ގޯލްޑަން ފުޓްސަލް ޗެލެންޖް: ތިމަރަފުށި، ވާދޫ، ކަނޑުހުޅުދޫ އަށް އަތޮޅު ޗެމްޕިއަންކަން

ތިމަރަފުށީ ކުޅުންތެރިންނާއި އޮފިޝަލުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ތިމަރަފުށީ ކުޅުންތެރިންނާއި އޮފިޝަލުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ތ. އަތޮޅު ޗެމްޕިއަންކަން ތިމަރަފުށިން ހޯދިއިރު, ގއ. އަތޮޅު ޗެމްޕިއަންކަން ކަނޑުހުޅުދޫއަށް ލިބުނުއިރު ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫން ދިފާއުކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ވަނީ ތިން ފައިނަލް ކުޅެފަ އެވެ. އެއީ, ތ. އަތޮޅު, ގދ. އަތޮޅު އަދި ގއ. އަތޮޅު ފައިނަލެވެ. އޭގެ އިތުރުން ރޭ ވަނީ ޅ. އަތޮޅު މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު, ތިމަރަފުށިން ތ. އަތޮޅު ޗެމްޕިއަންކަން ހޯދީ އެ އަތޮޅު އޮމަދޫ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.

މި މެޗުގައި ތިމަރަފުށީގެ އަބްދުالله ޒިޔާން ދެ ގޯލު ޖެހިއިރު, އަބްދުالله ތަހުޝީން, އިސްމާއިލް މުނީޒް އަދި އިބްރާހީމް ހަމްދާން, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. އޮމަދޫގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ޖަހާދިނީ މުހައްމަދު އަލާއު އެވެ.

ތ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އިބްރާހީމް ހަމްދާން ހޮވުނުއިރު, އެންމެ ގިނަ ގޯލު ޖަހާފައިވަނީ ވެސް ހަމްދާން އެވެ.

ތ. ތިމަރަފުށި އާއި އޮމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ތ. ތިމަރަފުށި އާއި އޮމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ތ. ތިމަރަފުށި އާއި އޮމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގދ. ވާދޫ އިން އެ އަތޮޅު ޗެމްޕިއަންކަން ދިފާއުކުރީ ތިނަދޫގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ވާދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަޔާޒް އަހުމަދު, މުހައްމަދު އިޔާދު އަލީ, މުހައްމަދު ނާއިލް އެވެ. އަދި ވާދޫގެ ފަހު ގޯލަކީ ތިނަދޫގެ ހުސެއިން ފާޒިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ތިނަދޫ އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް ހުސެއިން އެވެ.

ގދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަޔާޒް ހޮވުނު އިރު, އެންމެ ގިނަ ގޯލު ޖެހީ އިޔާދު އެވެ.

ގދ. ވާދޫ ކުޅުންތެރިން އަތޮޅު ތައްޓާއެކު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ގދ. ވާދޫ ކުޅުންތެރިން އަތޮޅު ތައްޓާއެކު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގދ. ވާދޫ ކުޅުންތެރިން އަތޮޅު ތައްޓާއެކު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫ އިން ހޯދީ އެ އަތޮޅު ގެމަނަފުށީގެ މައްޗަށް 5-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މެޗުގެ ހަތްވަނަ މިނެޓުގައި ކަނޑުހުޅުދޫ އަށް ލީޑު ނަގާދިނީ އަހުނަފް ޒާހިރު ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ގެމަނަފުށީގެ ހުސެއިން ތާއިމް ގޯލު ޖަހާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ގެމަނަފުށީގެ އަހުމަދު ސާމް ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިނެވެ.

އެކަމަކު އޭގެ ތިން މިނެޓު ފަހުން އިސްމާއިލް އަންވާރު ވަނީ ކަނޑުހުޅުދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި އޭގެ އެއް މިނެޓު ފަހުން ކަނޑުހުޅުދޫގެ ކެޕްޓަން މުހައްމަދު ޒައިން ނިޔާޒް ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު އޭގެ އެއް މިނެޓު ފަހުން ގެމަނަފުށީގެ ކެޕްޓަން އަލީ ޝާޒް ހަބީބް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ރޭ ކުޅުނު ޅ. އަތޮޅުގެ މެޗުތަކާއެކު އެ އަތޮޅުން ފައިނަލަށް ދާ ޓީމުތައް ވަނީ ޔަގީންވެފައެވެ. ޅ. ކުރެންދޫ އާއި ނައިފަރު ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި ނަތީޖާއާއެކު ނައިފަރު މުބާރާތުން ކެޓިއިރު, ކުރެންދޫ ވަނީ ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ޅ. އަތޮޅުގެ ދެވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދާފަ އެވެ.

ރޭ ޅ. ހިންނަވަރުން އެ އަތޮޅު އޮޅުވެލިފުށީގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހިންނަވަރުގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަހުމަދު އަވީން މުހައްމަދު, ހުސެއިން މުހައްމަދު, އަދި އަހުމަދު ޝުޖާއު އަލީ އެވެ. މި މެޗުގައި އޮޅުވެލިފުށިން ޖެހި ދެ ގޯލުވެސް އެ ޓީމަށް ޖަހާދިނީ އިމްރާން މުހައްމަދެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ފަސް މެޗު ކުޅޭނެ އެވެ. އެއީ ލ. އަތޮޅު ފައިނަލުގެ އިތުރުން ކ. އަދި މ. އަތޮޅު ސެމީ ފައިނަލް މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ކ. ގާފަރު - ކ. ގުރައިދޫ : 20:00 (ގްރައުންޑް 1)
  2. ކ. މާފުށި - ކ. ކާށިދޫ : 20:00 (ގްރައުންޑް 2)
  3. މ. މުލަކު - މ. ކޮޅުފުށި : 21:00 (ގްރައުންޑް 1)
  4. މ. ނާލާފުށި - މ. މަޑުއްވަރި : 21:00 (ގްރައުންޑް 2)
  5. ލ. ގަން - ލ. އިސްދޫ : 22:00 (ގްރައުންޑް 1) ފައިނަލް

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox