އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ "ރަމަޒާން ބާޒާރު" ގައި ބައިލައްކައިގެ ވައުޗަރެއް ހޯދިދާނެ

އެސްޓީއޯގެ "ރަމަޒާން ބާޒާރު" ބައިލައްކަ ރުފިޔާގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު -- ފޮޓޯ: އަދަދު

އެސްޓީއޯގެ "ރަމަޒާން ބާޒާރު" ބައިލައްކަ ރުފިޔާގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު -- ފޮޓޯ: އަދަދު

އެސްޓީއޯއިން ކޮންމެ އަހަރަކު ބާއްވާ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އަންނަ އެޕްރީލް 11، ގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ އެމްޑީ ޝިމާދް އިބްރާހީމް އެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަން ކުރިޔަށްދާނީ އެސްޓީއޯގެ މަކިޓާ ޝޯރޫމާއި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯމްރޫމުގެ އިތުރުން އަމީނީ މަގު ނިޕޯން ޝޯރޫމް އަދި ލ. ފޮނަދޫ ފިހާރައިގަ އެވެ.

ރަމަޒާން ބާޒާރު ޕްރޮމޯޝަންގައި ކޮންމެ 1،000ރ. ގެ ވިޔަފާރިއެއް ކުރާ ފަރާތަކަށް ޑިޖިސްޓަލް ކޫޕަނެއް ލިބޭއިރު، އެސްޓީއޯ އިން ބުނީ ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސް ނިމުގެ ކުރިން ގުރުއަތު ނަގާނެ ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން އެއްވަނައަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާއެއް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ލިބެ އެވެ.

މީގެއިތުރުން އެސްޓީއޯ އިން ބުނީ، ހަ ނަސީބުވެރި ފަރާތަކަށް 5،000ރ. މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ގަނެވޭނެ ކަމަށެވެ. މިގޮތުން ސިމެންތި، ހިލަ، ހިލަވެލި އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައް ވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެއިތުރުން މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ ޕްރޮޑަކްޓްސްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.

ނިޕޯން ޕެއިންޓްއަކީ ސިންގަޕޫރުގެ އެއްވަނަ ޕެއިންޓް ބްރޭންޑެވެ. އަދި އެސްޓީއޯއަކީ ނިޕޯން އަދި މަކިޓާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox