ލަންޑަން (ޖެނުއަރީ 26) - މެންޗެސްޓާ ސިޓީ އަށް ކުޅެމުންދިޔަ އިންގްލެންޑްގެ މިޑްފީލްޑަރު ކަލްވިން ފިލިޕްސް ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒންގެ ނިޔަލަށް ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.
ލީޑްސް ޔުނައިޓަޑް އިން 2022 ވަނަ އަހަރު ޖެނުއަރީ މަހު 57 މިލިއަން ޑޮލަރުގެ ޓްރާންސްފާއެއްގައި ސިޓީ އަށް ބަދަލުވި ފަހުން، ފިލިޕްސް އަށް އެ ކްލަބުގައި ކުޅެން ލިބިފައިވަނީ މަދު ފުރުސަތެކެވެ.
ކްލަބުގައި ކުޅުމުގެ ފުރުސަތު މަދުން ލިބުނު ނަމަވެސް، އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ދަނީ އިންގްލެންޑްގެ ޓީމުން ފިލިޕްސް ،28، އަށް ފުރުސަތު ދެމުންނެވެ.
ވެސްޓް ހޭމަށް ބަދަލުވެ، ގަވައިދުން ކުޅެން ލިބުމުގެ ފުރުސަތު ލިބުމުން މި އަހަރުގެ ޔޫރޯގައި އިންގްލެންޑްގެ ޓީމުން ޖާގަ ހޯދުމުގެ ފުރުސަތު ފިލިޕްސް އަށް ބޮޑުވާނެ އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ވެސްޓް ހޭމް އިން ބޭނުންވެއްޖެނަމަ، މި ސީޒަނަށް ފަހު ދާއިމީ ޓްރާންސްފާއެއްގައި އެ ކްލަބަށް ފިލިޕްސް ގެންދިއުމުގެ ފުރުސަތު ލިބޭނެ އެވެ.
ވެސްޓް ހޭމްގެ އެންމެ ބޮޑު އަމާޒަކީ މި ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ. ޕްރިމިއާ ލީގު ތާވަލްގައި ވެސްޓް ހޭމް މި ވަގުތު އޮތީ ހަ ވަނައިގައެވެ.
ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ ފިލިޕްސް އަކީ ރަނގަޅު ފެންވަރެއްގެ ކުޅުންތެރިއެއް ކަމަށާއި ފިލިޕްސް އެ ޓީމާ ގުޅުމަކީ އެ ޓީމު އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.
ފިލިޕްސް ވަނީ ޔުވެންޓަސް އާއި ބާސެލޯނާ ވެސް މަޝްވަރާތަކެއް ކޮށްފަ އެވެ. ވެސްޓް ހޭމް އަށް ބަދަލުވީ ޕްރިމިއާ ލީގުގައި މަޑުކުރަން ބޭނުންވާތީ އެވެ.












