ގޯލްޑަން ފުޓްސަލް ޗެލެންޖު: ނައިވާދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު އަދި ނޭކުރެންދޫ ސެމީ އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅު ކުއާޓާ ފައިނަލުގައި ނައިވާދޫ އާއި މަކުނުދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅު ކުއާޓާ ފައިނަލުގައި ނައިވާދޫ އާއި މަކުނުދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހދ. އަތޮޅު ސެމީ ފައިނަލުން ނައިވާދޫ, ނޮޅިވަރަން, ނޮޅިވަރަންފަރު އަދި ނޭކުރެންދޫ ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗަކީ ހދ. އަތޮޅު ކުއާޓާ ފައިނަލުގެ މެޗުތަކެވެ. މީގެ އިތުރުން ކުޅުނީ ގއ. އަތޮޅުގެ މެޗުތަކެވެ.

ހދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫ އިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި މަކުނުދޫގެ މައްޗަށް 7-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ނައިވާދޫގެ އަބްދުالله ވިސާމް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ޔާމީން މުހައްމަދު (ޔާންޓެ), އަބްދުالله ޝާފިއު (ޝާއްޕެ), ހުސެިއން މައިޝާން އަދި ހަސަން ތާއިފް މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ހދ. ނައިވާދޫ އާއި ހދ. މަކުނުދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހދ. ނައިވާދޫ އާއި ހދ. މަކުނުދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހދ. ނައިވާދޫ އާއި ހދ. މަކުނުދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހދ. ނޭކުރެންދޫ އިން ސެމީގެ ޖާގަ ހޯދީ އެ އަތޮޅު ހަނިމާދޫގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ 14 ވަނަ މިނެޓުގައި ނޭކުރެންދޫގެ ކެޕްޓަން މުހައްމަދު ވިލްފް ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިނެވެ. އަދި ދެ ވަނަ ހާފުގެ ނުވަ ވަނަ މިނެޓުގައި ނޭކުރެންދޫގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ރާއިފް ފަޒީލް ޖެހި ގޯލުންނެވެ. އަދި ނޭކުރެންދޫގެ ތިންވަނަ ގޯލު ދެ ވަނަ ހާފުގެ ފަހު މިނެޓުގައި އެ ޓީމަށް ޖަހާދިނީ އަލީ އިފާޒް އެވެ.

ހދ. ނޮޅިވަރަމުން ސެމީގެ ޖާގަ ހޯދީ ވައިކަރަދޫގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ 15 ވަނަ މިނެޓުގައި ސާލިމް މުހައްމަދު ޖެހި ގޯލުން ނޮޅިވަރަމުން ލީޑު ނެގި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ވައިކަރަދޫގެ އަހުމަދު އަނީސް ޖެހި ގޯލުން އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެކަމަކު، އޭގެ ތިން މިނެޓު ފަހުން ސާލިމް އިތުރު ގޯލެއް ޖަހާ އަލުން ނޮޅިވަރަމަށް ލީޑު ނަގައިދިނެވެ. އަދި ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި ސާލިމް ގޯލު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.

ހދ. ވައިކަރަދޫ އާއި ހދ. ނޮޅިވަރަން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހދ. ވައިކަރަދޫ އާއި ހދ. ނޮޅިވަރަން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހދ. ވައިކަރަދޫ އާއި ހދ. ނޮޅިވަރަން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހދ. އަތޮޅުގެ ކުއާޓާ ފައިނަލުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ދިޔައީ ނޮޅިވަރަންފަރު އަދި ނެއްލައިދޫގެ ކުރިމަތިލުމެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ނޮޅިވަރަންފަރުން ކުރިހޯދީ 9-8 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ހަތް ވަނަ މިނެޓުގައި ނޮޅިވަރަންފަރުގެ ކީޕަރު އަހުމަދު ވަހީދަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ނެއްލައިދޫ އަށް ލީޑު ނަގައިދިނީ ހުސެއިން ހާފިޒެވެ. އަދި އޭގެ ސިކުންތުކޮޅެއްގެ ފަހުން ހާފިޒު ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އެކަމަކު މެޗުގެ 14 ވަނަ މިނެޓުގައި ނޮޅިވަރަންފަރުގެ ކެޕްޓަން އަހުމަދު ޝިޒާން ޖެހި ހިތްގައުމު ގޯލުން އެ ޓީމުން ފަރަގު ކުޑަކުރި އެވެ. އަދި ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި ނޮޅިވަރަންފަރުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ނާއިޒް ހަސަން (ދާދު) އެވެ. އެކަމަކު ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ހާފިޒު އިތުރު ގޯލެއް ޖަހާ އަލުން ނެއްލައިދޫއަށް ލީޑު ނަގައިދިނެވެ. ނޮޅިވަރަންފަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މުހައްމަދު އަހުސަން ކާމިޔާބު ކޮށްދިން ގޯލުންނެވެ.

ނަތީޖާ އެއްވަރުވުމާއެކު ޖެހި ޕެނަލްޓީތަކުގެ ތެރެއިން ހަ ޕެނަލްޓީ ނޮޅިވަރަންފަރުން ކާމިޔާބުކުރިއިރު, ނެއްލައިދޫގެ ހުސެއިން ހާޒިމް ޖެހި ޕެނަލްޓީ ނޮޅިވަރަންފަރުގެ ކީޕަރު ވަހީދު ވަނީ ދިފާއު ކޮށްފަ އެވެ.

މީގެ އިތުރުން ރޭ ވަނީ ގއ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ. ގއ. ވިލިނގިލީގެ މައްޗަށް އެ އަތޮޅު ކަނޑުހުޅުދޫ އިން ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކަނޑުހުޅުދޫގެ އިސްމާއިލް އަންވާރު ދެ ގޯލު ޖެހިއިރު, އަހުމަދު ޖަވާޒް އަދި އަލީ އަޒްވާން އަބްދުލް އަޒީޒް, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ގއ. ކޮލަމާފުށީގެ މައްޗަށް އެ އަތޮޅު ދެއްވަދޫ އިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެއްވަދޫގެ އަހުމަދު ރާހިލް ރަޝީދު ދެ ގޯލު ޖެހިއިރު, އަހުނަފް ރަޝީދު ގޯލެއް ޖެހި އެވެ. ކޮލަމާފުށީގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އާސިފް ހަނީފް އެވެ.

ގއ. ދެއްވަދޫ އާއި ގއ. ކޮލަމާފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން އަދަދު
ގއ. ދެއްވަދޫ އާއި ގއ. ކޮލަމާފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން އަދަދު

ގއ. ދެއްވަދޫ އާއި ގއ. ކޮލަމާފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން އަދަދު

ގއ. ދާންދޫގެ މައްޗަށް އެ އަތޮޅު ނިލަންދޫ އިން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި ނިލަންދޫގެ އަބްދުالله ޒިހުނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިން އިރު, މެޗުގެ 16 ވަނަ މިނެޓުގައި މުހައްމަދު ޝާވިން ހުސެއިން ގޯލު ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ދާންދޫގެ ހުސެއިން ސައީދު ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ހުއްޓައި އަހުމަދު ހުސެއިން ޖެހި ގޯލުން ދާންދޫ އިން ނަތީޖާ ހަމަހަމަ ކުރިނަމަވެސް އޭގެ މިނެޓެއް ފަހުން މެޗުން މޮޅު ކޮށްދިން ގޯލު ނިލަންދޫ އަށް ޖަހާދިނީ މުހައްމަދު ޒާހިލް އަހުމަދެވެ.

ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން މާމެންދޫގެ މައްޗަށް އެ އަތޮޅު ކޮނޑޭއިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ކޮނޑޭއަށް ޖަހާދިނީ އަހުމަދު އަނަސް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭވެސް އަށް މެޗު ކުޅޭނެ އެވެ. އެއީ އއ. އަތޮޅުގެ މެޗުތަކުގެ އިތުރުން ތ. އަދި ނ. އަތޮޅުގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. އއ. ތޮއްޑޫ - އއ. މަތިވެރި : 20:00 (ގްރައުންޑް 1)
  2. އއ. ފެރިދޫ - އއ. ބޮޑުފުޅަދޫ : 20:00 (ގްރައުންޑް 2)
  3. ތ. ގާދިއްފުށި - ތ. ކިނބިދޫ : 21:00 (ގްރައުންޑް 1)
  4. ތ. ބުރުނި - ތ. އޮމަދޫ : 21:00 (ގްރައުންޑް 2)
  5. ތ. ގުރައިދޫ - ތ. ވޭމަންޑޫ : 22:00 (ގްރައުންޑް 1)
  6. ތ. ހިރިލަންދޫ - ތ. މަޑިފުށި : 22:00 (ގްރައުންޑް 2)
  7. ނ. މާފަރު - ނ. ހޮޅުދޫ : 23:00 (ގްރައުންޑް 1)
  8. ނ. މިލަދޫ - ނ. ކެނދިކުޅުދޫ : 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox