކްސަސްގެ ބްރައުންސްވިލްގަ އެވެ. ނަމަވެސް އޭނާ މަރުވާން މެދުވެރިވި ސީދާ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސެރެބްރަލް ޕަލްސީ ހުންނަ މިޓީ، އެމީ އެވޯޑް ކާމިޔާބުކޮށްފައިވާ "ބްރޭކިން ބޭޑް" ސީރީޒްގައި ވޯލްޓާ 'ފްލިން' ވައިޓް ޖޫނިއާގެ ރޯލު ކުޅުނީ އޭނާގެ އަމިއްލަ ތަޖުރިބާތަކުގެ އަލީގަ އެވެ. ބްރަޔަން ކްރެންސްޓަން އަދި އާރޮން ޕޯލްއާއެކު މި ސީރީޒްގައި އޭނާ ދެއްކި މޮޅު ހުނަރަށް 2014 ވަނަ އަހަރު ވަނީ ސްކްރީން އެކްޓާސް ގިލްޑް އެވޯޑެއް ލިބިފަ އެވެ.

މީގެ އިތުރުން މިޓީ އަކީ "ޔުނައިޓެޑް ސެރެބްރަލް ޕަލްސީ" އަދި "ޝްރައިނާސް ޗިލްޑްރަންސް" ގެ އެމްބަސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ފަރާތެކެވެ.

ބްރައުންސްވިލް ޕޮލިސް ޑިޕާޓްމަންޓުން ބުނީ އޭނާ މަރުވި ސަބަބާއި ގޮތް އަދި ދެނެގަނެވިފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި މަރުގައި ޝައްކު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައެއް ނުވެ އެވެ.

އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް އެގްޒެމިނޭޝަނެއް ހަދާނެ އެވެ.

"ބްރޭކިން ބޭޑް" އަކީ 2008 އިން 2013 އަށް އެމެރިކާގެ ކޭބަލް ބްރޯޑްކާސްޓަރު އޭއެމްސީން ފަސް ސީޒަނަށް ދެއްކި ސީރީޒްއެކެވެ.

ވިންސް ގިލިގަން އުފެއްދި މި ޑްރާމާ ސީރީޒް ވަނީ ޕްރައިމްޓައިމް އެމީ އެވޯޑްސްގެ 58 ނޮމިނޭޝަން ހޯދައި، 16 އެވޯޑް ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި 2013 އަދި 2014 ވަނަ އަހަރު ހޯދި އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑް ހިމެނެ އެވެ.

ފަހުގެ ޚަބަރު

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

އެމީލިއާ ދުއްވި ބޯޓުގެ ބައިތައް ހޯދަން މިޝަނެއް

މަޝްހޫރު އޭވިއޭޓަރު އެމީލިއާ އިއާހާޓް ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް، އޭނާ ދަތުރުކުރި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް ބެލެވޭ ނިކުމަރޯރޯ ރަށަށް އެމެރިކާގެ މެރިން އާކިއޮލޮޖިސްޓުންގެ ޓީމަކުން ދަތުރެއް ފަށައިފިއެވެ. މި މިޝަންގެ މަގްސަދަކީ ސެޓެލައިޓް ފޮޓޯތަކުން ފެނުނު ބައިތަކަކީ އިއާހާޓްގެ ބޯޓުގެ ބައިތައްކަން ކަށަވަރުކޮށް، 20 ވަނަ ގަރުނުގެ އެންމެ ބޮޑު އެއް ސިއްރު ހައްލުކުރުމެވެ.

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

Newsletter

Get the latest news delivered straight to your inbox