ގޯލްޑަން ފުޓްސަލް ޗެލެންޖް 2024: ތ. އަތޮޅު ސެމީ އަށް އޮމަދޫ، ތިމަރަފުށި، ކިނބިދޫ އަދި ހިރިލަންދޫ

އޮމަދޫ ޓީމުގެ

އޮމަދޫ ޓީމުގެ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ތ. އަތޮޅު ސެމީ ފައިނަލުން އޮމަދޫ, ތިމަރަފުށި, ކިނބިދޫ އަދި ހިރިލަންދޫ ޖާގަ ހޯދިއިރު, ލ. އަތޮޅު ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ގަން, މާމެންދޫ, އިސްދޫ އަދި މާވަށް ޖާގަ ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް އަށް މެޗު ކުޅުނެވެ. އެއީ ލ. އަތޮޅުގެ މެޗުތަކުގެ އިތުރުން ތ. އަތޮޅުގެ މެޗުތަކެވެ.

ތ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކިނބިދޫގެ މައްޗަށް އެ އަތޮޅު އޮމަދޫ އިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އޮމަދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ހަސަން ކިއާން ސިނާން އެވެ. އަދި ދެވަނަ ހާފުގައި މުހައްމަދު އަލާއު ވަނީ އިތުރު ގޯލެއް ޖަހާ އޮމަދޫގެ ލީޑު ފުޅާކޮށްފަ އެވެ.

ތ. ކިނބިދޫ އާއި ތ. އޮމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ތ. ކިނބިދޫ އާއި ތ. އޮމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ތ. ކިނބިދޫ އާއި ތ. އޮމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މި ނަތީޖާ އާއެކު އޮމަދޫ އިން ތ. އަތޮޅުގެ ގްރޫޕް އޭގެ އެއް ވަނަ ހޯދީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ކިނބިދޫ އަށް ލިބުނީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގަ އެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު, ތ. ތިމަރަފުށިން އެ އަތޮޅު ގުރައިދޫ ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތިމަރަފުށީގެ އިސްމާއިލް މުނީޒް (ޓްރީ) ދެ ގޯލު ޖެހިއިރު, އިބްރާހީމް ސިނާހް (ސިނާ), އާދަމް ނާސިހު, ހުސެއިން އަލީ, އަލީ ޝިފާއު (ރޮނާ) އަދި އިބްރާހީމް ހަމްދާން, މިއިން ކޮންމެ ކުޅުންތެެރިއަކު ގޯލެއް ޖެހި އެވެ.

މި ނަތީޖާއާ އެކު ތިމަރަފުއްޓަށް ގްރޫޕް ބީގެ އެއް ވަނަ ލިބުނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ހިރިލަންދޫ އަށް ހަތަރު މެޗުން ލިބުނީ ހަތް ޕޮއިންޓެވެ.

ތ. ތިމަރަފުށި އާއި ތ. ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ތ. ތިމަރަފުށި އާއި ތ. ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ތ. ތިމަރަފުށި އާއި ތ. ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ތ. ވިލިފުށި އަދި ގާދިއްފުށި ބައްދަލުކުރި މެޗު ވިލިފުށިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ވިލިފުށި ޓީމުން މި މެޗު ކުޅުނީ ކުރީ މެޗުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ކުރި ޖޫރިމަނާ ފައިސާ ދެއްކުމަށްފަހުގަ އެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ލަނޑުތައް ޖަހާދިނީ އަހުމަދު ރައްޔާން އަދި ހުސެއިން ރިފާއު އެވެ.

ތ. މަޑިފުށީގެ މައްޗަށް އެ އަތޮޅު ވޭމަންޑޫ އިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވޭމަންޑޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަހުމަދު ސައީދު, ސޮލާހް އަލީ އަދި މޫސާ މުހައްމަދު މަނިކު އެވެ. މި މެޗުގައި ވިލިފުށިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ހުޒައިފް ރަޝީދެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން އެ އަތޮޅުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ އަތޮޅު ދަނބިދޫގެ މައްޗަށް 7-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގައި ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) ފަސް ގޯލު ޖެހިއިރު, އަބްދުالله ޖުނައިދު އަދި ޒައިދާން އަބްދުالله, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ލ. ގަން އާއި ލ. ދަނބިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ލ. ގަން އާއި ލ. ދަނބިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ލ. ގަން އާއި ލ. ދަނބިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ލ. އަތޮޅު ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައި މާވަށުން ޖާގަ ހޯދީ މާބައިދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި މާވަށައް ލީޑު ނަގާދިނީ އަހުމަދު މުހައްމަދު ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން މާބައިދޫގެ ހަސަން ނިމާލް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި މާވަށް މޮޅުކޮށްދިން ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޝާއިރު އެވެ.

މި ނަތީޖާއާއެކު ލ. އަތޮޅު ގްރޫޕް އޭ ގެ އެއްވަނަ ލ. ގަމުން ހޯދީ ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނައަށް ދިޔަ މާވަށަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ.

ލ. އިސްދޫ އިން ސެމީ ފައިނަލުގެ ޖާގަ ހޯދީ އެ އަތޮޅު މުންޑޫގެ މައްޗަށް 7-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވ. މި މެޗުގައި އިސްދޫގެ އަލީ ހުމޭޒު ހަތަރު ގޯލު ޖެހިއިރު, އަހުސަން ރަޝީދު, މުހައްމަދު ނައީމް އަދި ހުސެއިން އަފްޚާން, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. މުންޑޫގެ ހުސެއިން ޝާޒިން ދެ ގޯލު ޖެހިއިރު, އިބްރާހީމް ނަބީލް ގޯލެއް ޖެހި އެވެ.

އިސްދޫ އިން ސެމީގެ ޖާގަ ހޯދީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ މާއެނބޫދޫ އެވެ. އެ ޓީމަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ.

މި މުބާރާތުގައި މިރޭ ރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. އޭގެ ތެރޭގައި ށ. އަތޮޅު ފައިނަލް, އދ. އަތޮޅު ފައިނަލް އަދި އއ. ފައިނަލް ހިމެނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ށ. ކަނޑިތީމު - ށ. ފޭދޫ : 20:00 (ގްރައުންޑް 1) - ށ. ފައިނަލް
  2. ބ. ކެންދޫ - ބ. ތުޅާދޫ :20:00 (ގްރައުންޑް 2)
  3. ޅ. ހިންނަވަރު - ޅ. ކުރެންދޫ : 21:00 (ގްރައުންޑް 1)
  4. ޅ. އޮޅުވެލިފުށި - ޅ. ނައިފަރު : 21:00 (ގްރައުންޑް 2)
  5. އދ. މާމިނގިލި - އދ. މަހިބަދޫ :22:00 (ގްރައުންޑް 1) - އދ. ފައިނަލް
  6. އއ. ބޮޑުފޮޅުދޫ - އއ. މަތިވެރި : 22:00 (ގްރައުންޑް 2) އއ. ފައިނަލް
  7. ސ. ފޭދޫ - ސ. މަރަދޫ : 23:00 (ގްރައުންޑް 1)
  8. ސ. ހިތަދޫ - ސ. މަރަދޫފޭދޫ : 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox