ކޭކު ފަދަ ފޮނި ކާތަކެއްޗަށް ލޯބިކުރާ މީހުންނަށް އުފާވެރި ހަބަރެކެވެ. އެކި ފްލޭވާތައް ހިމެނޭ މީރު "އެމީ ޕައުންޑް ކޭކް" މިހާރު ބީއެޗްއެމްއިން ލިބެން ހުރެ އެވެ.
ޑުބާއީގެ މަޝްހޫރު "އެމީ" ބްރޭންޑުގެ މި އުފެއްދުމަކީ އެހެން ކޭކުތަކާ ހިލާފަށް މޮއިސްޓު އަދި ރަހަތަކުން މުއްސަނދި އުފެއްދުމެކެވެ. މި ކޭކުގެ ޖުމުލަ ފަސް ވައްތަރެއް ހުންނައިރު، ހުރިހާ ވައްތަރުތައް ވެސް ތަފާތެވެ.
އެމީ ޕައުންޑް ކޭކުގެ ވައްތަރުތައް
- ޕައުންޑް ސްޓްރޯބެރީ ޖޭމް
- ޕައުންޑް ވިތް ސިނަމަން އެންޑް ޑޭޓްސް
- ޕައުންޑް ވިތް ފްރުޓްސް
- ޕައުންޑް ވިތް ތައިމް
- ޕައުންޑް ވިތް ވެނީލާ ކްރީމް
ކަދުރު އަދި ފޮނިތޮށީގެ ރަހައިން ފެށިގެން ގޮސް، މޭވާ، ތައިމް، ވެނީލާ އަދި ސްޓްރޯބެރީ ކަމުދާ މީހުންނަށް ވެސް މި ކޭކުގެ ވައްތަރުތައް ހާއްސަ އެވެ.










