ބަޔާން ބަލިވެ ލީގުގެ ރޭހުގައި ވެއްޓުމެއް

Jan 22, 2024, 7:16 AM
ބަޔާން ބަލިވެ ލީގުގެ ރޭހުގައި ވެއްޓުމެއް

މިއުނިކް (ޖެނުއަރީ 22) -ޖަރުމަނު ލީގުގައި ވާޑާ ބްރެމަން އަތުން 1-0 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން މިއުނިކުން މި ފަހަރުގެ ލީގުގެ ރޭހުގައި ވެއްޓުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރޭގެ މެޗުން ބަޔާން ބަލިވުމުން، އެ ޓީމު ލީގުގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ. ވަކޫސަނުން ވަނީ ހޮނިހިރު ދުވަހުގެރޭ، 3-2 އިން އާރްބީ ލައިޕްޒިގު ބަލިކޮށްފަ އެވެ.

ލެވަކޫސަން އަށް 18 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނަށް 17 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ލެ

ބަޔާން ދަނޑުގައި 2008 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބްރެމަން އިން މޮޅެއް ހޯދިއިރު، މެޗުގެ ހަމައެކަނި ގޯލު ޖެހީ 59 ވަަނަ މިނިޓްގައި މިޓްޗެލް ވައިސާ އެވެ. ކުރިން ބަޔާނަށް ކުޅުނު ވައިސާ މި ގޯލު ޖެހީ ބަޔާންގެ އަލްފަންސޯ ޑޭވިސް ކައިރިން ބޯޅަ ހިފައިގެންދިއުމަށް ފަހު އެެވެ.

މިއީ ބަޔާނުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އަމިއްލަ ދަނޑުގައި ގޯލެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. އެ މެޗުގެ ފަހުން، ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 66 މެޗުގެ ތެރެއިން ލަނޑެއް ނުޖެހި ދިޔައީ ރޭގެ މެޗުގަ އެވެ.

ބަޔާންގެ ފޯވާޑް، ހެރީ ކޭން އަށް މި މެޗުގައި ގޯލު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބުނެވެ. އަނެއްކޮޅުން، ބަދަލުތަކެއް ގެނެސްގެން ބަޔާނުން ގޯލެއް ޖަހަން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވީ އެވެ.

މެޗަށް ފަހު ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ވަރުގެ ރަނގަޅު އެޓިޓިއުޑެއް ނުފެނުނު ކަމަށެވެ. އަދި މެޗުން މޮޅުވާ ވަރަށް މަސައްކަތް ކުރަން ޖެހޭނީ މުޅި ޓީމު އެއްކޮށް އެއް މިސްރާބެއްގައި ތިބެގެން ކަމަށް ވެސް ޓުޗެލް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox