ގާޑިއޯލާ ބުނީ ލިވަޕޫލުން ކްލޮޕް ދިއުމުން "ފަސޭހައިން ނިދާލެވޭނެ" ކަމަށް

Jan 27, 2024, 2:03 PM
ގާޑިއޯލާ ބުނީ ލިވަޕޫލުން ކްލޮޕް ދިއުމުން "ފަސޭހައިން ނިދާލެވޭނެ" ކަމަށް

މެންޗެސްޓާ (ޖެނުއަރީ 27) - މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ކަމަށް ޔާގަން ކްލޮޕް އިއުލާނުކޮށްފައިވާއިރު، ދެން، ލިވަޕޫލާ ކުޅުމުގެ ކުރިން ފަސޭހައިން ނިދާލެވޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މިދިޔަ ފަސް އަހަރަށް ބަލާއިރު، ސިޓީ ނޫން ޓީމަކަށް ލީގު ޗެމްޕިއަންކަން ހޯދިފައިވަނީ ލިވަޕޫލް އަށެވެ.

ވޭތުވެދިޔަ ސީޒަންތަކުގައި، ލިވަޕޫލާއި ސިޓީ ކުޅޭ ކޮންމެ މެޗެއް ވެގެންދަނީ ފޯރިގަދަ ކުރިމަތިލުމަކަށެވެ.

ލިވަޕޫލް ދޫކޮށްލަން ކްލޮޕް ނިންމި ނިންމުމާ ބެހޭގޮތުން ގާޑިއޯލާ ދެކޭ ގޮތެއް އޮޅުންފިލުވާލަން ގިނަ ސުވާލުތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ކްލޮޕްގެ ލިވަޕޫލް ޓީމަކީ ގާޑިއޯލާ ދެކޭގޮތުގައި، އޭނާގެ ކެރިއަރުގައި ދިމާވި އެންމެ އުނދަގޫ ޗެލެންޖެކެވެ.

އެ އަށް އިޝާރާތްކޮށް، ގާޑިއޯލާ ދީފައިވަނީ މަޖާޒީ ޖަވާބެކެވެ.

"އަހަރެން ވެސް މިސް ވާނެ އޭނަ (ކްލޮޕް). މި ލީގު ވެސް އޭނަ މިސް ވާނެ، ދެން އަހަރެން ބުނާނެ އަނެއް ވާހަކަ އަކީ، އޭނަ (ކްލޮޕް) ނެތީމަ ލިވަޕޫލާ ކުޅެން ޖެހޭ މެޗުގެ ކުރިން ރޭގައި އަހަންނަށް ވަރަށް ފަސޭހައިން ނިދާލެވޭނެ. އަހަރެން އަބަދުވެސް އޭނަ (ކްލޮޕް) އަށް ކާމިޔާބަށް އެދެން،" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލާ އެކު، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ކްލޮޕް އެ ޓީމު ދޫކޮށްލާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، އެ ވަޒީފާގައި ކުރިއަށްދެވޭހާ "ހަކަތަ އާއި ބުންވަރު" ނެތް ކަމަށެވެ.

ގާޑިއޯލާ ބުނީ، ކްލޮޕްގެ އެ ވާހަކަ އަށް ތާއީދުކުރެވެނީ އަމިއްލަ ތަޖުރިބާގެ އަލީގައި ކަމަށެވެ.

"ކޮންމެ މެނޭޖަރެއް ވެސް އެ އިހުސާސް ކުރާނެ. ވަރުބަލިވާނެ އެއް މަސައްކަތެއް އެއް ގޮތަކަށް ކުރަން ޖެހެންޏާ. އަހަންނަށް ވެސް އެކަން ދިމާވި، އަހަރެންގެ ވެސް އެ ތަޖުރިބާ އެބަހުރި، ބާސެލޯނާގައި އަހަންނަށް ވެސް އެކަން ކުރިމަތިވި،" ގާޑިއޯލާ، 2012 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލަން ނިންމި ނިންމުން ހަނދާން ކުރަމުން ބުންޏެވެ.

ކްލޮޕް، ލިވަޕޫލާ ހަވާލުވީ، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ގާޑިއޯލާ، ސިޓީގެ ކޯޗުކަމަށް ގެނައީ، 2016 ވަނަ އަހަރު އެވެ.

ލިވަޕޫލާއި ސިޓީގެ ކުރިން، ކްލޮޕް އާއި ގާޑިއޯލާގެ ކުރިމަތިލުންތައް ފެނުނީ، ޖަރުމަނު ލީގުގަ އެވެ. ކްލޮޕް ހުރީ ބޮރޫޝިއާ ޑޯޓްމަންޑްގަ އެވެ. ގާޑިއޯލާ ހަވާލުވެހުރީ ބަޔާން މިއުނިކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox