ލިންގާޑް އެންމެ ފަހުން ދެކުނު ކޮރެއާގެ ކްލަބަކަށް

Feb 7, 2024, 5:55 AM
ލިންގާޑް އެންމެ ފަހުން ދެކުނު ކޮރެއާގެ ކްލަބަކަށް

ލަންޑަން (ފެބްރުއަރީ 7) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ވިންގް، ޖެސީ ލިންގާޑް، ދެކުނު ކޮރެއާގެ ސޯލް އެފްސީ އަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގައި 10 އަހަރު ހޭދަކުރުމަށް ފަހު، ލިންގާޑް، 31، ދާއިމީ ކޮންޓްރެކްޓެއްގައި އެ ޓީމު ދޫކޮށް ބަދަލުވީ، 2022 ވަނަ އަހަރު، ނޮޓިންހަމް ފޮރެސްޓް އަށެވެ.

ނޮޓިންހަމް ފޮރެސްޓްގައި ތިން ވަނަ އަށް އެންމެ މުސާރަ ބޮޑު ކުޅުންތެރިއާގެ ގޮތުގައި، އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ލިންގާޑްގެ އެއްބަސްވުން ހަމަވުމުން އޭނާ ދޫކޮށްލަން އެ ކްލަބުން ނިންމި އެވެ.

Advertisement

ލޯން އެއްބަސްވުމެއްގެ ދަށުން ލެސްޓާ ސިޓީ، ބާމިންހަމް ސިޓީ، ބްރައިޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު ލިންގާޑް، ހޯދަން މި ސީޒަން ފެއްޓުމުގެ ކުރިން ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު މަޝްވަރާތައް ކުރިއަށް ނުދިޔަ އެވެ. އޭގެ ފަހުން، ލިންގާޑް ވަނީ އޭނާގެ އޭޖެންޓް މެދުވެރިކޮށް ބާސެލޯނާ އަށް ބަދަލުވާން އަމިއްލަ އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު، އެ ޑީލް ވެސް ކުރިއަށް ނުދިޔަ އެވެ.

ޔޫރަޕްގެ ރަނގަޅު ލީގެއްގެ ކްލަބެއްގެ އޮފާ ލިންގާޑަށް ނުލިބުމާ އެކު، އޭނާ މިހާރު ނިންމާފައިވަނީ ހަ ފަހަރު ކޮރެއާ ލީގު ތަށި ނަގާފައިވާ ސޯލް ޓީމަށް ބަދަލުވާށެވެ. އެ ޓީމާ ގުޅެން މެޑިކަލް ޓެސްޓް ފުރިހަމަ ކޮށްފައިވާއިރު، ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނަނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox