މަސް އޮޑިން ގްރޫޕްގެ އެއް ވަނަ ކަށަވަރުކޮށްފި

Jan 25, 2024, 1:21 AM
މަސް އޮޑި ޓީމުގެ ގޯލު ޖެހި ޝަރީފް އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަސް އޮޑި ޓީމުގެ ގޯލު ޖެހި ޝަރީފް އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި މަސް އޮޑި ސްޕޯޓްސް ކްލަބުން ކުޅުނު ފަހު މެޗުން ކުޑަހެންވޭރު ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ކަށަވަރުކޮށްފި އެވެ.

މަސް އޮޑިން، ގްރޫޕް އޭގެ އެއް ވަނަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 12 ޕޮއިންޓާ އެކު އެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތް ކުޑަހެންވޭރު ޔުނައިޓެޑާއި ތިން ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.

މި ގްރޫޕުން ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން، ކުއާޓާ ފައިނަލުގެ ޖާގަ ހޯދާ ޓީމެއް ކަނޑައެޅޭނީ، މި މަހު 28 ވަނަ ދުވަހު މަހިބަދޫ އާއި ކުޑަހެންވޭރު ކުޅޭ މެޗުންނެވެ. އެ މެޗުން ބަލިވާ ޓީމަކަށް ވެސް ކުއާޓާގެ ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ. އެއީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

މަސް އޮޑި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗަކީ މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަސް އޮޑި އަށް އެންމެ އުނދަގުލުން މޮޅުވެވުނު މެޗެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ، 38 ވަަނަ މިނިޓްގަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ، އޭރިއާތެރެއަށް މަސް އޮޑީގެ އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަަހަކުން، ކުޑަހެންވޭރު ޔުނައިޓެޑްގެ ޑިފެންސްގެ ތެރެއިން މަސް އޮޑީގެ ހުސެއިން ޝަރީފް ޖެހި ގޯލެކެވެ. ޝަރީފް ވެއްޓިގެންފައި ވޮލީ އަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ކުޑަހެންވޭރު ޔުނައިޓެޑުން ނަތީޖާ ހަަމަހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު، މަސް އޮޑި ޓީމުގެ ފަހަތުގައި ކުޅެމުންދިޔަ، ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު، މުހައްމަދު ރަޝީދު (ހޮކޭ) ވަނީ މޮޅު ކުޅުމެއް ދައްކައި، އެ ޓީމުގެ މި ނަތީޖާ ދެމެހެއްޓުމުގައި އިސް ރޯލެއް ކުޅެފަ އެވެ.

ދެ ވަނަ ގޯލެއް ޖަހަން މަސް އޮޑިން ވެސް އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އޭގެއިން ފުރުސަތެއްގެ ބޭނުމެއްހިފޭ ގޮތެއްނުވި އެވެ.

މިހާތަނަށް މަސް އޮޑީގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފައިވަނީ ޓެންޓް ސްޕޯޓްސް ކްލަބް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ.

ދެ ވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގްރޫޕް ބީގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ބީޖީ ސްޕޯޓްސް ކްލަބް އެވެ. މި ދެ ޓީމު މި ވަގުތު އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ދެ ޓީމަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox