އިސްލާމިކް މިނިސްޓްރީން ގުރައިދޫ މަރުކަޒަށް 32 ޒަމާނީ ހޮސްޕިޓަލް އެނދު ހަދިޔާކޮށްފި

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު; އިސްލާމިކް މިނިސްޓްރީން ގުރައިދޫ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފައިވޭ -- ފޮޓޯ: އިޔާން/ އަދަދު

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު; އިސްލާމިކް މިނިސްޓްރީން ގުރައިދޫ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފައިވޭ -- ފޮޓޯ: އިޔާން/ އަދަދު

އިސްލާމިކް ޗެރިޓީ ފަންޑުން, ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 ޒަމާނީ ހޮސްޕިޓަލް އެނދު ހަދިޔާކޮށްފި އެވެ.

ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް ހަދިޔާ ކުރި 32 އެނދަކީ ފައިސާގެ ގޮތުން 504,000 ރުފިޔާގެ އަގުހުރި އެނދުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެނދުތައް ހަދިޔާ ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގުރައިދޫ މަރުކަޒަށް އެނދު ހަދިޔާ ކުރީ އެ މިނިސްޓްރީއަށް ހައިރާތުގެ ގޮތުގައި ރައްޔިތުން ހަދިޔާކޮށްފައިވާ ފައިސާގެ ތެރެއިން ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީއަށް ވަރަށް ގިނަ ރައްޔިތުން އެމީހުންގެ ހައިރާތުގެ ފައިސާ ހަވާލު ކުރޭ. މިއީ ޒަކާތު ފަންޑުގެ އިތުރުން މިސްކިތްތަކާ އާންމު ހެޔޮ ކަންކަމަށް ހަރަދު ކުރުމަށް ރައްޔިތުން ހަދިޔާ ކުރާ ސަދަގާތް. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު އެހީތެރިކަން ދެވިގެން މިދަނީ މިދެންނެވި ހައިރާތުގެ ތެރެއިން،" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ހައިރާތާއި ސަދަގާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާ ކުރުން ރާއްޖޭގެ ކަންކަމަށް ހޭދަ ކުރުމަށް އެދިވަޑައިގެންފަ އެވެ.

އެގޮތުން ނިކަމެތިންނާއި ގުރުއާން ކްލާސްތަކަށާއި ގުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކާއި ރަށްރަށުގެ ލައިބްރަރީތައް ގާއިމް ކުރުމުގެ އިތުރުން ތައުލީމާއި އެހެނިގެން ހެޔޮ ކަންކަމަށް ވެސް ފައިސާ ހަރަދު ކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝަހީމް ވަނީ ހައިރާތާއި ސަދަގާތުގެ ގޮތުގައި ހޭދަކުރަން ބޭނުންވާ މީހުން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެހީވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ސަދަގާތާއި ހައިރާތް ހެޔޮ ކަންކަމަށް ވާސިލުކޮށްދޭން އަމާނާތްތެރިކަމާއެކު މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox