ގޯލްޑަން ފުޓްސަލް ޗެލެންޖް: ކަނޑިތީމު، އަލިފުށި އަދި ބިލެއްދޫ އަށް ބޮޑު މޮޅެއް

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ އަލިފުށި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ އަލިފުށި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގައި ށ. އަތޮޅު ކަނޑިތީމާއި, ރ. އަތޮޅު އަލިފުށީގެ އިތުރުން ފ. ބިލެއްދޫ އިން ބޮޑެއް މޮޅެއް ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް އަށް މެޗު ކުޅުމަށް ތާވާލުކުރި ނަމަވެސް ކުޅެފައިވަނީ ހަތް މެޗެވެ. ދ. ހުޅުދެލި އަދި ދ. މީދޫ ބައްދަލުކުރަން އޮތް މެޗު މީދޫއަށް ލިބުނު ކަމަށް ނިންމީ, ހުޅުދެލިން ދަނޑަށް ހާޒިރުު ނުވުމުންނެވެ. އެހެންވެ މީދޫ އަށް މި މެޗުން ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ލިބޭނެ އެވެ.

ރޭ މި މުބާރާތުގައި ކުޅެފައިވަނީ ށ. އަތޮޅުގެ މެޗުތަކާއި, ރ, އަތޮޅުގެ މެޗުތަކުގެ އިތުރުން ފ އަދި ދ. އަތޮޅުގެ މެޗުތަކެވެ.

ރޭ ށ. ކަނޑިތީމުން އެ އަތޮޅު މަރޮށީގެ މައްޗަށް ކުރިހޯދީ 8-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކަނޑިތީމުގެ މުހައްމަދު ޝާން އަދި ރައުލް ނިޔާޒް ދެ ގޯލު ޖެހިއިރު, އިބްރާހީމް ނަދާދް (ކުޑައްޓޭ), އިސްމާއިލް ނިހާން އަދި އަހުމަދު ޒަމީމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. ކނޑިތީމުގެ ފަހު ލަނޑަކީ މަރޮށީގެ އިސްމާއިލް ނަސީރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މަރޮށިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހާދިނީ ޝައިބާން އިސްމާއިލް އެވެ.

ށ. ފޭދޫ އަދި ޅައިމަގު ބައްދަލުކުރި މެޗު ފޭދޫ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފޭދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަހުމަދު ފާއިން މުހައްމަދު އާއި މުހައްމަދު ޝިރުފާން އެވެ. ޅައިމަގުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަބްދުލް ބާސިތު އަބްދުލް ޣަނީ އެވެ.

ރޭ ވަނީ ރ. އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ. ރ. އަތޮޅު ދުވާފަރުން އެ އަތޮޅު މީދޫގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދުވާފަރުގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު އިސާމް އާއި އަހުމަދު މިހާން މުހައްމަދެވެ.

ރ. އަލިފުށިން އެ އަތޮޅު މަޑުއްވަރީގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަލިފުށީގެ އަހުމަދު ފާރިސް ދެ ގޯލު ޖެހިއިރު, އަބްދުއް ސަމީއު ހަސަން އަދި އަހުމަދު ވިޖުދާން (ވިޖޫ) މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. މަޑުއްވަރީގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު މައިލާން އިބްރާހީމް އެވެ.

ރޭ ފ. އަތޮޅު ފީއަލީގެ މައްޗައް އެ އަތޮޅު ބިލެއްދޫ އިން ކުރިހޯދީ 11-0 ގެ ނަތީޖާއަކުންނެވެ. މިއީ މި އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ. މި މެޗުގައި ބިލެއްދޫގެ މުހައްމަދު ޒީދާން ޒުހުރީ ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ސާމިދު އަހުމަދު އަދި ނަދީފް އިބްރާހީމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހާފަ އެވެ. މީގެ އިތުރުން ރިމާން އަލީ އަލްސަން ސާހިދު, އަދި މުހައްމަދު ޒަޔާން އިސްމާއިލް ވަނީ ގޯލެއް ޖަހާފަ އެވެ.

ފ. ދަރަނބޫދޫ އިން އެ އަތޮޅު މަގޫދޫގެ މައްޗަށް ކުރިހޯދީ 8-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަރަނބޫދޫގެ މުޒްދާން ހުސެއިން ފަސް ގޯލު ޖެހިއިރު, ސާޖިދު އަހުމަދު އިބްރާހީމް ދެ ގޯލު ވަނީ ޖަހާފަ އެވެ. މީގެ އިތުރުން މުހައްމަދު ސިޔާމް ވަނީ ގޯލެއް ޖަހާފަ އެވެ. މި މެޗުގައި މަގޫދޫގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ މުހައްމަދު އަލްޔާން އަބްދުالله އެވެ.

ރޭގެ ފަހު މެޗުގައި ދ. މާއެނބޫދޫ އިން އެ އަތޮޅު ބަނޑިދޫގެ މައްޗަށް ކުރިހޯދީ 6-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާއެނބޫދޫގެ އަމިލް އަލީ ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފަ އެވެ. އަލިމް އަލީ, އަހުމަދު ޝައިހާން އަދި އަހުމަދު މަޚްތީމް ވަނީ ގޯލެއް ޖަހާފަ އެވެ.

ގޯލްޑެން ފުޓްސަލް މުބާރާތުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. މިރޭ ކުޅޭނީ ހއ. އަތޮޅު ބުރުގެ މެޗުތަކާއި, ގއ. އަތޮޅު ބުރުގެ މެޗުތަކެވެ. މި މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގައި މިރޭ ކުޅޭ މެޗުތައް:

  1. ހއ. ހޯރަފުށި - ހއ. ދިއްދޫ : 20:00 (ގްރައުންޑް 1)
  2. ހއ. ތަކަންދޫ - ހއ. ވަށަފަރު: 20:00 (ގްރައުންޑް 2)
  3. ހއ. ކެލާ - ހއ. އުތީމު : 21:00 (ގްރައުންޑް 1)
  4. ހއ. ބާރަށް - ހއ. ތުރާކުނު 21:00 (ގްރައުންޑް 2)
  5. ހއ. މާރަންދޫ - ހއ. އިހަވަންދޫ : 22:00 (ގްރައުންޑް 1)
  6. ހއ. ފިއްލަދޫ - ހއ. މުރައިދޫ : 22:00 (ގްރައުންޑް 2)
  7. ގއ. ކޮނޑޭ - ގއ. ދާންދޫ : 23:00 (ގްރައުންޑް 1)
  8. ގއ. ނިލަންދޫ - ގއ. ގެމަނަފުށި: 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox