ގޯލްޑަން ފުޓްސަލް ޗެލެންޖް 2024: ވަށަފަރާއި އުތީމަށް ފަސޭހަ މޮޅެއް، ދިއްދޫ އަތުން ހޯރަފުށި ބަލި

އުތީމުގެ އައިހަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އުތީމުގެ އައިހަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގެ ހއ. އަތޮޅުގެ ފަހު މެޗުތަކުގައި ވަށަފަރާއި އުތީމުން ފަސޭހަ މޮޅެއް ހޯދިއިރު, ދިއްދޫ އަތުން ހޯރަފުށި ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އެއީ ހއ. އަތޮޅުގެ މެޗުތަކުގެ އިތުރުން ގއ. އަތޮޅުގެ މެޗުތަކެވެ.

ރޭ ހއ. ވަށަފަރުން އެ އަތޮޅު ތަކަންދޫގެ މައްޗަށް ކުރިހޯދީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ވަށަފަރުގެ ސާޖިދު ރަޝީދު, އިބްރާހީމް ޝަނޫން އަދި އަބްދުالله ސިނާން, މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު, އަހުމަދު ތޯއިފް އަދި އީމާން ވަހީދު ވަނީ ގޯލެއް ޖަހާފަ އެވެ.

ރޭ ހއ. ބާރަށުގެ މައްޗަށް އެ އަތޮޅު ތުރާކުނުން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތުރާކުނުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާ ދިނީ އަހުމަދު ހުޝާމް އެވެ.

ހއ. އިހަވަންދޫ އަދި ހއ. މާރަންދޫގެ ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މާރަންދޫ އެވެ. މެޗުގެ 13 ވަނަ މިނެޓުގައި މާރަންދޫ އަށް ލީޑު ނަގާދިނީ ކެޕްޓަން ހުމައިދު ހުސެއިިން އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އިހަވަންދޫ އިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު މުނައްވަރެވެ.

ހއ. އިހަވަންދޫ އާއި ހއ. މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހއ. އިހަވަންދޫ އާއި ހއ. މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހއ. އިހަވަންދޫ އާއި ހއ. މާރަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ހއ. ފިއްލަދޫ އާއި ހއ. މުރައިދޫ ބައްދަލުކުރި މެޗު ފިއްލަދޫ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފިއްލަދޫގެ މުހައްމަދު ހުސާމް އަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތް ކާޑު ދެއްކި އެވެ. މީގެ އިތުރުން މުރައިދޫގެ ކެޕްޓަން އަބްދުالله ހިސާން އަށްވެސް ދެ ރީނދޫ ކާޑު ހަމަވެގެން ރަތް ކާޑު ދެއްކި އެވެ. މި މެޗުގައި ފިއްލަދޫގެ ފުރަތަމަ ގޯލު އެޓީމަށް ޖަހާދިނީ އަލީ އަފްރާހް އެވެ. ދެވަނަ ގޯލަކީ މުރައިދޫގެ ހަމްޒަތު ހަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ހއ. އުތީމުން އެ އަތޮޅު ކެލާ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން އުތީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ. މި މެޗުގައި އުތީމުގެ ތަހާ މުހައްމަދު ދެ ގޯލު ޖެހިއިރު, އަހުމަދު އައިހަމް, މުހައްމަދު މަޒީން އަދި މުހައްމަދު ނަބީލް މިއިން ކޮންމެ ކުޅުންތެރިއަކު ގޯލު ޖެހި އެވެ.

ހއ. ދިއްދޫ އަތުން ހޯރަފުށި ބަލިވީ 7-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިއްދޫގެ ފާއިގް އަހުމަދު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ހައިޝަމް ރަޝީދު ވަނީ ދެ ގޯލު ޖަހާފަ އެވެ. މީގެ އިތުރުން އިބްރާހީމް ނަވާފް ޝަރީފް އާއި މުހައްމަދު ޝަނާއު ނަސީރު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލު ޖަހާފަ އެވެ. މި މެޗުގައި ހޯރަފުށީގެ ގޯލުތައް ޖެހީ އަހުމަދު މާހިލް އަދި އިބްރާހީމް ބިޝާރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހއ. ހޯރަފުށި އާއި ހއ. ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހއ. ހޯރަފުށި އާއި ހއ. ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހއ. ހޯރަފުށި އާއި ހއ. ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ރޭ ވަނީ ގއ. އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ. އެގޮތުން ގއ. ކޮނޑޭ އިން އެ އަތޮޅު ދާންދޫގެ މައްޗަށް ކުރިހޯދީ 6-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކޮނޑޭގެ އަލީ ފާއިހް މުހައްމަދު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އަހުމަދު އަނަސް ވަނީ ދެ ގޯލު ޖަހާފަ އެވެ. ދާންދޫގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ އަހުމަދު ހަސަން އެވެ.

ގއ. ނިލަންދޫ އާއި ގެމަނަފުށި ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގައި ނިލަންދޫގެ މައުފޫޒް އާދަމް ދެ ގޯލު ޖެހިއިރު, ނިލަންދޫގެ ފަހު ލަނޑު އެޓީމަށް ޖަހާދިނީ މުހައްމަދު ޒާހިލް އަހުމަދެވެ. މި މެޗުގައި ގެމަނަފުށީގެ ހުސެއިން ތާއިމް ދެ ގޯލު ޖެހިއިރު, އެ ޓީމުގެ ފަހު ލަނޑު ޖަހާދިނީ އަހުމަދު ޝާމް އެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. މިރޭ ކުޅޭނީ ހދ. އަތޮޅުގެ މެޗުތަކާއި ގއ. އަތޮޅުގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައި މިރޭ ކުޅޭ މެޗުތައް:

  1. ހދ. ކުމުންދޫ - ހދ. ނެއްލައިދޫ : 20:00 (ގްރައުންޑް 1)
  2. ރ. ހުޅުދުއްފާރު - ރ. ފައިނު : 20:00 (ގްރައުންޑް 2)
  3. ހދ. ކުޅުދުއްފުށި - ހދ. ނޭކުރަންދޫ : 21:00 (ގްރައުންޑް 1)
  4. ހދ. ނޮޅިވަރަންފަރު - ހދ. ނައިވާދޫ : 21:00 (ގްރައުންޑް 2)
  5. ހދ. ފިނޭ - ހދ. ވައިކަރަދޫ : 22:00 (ގްރައުންޑް 1)
  6. ހދ. ހަނިމާދޫ - ހދ. މަކުނުދޫ : 22:00 (ގްރައުންޑް 2)
  7. ގއ. ވިލިނގިލި - ގއ. ކޮލަމާފުށި : 23:00 (ގްރައުންޑް 1)
  8. ގއ. ދެއްވަދޫ - ގއ. ކަނޑުހުޅުދޫ :23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox