މާފަރާއި ހޮޅުދޫ އަށް ފުރަތަމަ މޮޅު، ގަމުން ފެށުން ރަނގަޅު ކޮށްފި

ގަމުގެ ޒައިދާން (ވ) އާއި ޝާމިސް (ކ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގަމުގެ ޒައިދާން (ވ) އާއި ޝާމިސް (ކ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ނ. އަތޮޅު މެޗުތައް މާފަރު އާއި ހޮޅުދޫ އިން ކާމިޔާބުކުރިއިރު, އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އެއީ ނ. އަތޮޅުގެ މެޗުތަކުގެ އިތުރުން އދ. އަދި ލ. އަތޮޅުގެ މެޗުތަކެވެ.

ރޭ ނ. ހޮޅުދޫ އިން އެ ޓީމުގެ ފުރަތަމަ މެޗު ކުޅުނުއިރު, ވެލިދޫގެ މައްޗަށް ހޮޅުދޫ އިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 16 ވަނަ މިނެޓުގައި ހޮޅުދޫ އަށް ލީޑު ނަގައިދިނީ އަބްދުލް ވަދޫދް އެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ލީޑު ފުޅާކޮށްދިން ގޯލު ޖަހާދިނީ އިބްރާހީމް އަފްލާހް އެވެ.

މާފަރުން އެ ޓީމު މި މުބާރާތުގައި ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ ފަހަތުން އަރާ މިލަދޫގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުފެނު ނަމަވެސް މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މިލަދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ އަލީ ފަރީދެވެ. އަދި އޭގެ ފަސް މިނެޓު ފަހުން މިލަދޫގެ ކެޕްޓަން ހަސަން އަބްދުލް ސަމަދު ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.

އެކަމަކު، އޭގެ މިނެޓެއް ފަހުން މާފަރުގެ އިބްރާހީމް ޒަކަރިއްޔާ ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗު ނިމެން ކައިރިވެފައި ވަނިކޮށް މާފަރުން ވަނީ ކައިރި ކައިރީ ދެ ގޯލު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މި ގޯލުތައް ޖަހާދިނީ މާފަރުގެ އައްޒާމް އަބްދުالله އަދި އައިހަމް ހަމްދޫން (އައިހަމްސްކީ) އެވެ.

ވެލިދޫ އާއި ހޮޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރޭ ކުޅުނު އދ. ގެ މެޗުތަކަށް ބަލާއިރު, މާމިނގިލިން އެ އަތޮޅު ދަނގެތީގެ މައްޗަށް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަނގެތީގެ މުހައްމަދު ސާއިފް ސާމިރު ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފަ އެވެ. މާމިނގިލީގެ ލަނޑުތައް ޖެހީ އަހުމަދު ނިޒާމް, ހިސާމް ސަލީމް, އިބްރާހީމް މައިސާން އަދި ޒަޔާން ނަސީރެވެ.

އދ. ކުނުބުރުދޫގެ މައްޗަށް އެ އަތޮޅު ފެންފުށިން ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެންފުށީގެ އަސްލަމް އާދަމް ދެ ގޯލު ޖެހިއިރު, ކެޕްޓަން އަބޫބަކުރު މުހައްމަދު, އަހުމަދު މުހައްމަދު އަދި މުހައްމަދު އާދަމް, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހައިފަ އެވެ.

މި މެޗުގައި ކުނބުރުދޫ އިން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ މުހައްމަދު ސަމާހު މޫސާ ފަތުހީ އެވެ.

އދ. މަހިބަދޫ އިން އެ އަތޮޅު ހަންޏާމީދޫގެ މައްޗަށް ކުރިހޯދީ ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މަހިބަދޫގެ ޝުއައިދު ސައީދު ދެ ގޯލު ޖެހިއިރު, އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް), އަހުމަދު ޒިފާން އިބްރާހީމް, އިބްރާހީމް އުސާމާ ހަސަން މަޖީދު, މުހައްމަދު ސާރިހް އަދި އިބްރާހީމް ނޫރައްދީން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލު ޖަހާފަ އެވެ.

މި މެޗުގައި ހަންޏާމީދޫގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާ ދިނީ އާދަމް ޝުޖާއު އެވެ.

ރޭގެ ފަހު މެޗުތަކުގައި ކުޅުނީ ލ. އަތޮޅުގެ މެޗުތަކެވެ. ލ. ކަލައިދޫގެ މައްޗަށް އެ އަތޮޅު މާބައިދޫ އިން ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާބައިދޫގެ ހަސަން ނިމާލް އަދި އަހުމަދު ފިރާސް ވަނީ ދެ ގޯލު ޖަހާފަ އެވެ.

ރޭގެ ފަހު މެޗުގައި ގަމުން މާވަށް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ގަމަށް ލީޑު ނަގައިދިނީ ޒައިދާން އަބްދުالله އެވެ. އަދި ގަމުގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox