ސަދާގެ މަރު: އިޖުރާއަތުތައް ނަހަމަކޮށް ބޭނުންކުރާތީ ދައުލަތުގެ ވަކީލުންނަށް ކޯޓުން ނަސޭހަތްދީފި

ސަދާގެ މަރު: އިޖުރާއަތުތައް ނަހަމަކޮށް ބޭނުންކުރާތީ ދައުލަތުގެ ވަކީލުންނަށް ކޯޓުން ނަސޭހަތްދީފި

ކުޑަ ކުއްޖެއްގެ މަރުގެ މައްސަލައެއްގައި އިޖުރާއަތުތައް ނަހަމަކޮށް ބޭނުންކުރާތީ ދައުލަތުގެ ވަކީލުންނަށް ސިވިލް ކޯޓުން ނަސޭހަތް ދީފި އެވެ.

ސިވިލް ކޯޓުން ނަސޭހަތް ދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން އުމުރުން ހަ އަހަރުގެ ކުއްޖަކު މަރުވި ކަމަށް ބުނެ ހެލްތު މިނިސްޓްރީގެ މައްޗަށް ފުވައްމުލަކު މީހަކު ކޮށްފައިވާ ދައުވާގައި ދައުލަތުގެ ވަކީލުން އިޖުރާއަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ އެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ކޯޓުގެ އިހުތިސާސްއާ މެދު ނިންމާފައިވާ ގޮތް ހާމަ ކުރަމުން ބުނީ، މި ދައުވާ ކުރިޔަށް ގެންދިޔުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށާއި މަދަނީ އިޖުރާއަތުގެ ގާނޫނުގެ އާންމު މަގްސަދާއި މަދަނީ އިޖުރާއަތުގެ ގާނޫނުގެ އެންމެ އަސާސީ މަގުސަދުތަކަށް އަދި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެ މައްސަލައިގެ ހަސްމުން އަމަލުކުރަންވާނީ ހެޔޮ ނިޔަތުގައި ކަމުގައި ބަޔާންކޮށްފައިވާ އެ އުސޫލުތައް ނެގެހެއްޓުމަށް ދައުލަތަށް ނަސޭހަތްތެރިވާ ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާގެ ހ. އިން ދައުވާ ލިބޭ ފަރާތަށް ކޯޓުގެ އިހުތިސާސްއާ މެދު އިއުތިރާޒްކޮށް މައްސަލަ ހުށަހެޅުމުގެ ހައްގު ލިބިފައިވީ ނަމަވެސް، އެ ހައްގަކީ އެއްވެސް ހުދޫދެއް ނެތް ގޮތަށް ބޭނުން ކުރުމަށް ދޫކޮށްލެވިފައިވާ ހައްގެން ނޫންކަން އެނގޭ ކަމަށް ވެސް ސިވިލް ކޯޓުން ބުނެ އެވެ.

"ދައުވާ ލިބޭ ފަރާތަށް ލިބިދީފައިވާ ހައްގު ބޭނުން ކުރުމުގައި ދައުވާ ލިބޭ ފަރާތުން ވެސް މަދަނީ އިޖުރާއަތުގެ ގާނޫނުގެ އާންމު މަގްސަދާއި މަދަނީ އިޖުރާއަތުގެ ގާނޫނުގެ އެންމެ އަސާސީ މަގުސަދުތަކަށް އަދި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެ މައްސަލައިގެ ހަސްމުން އަމަލު ކުރަންވާނީ ހެޔޮ ނިޔަތުގައި ކަމުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތަރަހައިގެ ތެރެއިން އަމަލު ކުރަން ޖެހޭނެ،" ސިވިލް ކޯޓުން ބުނެ އެވެ.

މިގޮތުން ސިވިލް ކޯޓުން ބުނީ، އެއްވެސް އަސާސެއްނެތް ބޭކާރު އިޖުރާއީ ކަންކަން ނަގައި މައްސަލަ ލަސް ކުރުމުގެ ބޭނުމުގައި ކޯޓުގެ އިހުތިސާސާމެދު ސުވާލު އުފެއްދުމަކީ އެއްވެސް ހާލަތެއްގައި މަދަނީ އިޖުރާއަތުގެ ގާނޫނު ތަސަރައްވަރު ކޮށްފައިވާ ގޮތް ނޫން ކަމަށެވެ.

މިއީ މިކަން ކުރެވިގެންވާނެ ގޮތް ނޫންކަން ފާހަގަކޮށް ސިވިލް ކޯޓުން ބުނީ، ހާއްސަކޮށް އާންމު ރައްޔިތަކާ ހިލާފަށް، މަދަނީ އިޖުރާއަތުގެ ގާނޫނު ބުނެވުނު އަސާސްތައް ނެގެހެއްޓުމުގެ ޒިންމާ ދައުލަތުގެ މައްޗަށް ބޮޑުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox