ސިޓީ ކައުންސިލުގެ ޕްރޮޖެކްޓުތައް އަތުލި މައްސަލާގައި މޭޔަރުގެ ޝަކުވާއެއް ނެތް

މާލެ ސިޓީގެ މޭޔަރު އާޒިމް؛ އާޒިމް ވިދާޅުވީ ކޮންމެހެން ޕްރޮޖެކްޓު ހިންގާ ފަރާތަކީ ސިޓީ ކައުންސިލަށް ނުވި ނަމަވެސް، ހިދުމަތް ފޯރުކޮށްދެވޭނަމަ އެންމެ ރަނގަޅުކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލެ ސިޓީގެ މޭޔަރު އާޒިމް؛ އާޒިމް ވިދާޅުވީ ކޮންމެހެން ޕްރޮޖެކްޓު ހިންގާ ފަރާތަކީ ސިޓީ ކައުންސިލަށް ނުވި ނަމަވެސް، ހިދުމަތް ފޯރުކޮށްދެވޭނަމަ އެންމެ ރަނގަޅުކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލެ ސިޓީ ކައުންސިލުގެ ދަށުން ހިންގަމުން ދިޔަ 11 މަޝްރުއޫއެއް ސަރުކާރަށް ބަދަލުކުރި މައްސަލާގައި ޝަކުވާއެއް ނެތްކަން މޭޔަރު އާދަމް އާޒިމް ހާމަކުރައްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޭ މޭޔަރުކަމުގެ ހުވާކުރެއްވި އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ރޭވި ޕްރޮޖެކްޓުތަކަކީ، ކައުންސިލުގެ ދަށުން ހިންގާ ޕްރޮޖެކްޓަކަށް ވުން މުހިންމު ނޫން ކަމަށެވެ.

"ސިޓީ ކައުންސިލުން ޕްރޮޖެކްޓެއް ރާވާފައި، އަޅުގަނޑު ހުވާކުރުމުގެ ކުރިން މިނިސްޓްރީގެ ދަށަށް ބަދަލުކުރީ. އަޅުގަނޑު އިހުތިރާމް ކުރަން ސިޓީ ކައުންސިލުގެ ނިންމުމަށް," އާޒިމް ވިދާޅުވި އެވެ.

Advertisement

އާޒިމް ވިދާޅުވީ މުހިންމީ ސިޓީ ކައުންސިލުން ގިނަ ޕްރޮޖެކްޓު ހިންގުން ނޫން ކަމަށާއި، ރައްޔިތުންނަށް ޕްރޮޖެކްޓު ހިންގައިގެން ހިދުމަތް ލިބޭ ނަމަ ސަރުކާރުގެ ކޮންމެ ބަޔަކު އެކަން ކުރުމަކުން މައްސަލައެއް ނެތް ކަމަށެވެ.

"އަޅުގަނޑު ކުރިއެކޭ އެބޭފުޅުން ކުރިއެކޭ ރައްޔިތުންގެ ފައިސާއިން ކުރަނީ. އެހެންވީމަ ރަނގަޅުވާނެ. އެބޭފުޅުން ކޮށްލީމަ ހަމަ އެނިމުނީ އެކަންތައް. އަޅުގަނޑު ކޮންމެހެން އަޅުގަނޑު ކުރިކަމަކަށް ދައްކާކަށް، މިއުޅެނީ ކާކަށްތޯ ގިނަ ކަންތައް ކުރެވެނީ ބަލާކަށް ނޫން," އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އެންމެން ގުޅިގެން "ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން" ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ މަސައްކަތްތައް ވާން ޖެހޭނީ އިސްރާފު ނުކޮށް ކުރާ ކަންކަމަށްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެފަދަ ކަމެއްގައި ބައިވެރި ނުވާނެ ކަމަށެވެ.

މޭޔަރުކަމަށް އާޒިމް އިންތިހާބުކުރީ މި މަހުގެ 13 ވީ ބުދަ ދުވަހު ބޭއްވި ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގަ އެވެ.

އެ ހަފްތާގެ ބުދަ ދުވަހު، ސިޓީ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި، ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު (ޝާޑު) ބައިވެރިވެ 100 މިލިއަނަށް ވުރެ އަގުބޮޑު ހުރިހާ މަޝްރޫއެއް ސަރުކާރުގެ މިނިސްޓްރީތަކުގެ ދަށަށް ބަދަލުކުރުމަށް ކަރުދާހެއް ހުށަހަޅައި ފާސްކުރި އެވެ.

އެކަމާ ގުޅިގެން އާޒިމް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު އާޒިމް ވިދާޅުވީ، ގާނޫނާ ހިލާފަށް ރައީސް އޮފީހުގެ ބޭފުޅުން ވަދެ ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލަން ކުރާ މަސައްކަތް ހުއްޓައިލަން ސަރުކާރަށް ގޮވައިލާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox