ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫ އިން ފޯމު ދެމެހެއްޓިއިރު، ނޭކުރެންދޫ އަށް ފަސޭހަ މޮޅެއް

ހދ. ނައިވާދޫ ޓީމު: ގޯލްޑަން ފުޓްސަލް މުބާރާތް ބާއްވަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލެވިގެން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހދ. ނައިވާދޫ ޓީމު: ގޯލްޑަން ފުޓްސަލް މުބާރާތް ބާއްވަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލެވިގެން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންްޖް 2024" ގެ ހދ. އަތޮޅުގެ މެޗުތަކުން ނައިވާދޫއިން ބަލި ނުވެ ކުރިއަށް ދިޔުމުގެ ފޯމު ދެމެހެއްޓިއިރު, ނޭކުރެންދޫ އިން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. ރޭ ކުރިއަށް ގޮސްފައިވަނީ ހދ. އަތޮޅުގެ މެޗުތަކާއި ރ. އަތޮޅުގެ މެޗެއްގެ އިތުރުން, ގއ. އަތޮޅުގެ މެޗުތަކެވެ.

ރޭ ނައިވާދޫ އިން އެ އަތޮޅު ނޮޅިވަރަންފަރު ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނައިވާދޫގެ އަބްދުالله ޝާފިއު (ޝާއްޕެ), އަބްދުالله ވިސާމް އަދި މިދުހަތް ފާއިޒް, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ނައިވާދޫގެ އަނެއް ގޯލަކީ އަހުޒަމް މުހައްމަދު ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ހދ. ނޭކުރެންދޫ އިން އެ އަތޮޅު ކުޅުދުއްފުށި ބަލިކުރީ ވެސް 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޭކުރެންދޫގެ މުހައްމަދު ފަރުހާން (ފަރުއްކޮ) އަދި މުހައްމަދު ވިލްފް ދެ ގޯލު ޖެހިއިރު, މުހައްމަދު ރާއިފް ފަޒީލް, އާދަމް ނަޝްވާން އަދި ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހައިފަ އެވެ.

ހދ. ކުޅުދުއްފުށި އާއި ނޭކުރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހދ. ކުޅުދުއްފުށި އާއި ނޭކުރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހދ. ކުޅުދުއްފުށި އާއި ނޭކުރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހދ. ވައިކަރަދޫ އިން އެ އަތޮޅު ފިނޭގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ފިނޭ އިންނެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މި ގޯލު ފިނޭއަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަފްރާހު އެވެ. އެކަމަކު، މެޗުގެ ފަހު ދެ މިނެޓުގެ ތެރޭގައި ވައިކަރަދޫ އިން ވަނީ ކައިރި ކައިރީ ދެ ގޯލު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ވައިކަރަދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަލީ އަރީހުގެ އިތުރުން އަހުމަދު ރައުޝާން އެވެ.

ހދ. ހަނިމާދޫ އިން މަކުނުދޫގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫގެ އަބޫބަކުރު ސިއްދީގު ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. އަދި ދެވަނަ ހާފުގެ ފަހު މިނެޓުގައި ހަނިމާދޫގެ ކެޕްޓަން އަލީ އިބްރާހީމް ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި މެޗުގައި މަކުނުދޫ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެ ޓީމަށް ޖަހާދިނީ ޝަމްއޫން އަބްދުالله އެވެ.

ހދ. ކުމުންދޫގެ މައްޗަށް އެ އަތޮޅު ނެއްލައިދޫ އިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި ކުމުންދޫގެ އަބްދުالله ހަސަން ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ނެއްލައިދޫގެ މުހައްމަދު ސުނައިޒް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ސުނައިޒް ވަނީ އިތުރު ގޯލެއް ޖަހާ ނެއްލައިދޫ އަށް ލީޑު ނަގާދީފަ އެވެ. މި މެޗުގައި ނެއްލައިދޫގެ ފަހު ލަނޑު އެ ޓީމަށް ޖަހާދިނީ އަލީ މުއާޒް އެވެ.

ހދ. އަތޮޅުގެ މެޗުތަކުގެ އިތުރުން ރޭ ވަނީ ގއ. އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ. ގއ. ވިލިނގިލިން އެ އަތޮޅު ކޮލަމާފުށީގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ދެވަނަ މިނެޓުގައި ވިލިނގިލިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ހުސެއިން މިފްރާހް ވަހީދެވެ. ވިލިނގިލީގެ ލީޑު އެ ޓީމުން ފުޅާކުރީ ދެވަނަ ހާފުގެ 13 ވަނަ މިނެޓުގަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު މުފީދެވެ. އަދި ވިލިނގިލީގެ ފަހު ލަނޑު އެ ޓީމަށް ޖަހާދިނީ އަހުމަދު ރިފާއު ހަސަން އެވެ.

ގއ. ދެއްވަދޫ އިން އެ އަތޮޅު ކަނޑުހުޅުދޫގެ މައްޗައް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެއްވަދޫގެ ދެ ގޯލުވެސް އެ ޓީމަށް ޖަހާދިނީ ކެޕްޓަން އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. ކަނޑުހުޅުދޫގެ ހަމައެކަނި ލަނޑު ޖަހާދިނީ ކެޕްޓަން އަހުނަފް ޒާހިރެވެ.

ގއ. ދެއްވަދޫގެ އަހުއްކޮ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ގއ. ދެއްވަދޫގެ އަހުއްކޮ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގއ. ދެއްވަދޫގެ އަހުއްކޮ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގޯލްޑަން ފުޓްސަލް މުބާރާތުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. އެއީ އއ. އަތޮޅުގެ މެޗުތަކާއި, ތ. އަތޮޅުގެ މެޗުތަކުގެ އިތުރުން ނ. އަތޮޅުގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. އއ. ފެރިދޫ - އއ. މަތިވެރި : 20:00 (ގްރައުންޑް 1)
  2. އއ. ބޮޑުފޮޅަދޫ - އއ. ތޮއްޑޫ : 20:00 (ގްރައުންޑް 2)
  3. ތ. ވޭމަންޑޫ - ތ. ހިރިލަންދޫ : 21:00 (ގްރައުންޑް 1)
  4. ތ. މަޑިފުށި - ތ. ތިމަރަފުށި : 21:00 (ގްރައުންޑް 2)
  5. ތ. ކިނބިދޫ - ތ. ބުރުނި : 22:00 (ގްރައުންޑް 1)
  6. ތ. އޮމަދޫ - ތ. ވިލިފުށި : 22:00 (ގްރައުންޑް 2)
  7. ނ. ހޮޅުދޫ - ނ. މިލަދޫ : 23:00 (ގްރައުންޑް 1)
  8. ނ. ކެނދިކުޅުދޫ - ނ. ވެލިދޫ : 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox