އެފްރިކަން ކަޕް: އަލްޖީރިއާ ކަޓައިފި، ކެމަރޫން ގަދަ 16 އަށް

Jan 24, 2024, 3:40 AM
އެފްރިކަން ކަޕް: އަލްޖީރިއާ ކަޓައިފި، ކެމަރޫން ގަދަ 16 އަށް

ބޮއާކޭ، އައިވަރީ ކޯސްޓް (ޖެނުއަރީ 24) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ މޮރިޓޭނިއާ އަތުން 1-0 އިން ބަލިވެ، އަަލްޖީރިއާ މުބާރާތުން ކެޓިއިރު، ފޯރިގަދަ މެޗަކަށް ފަހު ގެމްބިއާ އަތުން 3-2 އިން މޮޅުވެ، ކެމަރޫން މުބާރާތުގެ ގަދަ 16 އިން ފުރުސަތު ހޯދައިފި އެވެ.

އެފްރިކަން ކަޕްގެ ތަށި 2019 ވަނަ އަހަރުގެ މުބާރާުތުގައި އުފުލާލި އަލްޖީރިއާ މުބާރާތުން ކެޓީ ގްރޫޕް ޑީގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެ، އެއް މެޗުން ބަލިވުމާ އެކު، ގްރޫޕްގެ ފުލަށް ދިއުމުންނެވެ. މި ގްރޫޕްގެ އެއް ވަނަ ދިޔައީ ހަތް ޕޮއިންޓް ހޯދި އެންގޯލާ އެވެ. ދެ ވަނަ އަށް ދިޔަ ބުރްކީނާ ފާސޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި މޮރިޓޭނިއާ އިން އަލްޖީރިއާ ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު ވަނީ ތިން ވަނަ އަށް ގޮސްފަ އެވެ.

އެފްރިކަން ކަޕްގައި މޮރިޓޭނިއާ އިން ހޯދި ފުރަތަމަ މޮޅު ހާސިލްކޮށްފައި މި ވަނީ މުބާރާތުގެ ވަރުގަދަ ބާރެއް ކައިރިންނެވެ. އަލްޖީރިއާ ކޮޅަށް މޮރިޓޭނިއާގެ ހަމައެކަނި ގޯލު ޖަހާފައިވަނީ، މެޗުގެ 37 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ޔަލީ ދެލާހީ އެވެ.

އަލްޖީރިއާ އިން ލަނޑެއް ޖޭހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ގްރޫޕް ސީގައި އެންމެ ފަހުގެ ޗެމްޕިއަން، ސެނެގާލުން ވަނީ ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން، ގިނީގެ މައްޗަށް ސެނެގާލުން ކުރިހޯދީ 2-0 އިންނެވެ. ސެނެގާލުން ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިިޔަ ކެމަރޫން އާއި ތިން ވަނައިގައި ނިންމި ގިނީ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ފުލަށް ދިޔަ، ގެމްބިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ކެމަރޫނުން ކާލް ޓޯކޯ އެކަމްބީގެ ލަނޑުން ލީޑުނަގާފައިވަނިކޮށް ގެމްބިއާ އިން ވަނީ އަބްލީ ޖެލޯ ޖެހި ލަނޑުން އެއްވަރުކޮށްފަ އެވެ. ގެމްބިއާ އިން މެޗުގެ 85 ވަަނަ މިނިޓްގައި އެބްރީމާ ކޯލީގެ ގޯލުން ލީޑުނެގި އެވެ. އެކަމަކު، ދެ މިނިޓް ފަހުން ގެމްބިއާގެ ޖޭމްސް ގޯމޭޒް އަތުން ބައިކޮޅަށް ވަން ގޯލުން އެއްވަރުވި އެވެ. ކެމަރޫން މޮޅުވި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި، ކްރިސްޓޮފާ ވޫ އެވެ.

ރޭގެ މެޗުގައި ކެމަރޫނުން ކުޅުނީ އެއް ވަނަ ކީޕަރު އަންދްރޭ އޮނާނާ ބެންޗުގައި ބައިންދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox