ޒާތީ ދިރިއުޅުމުގެ ކަމަކާ ހެދި ވޯކާ އަތުން ސިޓީގެ ކެޕްޓަން ބޭންޑް ނުނަގާނެ

Jan 31, 2024, 4:29 PM
ޒާތީ ދިރިއުޅުމުގެ ކަމަކާ ހެދި ވޯކާ އަތުން ސިޓީގެ ކެޕްޓަން ބޭންޑް ނުނަގާނެ

މެންޗެސްޓާ (ޖެނުއަރީ 31) - މެންޗެސްޓާ ސިޓީގެ ކެޕްޓަން، ކައިލް ވޯކާގެ ޒާތީ ދިރިއުޅުމުގައި ހިނގަމުން އަންނަ ކަމަކާ ހެދި އޭނާ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، އޭނާ އަތުން ސިޓީގެ ކެޕްޓަން ބޭންޑް ނުނަގަން އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ނިންމައިފި އެވެ.

ވޯކާގެ އަނބިމީހާ، އެނީ ކިލްނާ، ހަތަރު ވަނަ ދަރިއަކަށް ބަލިވެއިންއިރު، މި ހަފްތާގައި މީޑިއާގައި އާންމުވި ވާހަކަ އަކީ، އިނގިރޭސި މޮޑެލް، ލައުރީން ގުޑްމަންއާ އެކު ވޯކާގެ ދެ ދަރިން ތިބި ކަމެވެ. އަދި ކައިވެނިން ބޭރުން ވޯކާ އާއި ލައުރީން ގުޅުން ބާއްވަމުން އޮންނަތާ އެތައް އަހަރެއް ވެފައިވާ ކަމެވެ.

މި މައްސަލައިގައި ވޯކާ މިހާރު ދިރިއުޅެނީ އަނބިމީހާ، ކިލްނާއާ ވަކިން ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސި ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިޔާ، ވޯކާ، އަކީ ކްލަބް ކެޕްޓަނެއް ފަދަ ރޯލް މޮޑެލް އެއް ކަމަށް ގިނަ ބަޔަކު ދެކޭނެ މަގާމެއްގައި ހުރި ކުޅުންތެރިއެކެވެ. އޭނާގެ ފަރާތުން މި ފަދަ ކަންކަމެއް ފެނުމަކީ، ސިޓީގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ބެހެއްޓުން ރަނގަޅު ވަގުތެއް ނޫން ކަމަށް ބުނެ، އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

މި ކަމާ ގުޅޭގޮތުން، ނޫސްވެރިން ގާޑިއޯލާއާ ސުވާލުކުރުމުން، އޭނާ ބުނީ ވޯކާ ކެޕްޓަނަކަށް ހަމަޖެއްސުމަކީ މުޅި ކްލަބްގެ ނިންމުމެއް ކަމަށެވެ.

"އޭނަ (ވޯކާ) ކެޕްޓަނަކަށް ނެގީ މުޅި ޓީމުން. އެހެންވީމަ އެ ނިންމުން ބަދަލުކުރުމުގެ އިހުތިޔާރު އޮތީ ވެސް ޓީމަށް،" ގާޑިއޯލާ ބުންޏެވެ.

"އަހަރެން އޭނަ އަށް ވެސް އޭނަގެ އާއިލާ އަށް ވެސް އިހުތިރާމް ކުރަން، އެ މީހުންގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން އަހަރެން އެންމެ ބަހެއް ވެސް ނުބުނާނަން،"

ސިޓީގެ ކެޕްޓަނުން ކަނޑައަޅަނީ ކްލަބްގެ ހުރިހާ ކުޅުންތެރިންގެ ވޯޓަކުންނެވެ. މިދިޔަ އޮގަސްޓް މަހު ނެގި ވޯޓުން، ވޯކާ އަށް ކުރި ލިބުނީ، ކެވިން ޑި ބްރޭނާ، ރޮޑްރީ، ރުބެން ޑިއާސް އަދި ބެނާޑޯ ސިލްވާއާ ވާދަކޮށެވެ.

ވޯކާގެ މި މައްސަލައިގައި ގިނަ އިނގިރޭސިން އަންނަނީ އެކި ޕްލެޓްފޯމްތަކުގައި ޝުއޫރު ފާޅުކުރަމުންނެވެ. މީގެ ކުރިން މި ފަދަ ކަންކަމުގައި އިނގިރޭސި ކްލަބްތަކުން ވަނީ ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox