ފަސޭހައިން ބީޖީ ބަލިކޮށް މަސް އޮޑި ދެ ވަނަ ޑިވިޝަންގެ ސެމީ އަށް

Feb 5, 2024, 1:53 PM
މަސް އޮޑި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަސް އޮޑި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަަމަ މެޗުގައި ފަސޭހަކަމާ އެކު، 5-0 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް، މަސް އޮޑި ސްޕޯޓްސް ކްލަބުން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މި ފަހަރުގެ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނަ މަސް އޮޑިން ސެމީގައި ކުޅެން ޖެހޭނެ ޓީމެއް އެނގޭނީ ކުއާޓާގެ ފަހު މެޗުންނެވެ. އެ މެޗުގައި ބައްދަލުކުރަނީ، ޓެންޓް ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކްލަބާއި ލެގޫންސް ސްޕޯޓްސް ކްލަބް އެވެ. އެ މެޗު އޮތީ ބުރާސްފަތި ދުވަހު ހަވީރު އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަަމަ ހާފު ދިޔައީ ގޯލެއް ނުފެނި އެވެ.

މެޗުން މޮޅުވި، މަަސް އޮޑިން ހުރިހާ ގޯލެއް ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން ފުރަަތަމަ ގޯލު މެޗުގެ 51 ވަނަ މިނިޓްގައި ޖެހީ، އަލީ ޝާމިސް (ތޮއްޕޭ) ދިން ބޯޅައަކުން، މުހައްމަދު ރާހިލް ރަޝީދު އެވެ. ރާހިލް ކުޅެންއެރީ ބަދަލަކަށެވެ.

ލީޑުނެގިތާ ފަސް މިނިޓް ފަހުން، މަސް އޮޑީގެ މިސްރު ކުޅުންތެރިޔާ، އެލް ސައީދު ވަނީ އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.

މަސް އޮޑި ޓީމުގެ އިއްބެ ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަަދަދު

މެޗުގެ 64 ވަނަ މިނިޓްގައި މަސް އޮޑިން ތިން ވަނަ ލަނޑު ޖެހި އެވެ. މި ލަނޑަކީ، އަރިމަތިން މަސް އޮޑި ޓީމުގެ ތޮއްޕޭ ހުރަހެއް ނަގަން ފޮނުވާލި ބޯޅައެއް ބީޖީ ކުޅުންތެރިއަކު ފައިގައި ޖެހިފައި ބައުންސްވެގެން އައިސް ބީޖީގެ ކީޕަރު، ހުސެއިން އިބްރާހިމް ބޯމަތިން ވަން ގޯލެކެވެ.

އޭގެ 10 މިނިޓް ފަހުން، ތޮއްޕޭ ދިން ބޯޅައަކުން، މެޗުގެ 74 ވަނަ މިނިޓްގައި މަސް އޮޑީގެ ހަަތަރު ވަނަ ލަނޑު ޖެހީ، އިބްރާހިމް ޝަރީފް މުހައްމަދު (އިއްބެ) އެވެ. އިއްބެ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން މަސް އޮޑި ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ، އެ ޓީމުގެ މިޑްފީލްޑަރު، އިސްމާއިލް ފިކްރީ އެވެ. މިއީ، މަސް އޮޑި ޓީމުގެ ހުސެއިން ޝަރީފް އަށް ބީޖީގެ ކީޕަރު، ހުސެެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ކުޅޭ މަސް އޮޑި އަކީ މި ފަަހަރުގެ ދެ ވަނަ ޑިވިޝަނުގައި އެންމެ ފޯމު ރަނގަޅު އެއް ޓީމެވެ. މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބޭނެ އެވެ. އެހެންކަމުން، ފުރަތަމަ ޑިވިޝަނުގެ ޕްރޮމޯޝަނަކާ ގާތަށް މަސް އޮޑި މި ވަނީ ޖެހިލައިފަ އެވެ.

ދެ ވަނަ ޑިވިޝަނުގައި މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބައްދަލުކުރާނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ އެވެ. މެޗު ފަށާނީ 15:50 ގަ އެވެ. އެ އަށް ފަހު، ބުދަ ދުވަހު ހަވީރު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅޭނީ ކުޑަހެންވޭރު ޔުނައިޓެޑާ އެވެ. ކުއާޓާގެ ދެ މެޗުން ނިއު އާއި ވިކްޓަރީ މޮޅުވެއްޖެނަމަ ސެމީގައި މި ދެ ޓީމު ބައްދަލުކުރަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox