ކްލޮޕް، ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން ނިންމައިފި

Jan 26, 2024, 3:49 PM
ކްލޮޕް، ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން ނިންމައިފި

ލިވަޕޫލް (26 ޖެނުއަރީ) - މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަމުން ވަކިވާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވެ، ކްލޮޕް ވަނީ ޔޫރަޕްގެ ގަދަ ޓީމަކަށް އެ ޓީމުން އަލުން ހަދައިފަ އެވެ. ލިވަޕޫލް 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2020 ވަނަ އަހަރު ހޯދީ ކްލޮޕްގެ އިރުޝާދުގެ ދަށުންނެވެ. އަދި 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރިއެވެ.

އެކަމަކު, ހީވެސް ނުކުރާ ފަދަ ދަނޑިވަޅެއްގައި ލިވަޕޫލްގެ ކޯޗުކަމުން މި ސީޒަނަށް ފަހު ވަކިވާން ނިންމާފައިވާކަން ކްލޮޕް އިއުލާންކުރުމަކީ ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިބުނު ހައިރާން ކަމެކެވެ.

ލިވަޕޫލްގެ ވެބްސައިޓުގައި މިއަދު އާންމުކުރި އިންޓަވިއުއެއްގައި ކްލޮޕް ބުނީ ލިވަޕޫލްގެ ކޯޗުކަމުގައި އިތުރަށް ކުރިއަށް ދިއުމުގެ "ހަކަތައެއް މިހާރު ނެތް" ކަމަށެވެ.

"ރީތިކޮށް ބުނަންޏާ އަހަރެންގެ ހަކަތަ ހުސްވަނީ. އަހަންނަށް އެނގޭ ކޮންމެވެސް ދުވަހަކުން މި ވަގުތާ ކުރިމަތިލާންޖެހޭނެކަން. އަހަންނަށް އެނގޭ އެއް ލެެވެލްއެއްގައި މި ޒިންމާތައް އަބަދު ނުނެގޭނެކަން،" ކްލޮޕް ބުންޏެވެ.

"މި ކްލަބާއި މި ސީޓީ އާއި ސަޕޯޓަރުންނާއި ޓީމު އަދި ސްޓާފުން ދެކެ އަހަރެން ވަރަށް ލޯބިވޭ. އެހެންވީމަ އެނގޭނެ އަހަރެން ޓީމާ ވަކިވާން އަހަރެން ނިންމާމީ ވަރަށް ބޮޑަށް އެކަމާމެދު ވިސްނުމަށް ފަހުކަން."

ކްލޮޕް، 56، ބުނީ މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން އޭނާ ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

ޔަގީންކަމާ އެކު ބުނަން ކެރޭ އެއް ވާހަކަ އަކީ އިނގިރޭސި އިތުރު ކްލަބަކަށް އޭނާ ކޯޗުކޮށްނުދޭނެކަން ކަމަށް ކްލޮޕް ބުނެފައިވެ އެވެ.

ކުރިން މައިންޒް އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ބުނީ ދެން ހަވާލުވާނެ ޓީމެއް ކަނޑައެޅުމުގައި ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ކްލޮޕްގެ ކޯޗުކަމުގެ ދަށުގެ މިދިޔަ ސީޒަން ލިވަޕޫލް ނިންމާލީ ޕްރިމިއާ ލީގުގެ ފަސް ވަނައިގައެވެ. އަދި ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން އެ ޓީމު ވަނީ ކަޓައިފަ އެވެ.

ކްލޮޕް ބުނީ މިދިޔަ ސީޒަންގެ ނަތީޖާތައް ދަށްވެ، ޓީމު މާޔޫސްވެފައި އޮތް ދަނޑިވަޅެއްގައި އެ ޓީމު ދޫކޮށްލަން އޭނާ ބޭނުމެއްނުވި ކަމަށެވެ. އަދި އޭނާ އުންމީދުކުރަނީ މި ސީޒަންގައި ކާމިޔާބީތަކެއް ހޯދައި، އުފާވެރި މާހައުލެއްގައި ޓީމާ ވަކިވާން ކަމަށެވެ.

ފަސް ޕޮއިންޓްގެ ލީޑަކާއެކު ލިވަޕޫލް މި ވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި އެ ޓީމު ވަނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox