ފޯޑެންގެ ހެޓްރިކުން މޮޅުވެ ސިޓީ ދެ ވަނަ އަށް

Feb 6, 2024, 2:42 AM
ފޯޑެންގެ ހެޓްރިކުން މޮޅުވެ ސިޓީ ދެ ވަނަ އަށް

ލަންޑަން (ފެބްރުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން އެ ޓީމުގެ ތަރި، ފިލް ފޯޑެންގެ ހެޓްރިކުން 3-1 އިން ބްރެންޓްފޯޑް ބަލިކޮށް، ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު ސިޓީ ލީގުގެ ދެ ވަނަ އަށް އެރީ ކުރިން އެ މަގާމުގައި އޮތް އާސެނަލާ އެއްވަރަށް ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ 49 ޕޮއިންޓް ލިބިފަ އެވެ. ސިޓީން 22 މެޗު ކުޅުނުއިރު، އާސެނަލުން ވަނީ 23 މެޗު ކުޅެފަ އެވެ. މެޗު ހަމަކުރާއިރު، ސިޓީ އަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ބްރެންޓްފޯޑުން ވަނީ 21 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ޓީމުގެ ކީޕަރު މާކް ފްލެކެން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ނީލް މޯޕޭ އެވެ.

ސިޓީގެ އެޓޭކްތައް ހުއްޓުވަން ފްލެެކެން ގިނަ ހަމަލާތަކެއް ހުއްޓުވި މި މެޗުގައި، ސިޓީން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުުތުގެ ތިން ވަނަ މިނިޓްގައި ފޯޑެން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން، އަށް މިނިޓް ތެރޭ ސިޓީން ލީޑުނެގި އެެވެ. ފޯޑެން މި ލަނޑު ޖެހީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުންނެވެ.

މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް، އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުން، ފޯޑެން ވަނީ ތިން ވަަނަ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ސީނިއާ ކެރިއަރުގައި ފޯޑެންގެ ދެ ވަނަ ހެޓްރިކް އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، މިއީ ފޯޑެންގެ ކެރިއަރުގައި މިހާތަނަށް އޭނާ އެންމެ އާދަޔާހިިލާފު ފޯމެއްގައި ކުޅެމުން އަންނަ ސީޒަން ކަމަށެވެ. އަދި ޓީމަށް ފޯޑެންގެ މުހިންމުކަން މެޗަކަށް ފަހު މެޗެއް ބޮޑުވަމުން އަންނަ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox