އޭސީސީން ތަހުގީގު ކުރަނީ ގޯތި ދޫކުރުމުގެ މަރުހަލާގައި ހިނގާފައި ހުރި މައްސަލަތަކެއް

މީގެ ކުރިން އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް، އާދަމް ޝާމިލް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މީގެ ކުރިން އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް، އާދަމް ޝާމިލް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އޭސީސީން ތަހުގީގު ކުރަމުންދަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ މަރުހަލާ ތެރޭގައި ހިނގާފައި ހުރި ކަންކަން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް އޭސީސީން އެންމެ ފުރަތަމަ ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަތަކެއް ބަލަމުންދާ ކަމަށާއި ތަހުގީގަށް ފާހަގަވި ކަންތައްތައް ކޮމެޓީން އެދޭނަމަ ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް އެދުވަހު އެކަމާ ގުޅޭ ތަފުސީލީ ލިޔުންތައް ނެތުމުން ތަހުގީގަށް ފާހަގަވި ކަންކަން ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި އޭސީސީގެ މީޑިއާ އޮފިޝަލް، ހަސަން މަނިކު ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ ގޯތި ދިނުމުގެ މަރުހަލާގެ ތެރޭގައި ހިނގާފައި ހުރި މައްސަލަތަކެއް ކަމަށާއި އެ މަރުހަލާގައި އޭރުގެ މިނިސްޓަރީން އަމަލު ކޮށްފައި ހުރި ގޮތް ކަމަށެވެ.

"އަޅުގަނޑުމެން ބަލަމުން ދަނީ ގޯތި ދިނުމުގެ ޕްރޮސެސްގެ ތެރޭގައި ހިނގާފައި ހުރި ކަންތައްތަކެއް، މިވަގުތަށް ކުރިއަށްދާ މައްސަލައެއް ވީމާ އިތުރު ތަފުސީލެއް ހާމަ ކުރެވޭކަށް ނެތް،" ހަސަން މަނިކު ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތީގެ މައްސަލަތަކެއް އޭސީސީން ތަހުގީގު ކުރަމުންދާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދިން ގޯތި ރެޖިސްޓަރީތަކުގެ ސައްހަކަމާމެދު މިހާރުގެ ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މިނިސްޓަރީއާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ނޫސްވެރިންނާ ކުރެއްވި ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ ނުހިއްކާ އޮތް ބިމަކުން ގޯތި ނުދެވޭނެ ކަމަށާއި އެކަމުގައި ގާނޫނީ މައްސަލައެއް އުޅޭ ކަމަށެވެ.

"އޭގައި އެބަ އުޅޭ ވަރަށް ބޮޑު ގާނޫނީ މައްސަލައެއް. ރެޖިސްޓްރީއެއް ދުލެއް ނުކުރެވޭނެ އިން ކަނޑަނޭޅޭ ތަނަކުން. މޫދަކުން ދޭ ބިމަކަށް ރެޖިސްޓްރީ ކަނޑަނޭޅޭނެ. އެއީ ގަވާއިދު އޮތް ގޮތް," މިދިޔަ ނޮވެމްބަރު 20 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވި އެވެ.

ހައިދަރު އެހެން ވިދާޅުވި ނަމަވެސް ކުރީ ސަރުކާރުން ގޯތިތަކުގެ ރެޖިސްޓަރީ ދޫކޮށްފައި ވަނީ "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރެޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" އަށް އިސްލާހެއް ގެނެސްގެންނެވެ. މިދިޔަ އަހަރުގެ އޯގަސްޓު 26 ގައި ގެނައި އެ އިސްލާހުގައި ބުނެފައި ވަނީ ގޯތި ދޫކުރާއިރު، ނުހިއްކައި ނުވަތަ އިން ނުކަނޑާ އޮތް ތަނަކުން ވެސް ގޯތި ދޫކުރެވިދާނެ ކަމަށެވެ.

"އެކަމަކު ގަވާއިދު ބަދަލުކޮށްގެން ލިޔުމެއް ދޫކުރެވޭ ގޮތަށް އޮތީ ހަދާފައި, އެއީ ރެޖިސްޓްރީއަކަށް ނުވާނެ. އެއީ އެކަމާ ބެހޭ ގޮތުން އޮތް ގޮތަކީ, އެހެންވީމާ އޭގެ ވެލިޑިޓީއާ ބެހޭ ގޮތުން ޖެހޭނީ ގާނޫނީ ލަފައެއް ހޯދަން. އެއީ ކިހާވަރެއްގެ ބުރަދަނެއް އޮތް ލިޔުމެއްތޯ," އޭނާ ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox