ގޯލްޑަން ފުޓްސަލް ޗެލެންޖު: ގަމާއި މަހިބަދޫން ރެކޯޑު ދަމަހައްޓައިފި

ގަން ޓީމުގެ ޖުނައިދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްުދުﷲ އިޔާން / އަދަދު

ގަން ޓީމުގެ ޖުނައިދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްުދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ލ. ގަން އަދި އދ. މަހިބަދޫން ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އެއީ, ލ. އަތޮޅުގެ މެޗުތަކާއި, އދ. އަތޮޅުގެ މެޗުތަކެވެ.

ލ. މާމެންދޫގެ މައްޗަށް އެ އަތޮޅު އިސްދޫ އިން ކުރި ހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިސްދޫގެ ހުސެއިން އަފްޚާން އާއި އަލީ ހުމޭޒު ދެ ގޯލު ޖެހިއިރު, އަލީ މީސާގް އީސާ ވަނީ ގޯލެއް ޖަހާފަ އެވެ. މާމެންދޫގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ ތޯއިފް ގާސިމް އެވެ.

ލ. ހިތަދޫ އާއި މުންދޫ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގެ ހަވަނަ މިނެޓުގައި ހިތަދޫގެ މުހައްމަދު މަހުރީން ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިން ނަމަވެސް އޭގެ ތިން މިނެޓު ފަހުން މުންދޫގެ ހަމްދޫން އަހުމަދު ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މުންދޫގެ ކެޕްޓަން އަހުމަދު ހާފިޒް ގޯލު ޖަހާ އެޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ހިތަދޫގެ ހަމްދޫން ވަނީ އިތުރު ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި މުންދޫގެ ހާފިޒް ވަނީ އަލުން އެ ޓީމަށް ލީޑު ނަގާދީފަ އެވެ. ހިތަދޫ އަށް މެޗު އެއްވަރު ކޮށްދިނީ މެޗުގެ ފަހު މިނެޓުގައި އަލީ ސިސާން ކާމިޔާބުކުރި ގޯލުންނެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ލ. ގަމުން އެ އަތޮޅު ކަލައިދޫގެ މައްޗަށް ކުރިހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ގަމުގެ އަބްދުالله ޖުނައިދު (ޖެންނޭ), ހުސެއިން ނާޝިދު (ނާޓޯ) ދެ ގޯލު ޖެހިއިރު, ޒައިދާން އަބްދުالله މުހައްމަދު އަޚްމަލް, އަލީ ސާމިސް (ތޮއްޕެ), ރައްޒާން އަބްދުލް ސަމަދު, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. ކަލައިދޫގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް ނާއިލް އެވެ.

ލ. ގަން އާއި ލ. ކަލައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ލ. ގަން އާއި ލ. ކަލައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ލ. ގަން އާއި ލ. ކަލައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ލ. ދަނބިދޫގެ މައްޗަށް އެ އަތޮޅު މާވަށުން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަވަނަ މިނެޓުގައި ދަނބިދޫގެ އަލީ އިރުފާން ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ހަ މިނެޓު ފަހުން މާވަށުގެ މުހައްމަދު ޝާއިރު ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޝާއިރު އިތުރު ގޯލެއް ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ. އެކަމަކު ދެވަނަ ހާފުގެ ނުވަވަނަ މިނެޓުގައި އަލީ ގޯލު ޖަހާ އަލުން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ދަނބިދޫގެ ކެޕްޓަން މޫސާ ހާނިމް ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު އޭގެ ސިކުންތު ކޮޅެއް ފަހުން ހުސެއިން މައިޝާން ގޯލު ޖަހާ އަލުން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުން މާވަށް މޮޅުވި ގޯލު ޖެހީ ޝާއިރް އެވެ.

ރޭ ވަނީ އދ. އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ. އދ. ދަނގެތިން އެ އަތޮޅު ކުނބުރުދޫގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަނގެތީގެ އަހުމަދު ޝުދައިސް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, މުހައްމަދު ނާއިމް ވަނީ ގޯލެއް ޖަހާފަ އެވެ. ކުނބުރުދޫގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ސަމާހް މޫސާ އެވެ.

އދ. މާމިނގިލިން އެ އަތޮޅު ފެންފުށީގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާމިނގިލީގެ ގޯލުތައް ޖަހާދިނީ ހިސާމް ސަލީމް, އަހުމަދު ނިޒާމް, ސަމާއު މުފީދު އަދި ޒަޔާން ނަސީރެވެ.

އދ. މަހިބަދޫ އިން އެ އަތޮޅު މަންދޫގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފަސްވަނަ މިނެޓުގައި މަހިބަދޫ އަށް ލީޑު ނަގާދިނީ އަބްދުالله މިދުހަތް ފަހުމީ (ބިޗަޑް) އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން މަހިބަދޫގެ ލީޑު ފުޅާކޮށްދިނީ އާދަމް ފަހުމާން އެވެ.

އދ. މަހިބަދޫ އާއި މަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
އދ. މަހިބަދޫ އާއި މަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އދ. މަހިބަދޫ އާއި މަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އދ. އޮމަދޫ އިން އެ އަތޮޅު ހަންޏާމީދޫގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އޮމަދޫގެ އަހުމަދު އަހްޝަމް ދެ ގޯލު ޖެހިއިރު, އިސްމާއިލް މަހްފޫޒް އަދި އަބްދުالله އަޖްރަމް ގޯލެއް ޖެހި އެވެ. މި މެޗުގައި ހަންޏާމީދޫން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އަލީ އަހްލަމް އެވެ.

މި މުބާރާތުގައި މާދަމާ ރޭ ވެސް އަށް މެޗު ކުލޭނެ އެވެ. އޭގެ ތެރެއިން ރ. އަތޮޅުގެ ކުރިއަށްދާނީ އެ އަތޮޅުގެ ސެމީ ފައިނަލް މެޗުތަކެވެ. އަދި ހއ. އަތޮޅުގެ ކުރިއަށް ދާނީ އެ އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައި މިރޭ ކުޅޭ މެޗުތައް:

  1. ދ. ބަނޑިދޫ - ދ. ހުޅުދެލި : 20:00 (ގްރައުންޑް 1)
  2. ދ. ކުޑަހުވަދޫ - ދ. މީދޫ : 20:00 (ގްރައުންޑް 2)
  3. ސ. ފޭދޫ - ސ. ހިތަދޫ : 21:00 (ގްރައުންޑް 1)
  4. ސ. މަރަދޫ - ސ. މަރަދޫފޭދޫ : 21:00 (ގްރައުންޑް 2)
  5. ހއ. ހޯރަފުށި - ހއ. މާރަންދޫ : 22:00 (ގްރައުންޑް 1) - އަތޮޅު ކުއާޓާ ފައިނަލް
  6. ހއ. އުތީމު - ހއ. އިހަންވަންދޫ : 22:00 (ގްރައުންޑް 2) އަތޮޅު ކުއާޓާ ފައިނަލް
  7. ހއ. ފިއްލަދޫ - ހއ. ދިއްދޫ :23:00 (ގްރައުންޑް 1) އަތޮޅު ކުއާޓާ ފައިނަލް
  8. ހއ. ވަށަފަރު - ހއ. ބާރަށް : 23:00 (ގްރައުންޑް 2) އަތޮޅު ކުއާޓާ ފައިނަލް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅޭ މެޗުތައް:

  1. ރ. ދުވާފަރު - ރ. ހުޅުދުއްފާރު : 16:00 (ގްރައުންޑް 1) އަތޮޅު ސެމީ ފައިނަލް
  2. ރ. އިނގުރައިދޫ - ރ. އަލިފުށި : 16:00 (ގްރައުންޑް 2) އަތޮޅު ސެމީ ފައިނަލް
  3. ފ. ފިއަލީ - ފ. ދަނރަނބޫދޫ : 17:00 (ގްރައުންޑް 1)
  4. ފ. ނިލަންދޫ - ފ. ބިލެއްދޫ :17:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox