ރޮކޭގެ ގޯލުން ބާސެލޯނާ އިން އޮސަސޫނާ ބަލިކޮށްފި

Feb 1, 2024, 2:33 AM
ރޮކޭގެ ގޯލުން ބާސެލޯނާ އިން އޮސަސޫނާ ބަލިކޮށްފި

ބާސެލޯނާ (ފެބްރުއަރީ 1) - ސްޕެނިޝް ލީގުގައި ބެންޗުން އަރައި ވިޓޯ ރޮކޭ ޖެހި ގޯލުން ބާސެލޯނާ އިން 1-0 އިން އޮސަސޫނާ ބަލިކޮށްފި އެވެ.

މިއީ މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް ޒަވީ ހެނާންޑޭޒް ހާމަކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ ރޮކޭ، 18، އަކީ ބްރެޒިލްގެ އެތުލެޓިކޯ ޕަރަނައެންސޭ ދޫކޮށް މި މަހުގެ ކުރީކޮޅުގައި ބާސެލޯނާ އަށް ބަދަލުވި ކުޅުންތެރިއެކެވެ. ކުޅެން އެރިތާ މިނިޓެއްގެ ތެރޭގައި، މެޗުގެ 63 ވަނަ މިނިޓްގައި ރޮކޭ މި ލަނޑު ޖެހީ ހަވިއޭ ކަންސޭލޯ ނެގި ހުރަހަކުން ބޮލުންނެވެ. މިއީ ރޮކޭ ބާސެލޯނާ އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ބާސެލޯނާ އަށް ފުރަަތަމަ ހާފުގައި ލީޑުނަގައިދޭން ޖޫލްސް ކޫންޑޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ރޮކޭ އަށް ކުރި ފައުލަކަށް މެޗުގެ 67 ވަނަ މިނިޓްގައި އޮސަސޫނާގެ އުނާއީ ގާސިއާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޮސަސޫނާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ކުރި އެޓޭކްތައް ހުއްޓުވުމުގައި ބާސެލޯނާގެ ކީޕަރު އިނާކީ ޕެންޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލީިގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްފަ އެެވެ. އެތުލެޓިކޯ އިން ރެއިނިލްޑޯ މަންޑާވާގެ ގޯލުން ލީޑުނަގާފައިވަނިކޮށް ރަޔޯ އަށް އެއްވަރުކޮށްދިނީ އަލްވާރޯ ގާސިއާ ރިވޭރާ އެވެ. މެޗުގެ 90 ވަނަ މިނިޓްގައި އެތުލެޓިކޯ މޮޅުކޮށްދިނީ މެޕްފިސް ޑިޕާއި އެވެ.

ލީގުގެ އެއް ވަނައިގައި 22 މެޗުން 55 ޕޮއިންޓާ އެކު އޮތީ ޖިރޯނާ އެވެ. ދެ ވަނައިގައި 21 މެޗުން 54 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު، ތިން ވަަނައިގައި އޮތް އެތުލެޓިކޯ އާއި ހަތަރެއްގައި އޮތް ބާސެލޯނާ އަށް 22 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox