އެކަކަށްވުރެ ގިނައިން ކުރިމަތިނުލާތީ ޑިމޮކްރެޓްސްއިން ޕްރައިމަރީ ބާއްވަންޖެހުނީ އެންމެ ހަތަރު ދާއިރާއެއްގައި

ޑިމޮކްރެޓްސްގެ ބައެއް އިސްވެރިން، ޕްރައިމަރީއަކާ ނުލައި މަޖިލިސް ޓިކެޓު ލިބޭ ބޭފުޅުން މީގެ ތެރޭގައި ހިމެނޭ -- ފޮޓޯ: އަދަދު

ޑިމޮކްރެޓްސްގެ ބައެއް އިސްވެރިން، ޕްރައިމަރީއަކާ ނުލައި މަޖިލިސް ޓިކެޓު ލިބޭ ބޭފުޅުން މީގެ ތެރޭގައި ހިމެނޭ -- ފޮޓޯ: އަދަދު

އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިނުލާތީ، މާޗު 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސް އިން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބާއްވަން ޖެހުނީ އެންމެ ހަތަރު ދާއިރާއެއްގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑިމޮކްރެޓްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވާ ގޮތުން ޕްރައިމަރީގައި ވާދަ ކުރަން ހުޅުވާލުމުން ކުރިމަތިލީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންނެވެ. އެއް ކެންޑިޑޭޓަކަށް ވުރެ ގިނައިން ކުރިމަތިލީ އެންމެ ހަތަރު ދާއިރާއަށް ކަމަށް ވާތީ ޕްރައިމަރީ ބާއްވަން ޖެހެނީ އެ ދާއިރާތަކުގައި އެކަންޏެވެ. އެ ހަތަރު ދާއިރާއަކީ:

  1. ކެލާ ދާއިރާ
  2. ކަނޑިތީމު ދާއިރާ
  3. ހުޅުމާލެ ދެކުނު ދާއިރާ
  4. ހެންވޭރު ދެކުނު ދާއިރާ

ޕްރައިމަރީގައި ވާދަކުރުމަށް އެދި، އެންމެ މެމްބަރަކު ކުރިމަތިލާފައިވާ ދާއިރާތަކުގައި، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް ޕާޓީގެ ޓިކެޓު ހަވާލު ކުރެވޭނެ ކަމަށް ޕާޓީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ. އެ މެމްބަރުންގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި ޑިމޮކްރެޓްސް ތަމްސީލް ކުރައްވާ މެމްބަރުން ހިމެނެ އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބޭ ބައެއް މެމްބަރުންގެ ތެރޭގައި ހިމެނެނީ އަލީ އާޒިމް (މެދު ހެންވޭރު ދާއިރާ)، އީވާ އަބްދުﷲ (ގަލޮޅު އުތުރު ދާއިރާ)، އިސްމާއިލް ޒަރިޔަންދު (ގަލޮޅު ދެކުނު ދާއިރާ)، ހުސެއިން އަމްރު (މައްޗަންގޯޅި އުތުރު ދާއިރާ)، އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު ދާއިރާ)، އިބްރާހިމް ރަޝީދު (މާފަންނު މެދު ދާއިރާ)، ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާ) އަދި ފާތިމަދު ހަމްދާ (ހުޅުމާލެ އުތުރު ދާއިރާ) އެވެ.

އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ބާއްވޭ ޕްރައިމަރީ އޮންނާނީ ފެބްރުއަރީ 3، ވާ ހޮނިހިރު ދުވަހު ކަމަށް އެ ޕާޓީން ހާމަކޮށްފައިވެ އެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާއަށް ވެސް ހުޅުވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox