ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ލައިނާ، ރޯޔަލް ކެރީބިއަންގެ އައިކަން އޮފް ދަ ސީސްގެ ފުރަތަމަ ދަތުރު އެމެރިކާގެ މިއާމީއިން މި ހަފުތާގައި ވަނީ ފަށައިފަ އެވެ.
މިއީ 20 ފަންގިފިލާގެ ފްލޯޓިން ސިޓީއެއް ފަދަ އުޅަނދެކެވެ. އާންމު ގޮތެއްގައި 5،600 ޕަސެންޖަރުންނަށް ހިދުމަތް ދެވޭ މި އުޅަނދުގައި 2350 ފަޅުވެރިން ތިބޭނެ އެވެ. މާސިންގާ މި އުޅަނދު ތައްޔާރު ކުރުމަށް 900 ދުވަސް ހޭދަވި އެވެ.
ފާހަގަ ކޮށްލެވޭ ބައެއް ހަގީގަތް
- ފުރަތަމަ ދަތުރުގައި ދާނީ ވާޖިން އައިލެންޑްސްގެ ސެއިންޓް ކިޓްސް އަދި ޗާލޮޓް އަމާލީ އަށް
- ޓިކެޓުގެ އަގު އުޅެނީ 1،723 ޑޮލަރާއި 2،639 ޑޮލަރާ ދެމެދުގައި
- ޓައިޓޭނިކަށް ވުރެ ފަސް ގުނަ ބޮޑު. ގާތްގަނޑަކަށް 365 މީޓަރު (1،198 ފޫޓް) ދިގު، 250،800 ޓަނު ބަރު މި އުޅަނދަކީ ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް
- ހަތް ޕޫލް، ހަ ވޯޓަސްލައިޑު ހުރޭ
- ރެސްޓޯރެންޓު، ކެފޭ އަދި މުނިފޫހިފިލުވާ ތަންތަނާއެކު 40 ވުރެ ގިނަ ސަރަހައްދު ހުރޭ
- ޖުމުލަ 1.65 ބިލިއަން ޔޫރޯ (1.79 ބިލިއަން ޑޮލަރު) ހަރަދުވި








