ގޯލްޑަން ފުޓްސަލް ޗެލެންޖު: އުތީމު، ދިއްދޫ، ބާރަށް، އަދި މާރަންދޫ ހއ. އަތޮޅު ސެމީ އަށް

ހއ. އަތޮޅު ކުއާޓާ ފައިނަލުގައި ހޯރަފުއްޓާއި މާރަންދޫ ބައްދަލުކުރި މެޗަށް ފަހު މާރަންދޫ ކުޅުންތެރިން އުފާފާޅު ކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހއ. އަތޮޅު ކުއާޓާ ފައިނަލުގައި ހޯރަފުއްޓާއި މާރަންދޫ ބައްދަލުކުރި މެޗަށް ފަހު މާރަންދޫ ކުޅުންތެރިން އުފާފާޅު ކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް, ސެމީ ފައިނަލުން އުތީމު، ދިއްދޫ، ބާރަށް އަދި މާރަންދޫ ޖާގަ ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ހަތް މެޗު ވަނީ ކުޅެފަ އެވެ. އެއީ ދ. އަތޮޅުގެ މެޗުތަކާއި ސ. އަތޮޅުގެ މެޗުތަކުގެ އިތުރުން ހއ. އަތޮޅު ކުއާޓާ ފައިނަލް މެޗުތަކެވެ.

ކުއާޓާ ފައިނަލުގައި ހއ. އަތޮޅުގެ ޗެމްޕިއަން އުތީމުން އިހަވަންދޫގެ މައްޗަށް ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އުތީމުގެ ތަހާ މުހައްމަދު ދެ ގޯލު ޖެހިއިރު, މުހައްމަދު ރިޝްމީ, މުހައްމަދު ނަބީލް އަދި އަހުމަދު އައިހަމް (ފަތޯ) މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. މި މެޗުގައި އިހަވަންދޫ އިން ކާމިޔާބުކުރި ގޯލުތައް އެ ޓީމަށް ޖަހާދިނީ އިބްރާހީމް ހާމިދު (ހާންޑޯ) އަދި އަހުމަދު ސާޖިދެވެ.

ހއ. ދިއްދޫ އިން ހއ. ފިއްލަދޫގެ މައްޗަށް ކުރިހޯދީ ޕެނަލްޓީގައި 7-8 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ, 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި މެޗުގެ ދެވަނަ މިނެޓުގައި ދިއްދޫގެ ކެޕްޓަން ފާއިގް އަހުމަދު ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިންއިރު, މެޗުގެ އަށްވަނަ މިނެޓުގައި ދިއްދޫގެ ލީޑު އެ ޓީމަށް ފުޅާކޮށްދިނީ މުހައްމަދު ވިޝާހު އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ފިއްލަދޫގެ އަލީ އަފްރާހު ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދިއްދޫގެ ތިންވަނަ ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް ނަވާފް ސައީދެވެ. މި މެޗުގެ ނަތީޖާ ފިއްލަދޫއިން އެއްވަރު ކުރީ ދެވަނަ ހާފުގައި އާދަމް އަބްދުލް ރަހީމް ކާމިޔާބުކުރި ދެ ގޯލުންނެވެ.

ހއ. ވަށަފަރު ކަޓުވާލާ ބާރަށުން ސެމީގެ ޖާގަ ކަށަވަރުކުރީ ޕެނަލްޓީގައި 8-7 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ބާރަށުން އެ ޓީމުން ޖެހި ނުވަ ޕެނަލްޓީގެ ތެރެއިން އަށް ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ނާކާމިޔާބުވީ, އަލީ ސާފީ ޖެހި ޕެނަލްޓީ އެކަންޏެވެ. ވަށަފަރުގެ އަބްދުالله ޝާކިރު ޖެހި ޕެނަލްޓީ ބާރަށުގެ ކީޕަރު ދިފާއުކުރިއިރު, އީމާން ވަހީދު ޖެހި ޕެނަލްޓީ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ހއ. ހޯރަފުށީގެ މައްޗަށް ހއ. މާރަންދޫ އިން ކުރިހޯދީ ޕެނަލްޓީގައި 6-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފަސްވަނަ މިނެޓުގައި ހޯރަފުށީގެ ހަސަން އިރުޝާދު ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑު ނެގި އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މާރަންދޫގެ ހަމްދޫން އަބްދުލް ލަތީފް ކާމިޔާބުކުރި ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓައް ވެފައިވަނިކޮށް ހޯރަފުށީގެ ކެޕްޓަން އަބްދުالله ޔާމީން (ޔާނު) ގޯލު ޖަހާ އަލުން އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މާރަންދޫ އަށް ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގާ ހަމްދޫން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.

ހއ. މާރަންދޫ އާއި ހއ. ހޯރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހއ. މާރަންދޫ އާއި ހއ. ހޯރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހއ. މާރަންދޫ އާއި ހއ. ހޯރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މީގެ އިތުރުން ރޭ ވަނީ ދ. އަތޮޅުގެ މެޗުތަކެއްވެސް ކުރިއަށް ގޮސްފަ އެވެ. ދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އިން އެ އަތޮޅު މީދޫގެ މައްޗަށް ކުރިހޯދީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ކުޑަހުވަދޫގެ ޖުމައިލް ޖަމީލް (ޖުމްބެ) ދެ ގޯލު ޖެހިއިރު, ހާރޫން އިބްރާހީމް އަދި ހުސެއިން އިފްހާމް ގޯލެއް ޖެހި އެވެ. މި މެޗުގައި މީދޫން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ ޝާއިމް ޝިޔާމް އެވެ.

ދ. ކުޑަހުވަދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ދ. ކުޑަހުވަދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ދ. ކުޑަހުވަދޫ އާއި ދ. މީދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ސ. އަތޮޅު މަރަދޫ އާއި މަރަދޫ ފޭދޫ ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވިއިރު, އެ އަތޮޅު ފޭދޫ އާއި ހިތަދޫ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފަ އެވެ. މި މެޗުގެ 10 ވަނަ މިނެޓުގައި ހިތަދޫގެ މުހައްމަދު ދާނިޝް އިބްރާހީމް ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް އޭގެ އެއް މިނެޓު ފަހުން ފޭދޫގެ ކެޕްޓަން ހުސެއިން ގައްސާން ލަބީބް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަސަން އަޒްވާން ފޭދޫ އަށް ލީޑު ނަގައިދިނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ހިތަދޫގެ މުހައްމަދު އިންޝާލް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ސ. ހިތަދޫ އާއި ސ. ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ސ. ހިތަދޫ އާއި ސ. ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ސ. ހިތަދޫ އާއި ސ. ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. އެއީ ގއ. އަތޮޅުގެ މެޗުތަކުގެ އިތުރުން ހދ. އަތޮޅުގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ގއ. މާމެންދޫ - ގއ. ކޮނޑޭ : 20:00 (ގްރައުންޑް 1)
  2. ގއ. ދާންދޫ - ގއ. ނިލަންދޫ : 20:00 (ގްރައުންޑް 2)
  3. ގއ. ކޮލަމާފުށި - ގއ. ދެއްވަދޫ : 21:00 (ގްރައުންޑް 1)
  4. ގއ. ކަނޑުހުޅުދޫ - ގއ. ވިލިނގިލި : 21:00 (ގްރައުންޑް 2)
  5. ހދ. ހަނިމާދޫ - ހދ. ނޭކުރެންދޫ : 22:00 (ގްރައުންޑް 1)
  6. ހދ. ނައިވާދޫ - ހދ. މަކުނުދޫ : 22:00 (ގްރައުންޑް 2)
  7. ހދ. ވައިކަރަދޫ - ހދ. ނޮޅިވަރަން :23:00 (ގްރައުންޑް 1)
  8. ހދ. ނެއްލައިދޫ - ހދ. ނޮޅިވަރަންފަރު : 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox