ގޯލްޑަން ފުޓްސަލް ޗެލެންޖު: ދިއްދޫ އާއި އުތީމު ހއ. އަތޮޅު ފައިނަލަށް

ހއ. މާރަންދޫ އާއި ހއ. އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހއ. މާރަންދޫ އާއި ހއ. އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގެ ހއ. އަތޮޅު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް ދިއްދޫ އާއި އުތީމުން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މި މުބާރާތުގައި ރޭ ހަތް މެޗު ކުޅުނުއިރު, އެންމެ ފުރަތަމަ ކުޅުނީ ހއ. އަތޮޅު ސެމީ ފައިނަލު މެޗުތަކެވެ. ހއ. އުތީމުން މާރަންދޫގެ މައްޗަށް ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ހަތްވަނަ ސިކުންތުގައި އުތީމަށް މެޗުގެ ލީޑު ނަގައިދިނީ މުހައްމަދު ނަބީލް ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި މާރަންދޫގެ ހަމްދޫން އަބްދުލް ލަތީފް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އުތީމުގެ ތަހާ މުހައްމަދު އަލުން ލީޑު ނަގައިދިނެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ހަމްދޫން އިތުރު ގޯލެއް ޖަހާ އަލުން ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު، އޭގެ މިނެޓެއް ފަހުން އުތީމުގެ ތާހާ އަލުން އެ ޓީމަށް ލީޑު ނަގައިދިނެވެ. އަދި ދެ ވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ހުއްޓަ ނަބީލް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އުތީމުގެ އަހުމަދު އައިހަމް އެ ޓީމުން ޖެހި ފަސް ވަނަ ގޯލު ޖެހިއެވެ. މެޗުގެ ފުރިހަމަ ވަގުތު ގެ ފަހު މިނެޓުގެ ތެރޭގައި މާރަންދުގެ މުހައްމަދު ތަހްސީން އަދި އަހުމަދު މުހައްމަދު ކައިރި ކައިރީ ދެ ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.

ހއ. އުތީމު އާއި ހއ. މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހއ. އުތީމު އާއި ހއ. މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހއ. އުތީމު އާއި ހއ. މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހއ. ދިއްދޫ އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ހއ. ބާރަށް ފަސޭހަކަމާ އެކު 7-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ދިއްދޫގެ ފާއިގް އަހުމަދާއި ހައިޝަމް ރަޝީދު ތިން ގޯލު ޖަހާ ހެޓްރިކް ހެދި އެވެ. އަދި އެޓީމުގެ ފަހު ގޯލު ޖަހާދިނީ މުހައްމަދު ސަނާއު ނަސީރެވެ.

މި މެޗުގައި ބާރަށުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހާދިނީ އަހުމަދު ފައިޒާން އެވެ.

ހއ. އަތޮޅުގެ މެޗުތަކުގެ އިތުރުން ފ. އަތޮޅުގެ މެޗުތަކެއްވެސް ރޭ ކުޅުނެވެ. ފ. ފީއަލީގެ މައްޗަށް އެ އަތޮޅު މަގޫދޫ އިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މަގޫދޫގެ އުލޫފް އަހުމަދު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އެ ޓީމުގެ އަނެއް ލަނޑު އެޓީމަށް ޖަހާދިނީ މުހައްމަދު އަލްޔާން އަބްދުالله އެވެ. ފީއަލީގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ ޒީދާން އަބްްދުالله އާއި ރަފްހާން އިބްރާހީމް އެވެ.

ފ. ނިލަންދޫގެ މައްޗަށް އެ އަތޮޅު ދަރަނބޫދޫ އިން ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަރަނބޫދޫގެ މުޒްދާން ހަސަން ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, މުއައްލިމް އުމަރް އަދި މަހްފޫޒް އުމަރު, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލު ޖެހި އެވެ.

ނިލަންދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަކުރަމް އިސްމާއިލް, އިޖާޒް އަބްދުލް ގާދިރު, އަހުމަދު ޖަވާދު އެވެ. އަދި އެ ޓީމުން ޖެހި ފަހު ގޯލަކީ ދަރަނބޫދޫގެ މަހުފޫޒް އުމަރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން ރޭ ވަނީ ދ. އަތޮޅުގެ މެޗެއްވެސް ކުރިއަށް ގޮސްފަ އެވެ. ދ. ބަނޑިދޫގެ މައްޗަށް ދ. ކުޑަހުވަދޫ އިން ކުރިހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މި މެޗުގައި ކުޑަހުވަދޫގެ މުހައްމަދު އަރީޝް, ޖުމައިލް ޖަމީލް (ޖުމްބެ), އަބްދުالله ޝަރުމަދް ދެ ގޯލު ޖެހިއިރު, ހުސެއިން އައިހަމް އަދި އިސްމައިލް ޒިދާން ގޯލެއް ޖެހި އެވެ.

ބަނޑިދޫއިން ކާމިޔާބުކުރި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް އަފްނާން އެވެ.

ދ. ކުޑަހުވަދޫ އާއި ދ. ބަނޑިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ދ. ކުޑަހުވަދޫ އާއި ދ. ބަނޑިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ދ. ކުޑަހުވަދޫ އާއި ދ. ބަނޑިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މީގެ އިތުރުން ގދ. އަތޮޅުގެ މެޗުތައް ވެސް ރޭ ވަނީ ކުޅެފަ އެވެ. އެ ގޮތުން ގދ. ގައްދޫގެ މައްޗަށް އެ އަތޮޅު ތިނަދޫ އިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުގެ ރަނަރަޕް ގދ. ވާދޫން އެ އަތޮޅުގެ ހޯދެއްޑޫގެ މައްޗައް ކުރިހޯދީ 6-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ އަދި މުހައްމަދު ނާއިލް ދެ ގޯލު ޖެހިއިރު, ނަޝާހް އަހުމަދު އަދި އިބްރާހީމް ޝައުފް މުހައްމަދު ގޯލެއް ޖެހި އެވެ.

މި މެޗުގައި ހޯދެއްޑޫގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ ސާއިން އަސްލަމް އެވެ.

މި މުބާރާތުގައި މިރޭ އަށް މެޗު ކުޅޭނެ އެވެ. އޭގެ ތެރޭގައި ރ. އަތޮޅު ފައިނަލްގެ އިތުރުން, ހދ. އަތޮޅުގެ ސެމީ ފައިނަލްގެ މެޗުތައް ކުރިއަށް ދާނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ : 20:00 (ގްރައުންޑް 1) - ސެމީ ފައިނަލް
  2. ހދ. ނޮޅިވަރަން - ހދ. ނޮޅިވަރަންފަރު : 20:00 (ގްރައުންޑް 2) - ސެމީ ފައިނަލް
  3. ސ. ހިތަދޫ - ސ. މަރަދޫ : 21:00 (ގްރައުންޑް 1)
  4. ސ. މަރަދޫފޭދޫ - ސ. ފޭދޫ : 21:00 (ގްރައުންޑް 2)
  5. ނ. ވެލިދޫ - ނ. މާފަރު : 22:00 (ގްރައުންޑް 1)
  6. ނ. ކެނދިކުޅުދޫ - ނ. ހޮޅުދޫ : 22:00 (ގްރައުންޑް 2)
  7. ރ. ދުވާފަރު - ރ. އަލިފުށި : 23:00 (ގްރައުންޑް 1) - ފައިނަލް
  8. ބ. އޭދަފުށި - ބ. ކެންދޫ : 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox