ގޯލްޑަން ފުޓްސަލް ޗެލެންޖު: ކާށިދޫ، ގާފަރު، މާފުށި އަދި ގުރައިދޫ އަށް މޮޅެއް

ކާށިދޫ ޓީމުގެ މަޖީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކާށިދޫ ޓީމުގެ މަޖީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ރޭ ކުޅުނު ކ. އަތޮޅުގެ މެޗުތައް ކާށިދޫ, ގާފަރު, މާފުށި އަދި ގުރައިދޫ އިން ކާމިޔާބު ކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ވެސް އަށް މެޗު ކުޅެނެވެ. އެއީ ކ. އަތޮޅުގެ މެޗުތަކުގެ އިތުރުން މ. އަތޮޅުގެ މެޗުތަކެވެ.

ރޭ ކާށިދޫ އިން ހުރާގެ މައްޗަށް ކުރިހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކާށިދޫގެ އަހުމަދު މަޖީދު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ކެޕްޓަން އަކުމަލް މުހައްމަދު އަދި މުހައްމަދު ލަޔާން ނަޒީރު, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ކ. ގާފަރުން އެ އަތޮޅު ހިންމަފުށި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ގާފަރުގެ ކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ) ގެ ފަރާތުން ގިނަ ސޭވްތަކެއް ފެނުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ގާފަރުންނެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް ރިމާހު އެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ގާފަރުގެ ނާއިހް މުފީދު ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ހިންމަފުށީގެ ޔާސިރު ރަގީބް ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.

ކ. ގާފަރު އާއި ކ. ހިއްމަފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ކ. ގާފަރު އާއި ކ. ހިއްމަފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ކ. ގާފަރު އާއި ކ. ހިއްމަފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ކ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ދިއްފުށިން އެ އަތޮޅު ގުރައިދޫ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 10 ވަނަ މިނެޓުގައި ގުރައިދޫ އަށް ގޯލު ޖަހާ ލީޑު ނަގައިދިނީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ދިއްފުށީގެ އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި މެޗުން މޮޅުކޮށްދިން ލަނޑު މެޗުގެ ފަހު ސިކުންތުގައި ގުރައިދޫ އަށް ޖަހާދިނީ އާލިމް އަބްދުލް ގައްޔޫމް އެވެ.

ކ. މާފުށިން އެ އަތޮޅު ގުޅީގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި ގުޅީގެ މުހައްމަދު ނަވީން ޖެހި ގޯލުން އެ ޓީމު ލީޑު ނެގި ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި މާފުށީގެ ހަސަން އިމްރާން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މާފުށިން އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލި އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަބްދުالله ހުމާމް މުހައްމަދެވެ. މާފުށިން ޖެހި ތިންވަނަ ގޯލު އެ ޓީމަށް ޖަހާދިނީ އިސްމާއިލް ނަޒީހު އެވެ.

ކ. އަތޮޅުގެ އިތުރުން ރޭ ވަނީ މ. އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ. މ. މުލީގެ މައްޗަށް އެ އަތޮޅު ނާލާފުށިން ކުރިހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނާލާފުށީގެ ޔޫސުފް ޒަޔާން ދެ ގޯލު ޖެހިއިރު, މޫސާ ނައިސާން, އަލީ އަޒްމީލް އަދި އިބްރާހީމް ޝައްފާން, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

މ. މުލައް އަދި ވޭވަށް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
މ. މުލައް އަދި ވޭވަށް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މ. މުލައް އަދި ވޭވަށް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މ. ދިއްގަރު އަދި އެ އަތޮޅު ކޮޅުފުށީގެ ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގެ ދެވަނަ މިނެޓުގައި ދިއްގަރަށް ލީޑު ނަގާދިނީ އަލީ މާޖިދު ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ކޮޅުފުށީގެ ކެޕްޓަން މޫސާ ޒާހިރު ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މ. މުލަކުން އެ އަތޮޅު ވޭވަށް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މުލަކުގެ ކެޕްޓަން އާދަމް ޝަހީމް ދެ ގޯލު ޖެހިއިރު, އާދަމް ނިޒާމް އަދި މުހައްމަދު ހުސެއިން ގޯލެއް ޖެހި އެވެ.

މ. ރަތްމަންދޫގެ މައްޗަށް އެ އަތޮޅު މަޑުއްވަރިން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މަޑުއްވަރީގެ, މިލްހާން އިބްރާހީމް, ތޮލާލް ނަސީރު, ހުސަން އަލީ އަދި އިބްރާހީމް ނާޝިދު, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލު ޖެހި އެވެ. މި މެޗުގައި ރަތްމަންދޫން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން އަހުމަދު ޝަކީބް އެވެ.

މި މުބާރާތުގައި މިރޭ ހަތް މެޗު ކުޅޭނެ އެވެ. އެއީ ހއ. އަދި ހދ. ފައިނަލާއި, ނ. އަތޮޅުގެ ފައިނަލުގެ އިތުރުން, ގއ. އަތޮޅުގެ މެޗުތަކާއި ތ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ހއ. އުތީމު - ހއ. ދިއްދޫ : 20:00 (ގްރައުންޑް 1) - ހއ. ފައިނަލް
  2. ހދ. ނައިވާދޫ - ހދ. ނޮޅިވަރަން : 20:00 (ގްރައުންޑް 2) ހދ. ފައިނަލް
  3. ތ. އޮމަދޫ - ތ. ހިރިލަންދޫ : 21:00 (ގްރައުންޑް 1) ސެމީ ފައިނަލް
  4. ތ. ތިމަރަފުށި - ތ. ކިނބިދޫ : 21:00 (ގްރައުންޑް 2) ސެމީ ފައިނަލް
  5. ގދ. ވާދޫ - ގދ. ގައްދޫ : 22:00 (ގްރައުންޑް 1)
  6. ގދ. ތިނަދޫ - ގދ. ހޯދެއްދޫ : 22:00 (ގްރައުންޑް 2)
  7. ނ. މާފަރު - ނ. ކެނދިކުޅުދޫ : 23:00 (ގްރައުންޑް 1) ނ. ފައިނަލް

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox