ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ ޗެމްޕިއަނުން ތަފާތު

Jan 21, 2024, 2:57 PM
ބ. އޭދަފުށީގައި ކުރިއަށްދިޔަ، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ބައިވެރިވި ގިނަ ކުޅުންތެރިންތަކެއް ފޮޓޯ އަކަށް ހުއްޓިލައިގެން،--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބ. އޭދަފުށީގައި ކުރިއަށްދިޔަ، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި ބައިވެރިވި ގިނަ ކުޅުންތެރިންތަކެއް ފޮޓޯ އަކަށް ހުއްޓިލައިގެން،--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހަފްތާ ބަންދުގައި ބ. އޭދަފުށީގައި ކުރިއަށްދިޔަ، ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ އެކި އުމުރުފުރާގެ ޗެމްޕިއަނުންގެ ހުނަރުވެރިކަމުގެ ތަފާތުކަން މުބާރާތުން ފެނިގެން ގޮސްފި އެވެ.

ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން، އޭދަފުށީގައި ރިވައިވަލް އިން ބެޑްމިންޓަން އެކެޑަމީއެއްގެ މަސައްކަތް ފަށައި، މުޅިން އަލަށް ބޭއްވި މުބާރާތުގައި މި ފަހަރު ކުރިއަށްދިޔައީ، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބޭއްވި ކެޓަގަރީތަކެވެ.

އެ ގޮތުން، 150 އަށް ވުރެ ގިނަ ކުދިން ބައިވެރިވި މި މުބާރާތުގައި ތަފާތު ހުނަރުވެރި ކުޅުންތެރިން ފެނިގެންދިޔައިރު، ކޮންމެ ކެޓަގަރީއެއްގެ ވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ޕްރެޝަރުގައި ކުޅެ، ތަފާތު ދައްކައިގެންނެވެ.

އެ ގޮތުން، ނުވަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތިލާލް އިބްރާހިމް ވަހީދު އެވެ. ރަނަރަޕަކަށް އަޒާންއަޒުމަތު އަބްދުލް ރަޝީދު ހޮވުނުއިރު، ތިން ވަނަ އަށް ދިޔައީ، މުހައްމަދު އަޔާން ބިން އަބްދުލް ޒަހީން އެވެ. ނުވަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަން އަކީ، އައިޝާ ހާޖަރު ހާނިސް މޫސާ އެވެ. ދެ ވަނަ އަށް ދިޔައީ، އައިރީން އައިމަން ޝަރީފް އެވެ. ތިން ވަނަ ހޯދީ، އިރަމް އަބްދުލް މަތީން އާއި ލިވާ އަބްދުﷲ ޒައީމް އެވެ.

ނުވަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަން އަކީ، އައިޝާ ހާޖަރު ހާނިސް މޫސާ.-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، ވިލާން ޝާފީ އަލީ އެވެ. ދެ ވަނަ އަށް އަމާނުﷲ ބިން އަޒްލީފް ހޮވުނުއިރު، ތިން ވަނަ އަށް ދިޔައީ، އަހުމަދު ނޫހު އަބްދުﷲ އާއި މުހައްމަދު ޔުއާން އަރަފާތު ސައީދު އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، ކައިފް އަހުމަދު އިގުބާލް އާއި ޔުއާންގެ ޕެއާ އިން ހޯދިއިރު، ދެ ވަނަ އަށް ދިޔައީ އަމާނުﷲ އާއި ވިލަންގެ ޕެއާ އެވެ. ތިން ވަނަ ހޯދީ ޔޫސުފް ލުޔޫން އިސްމާއިލް ޝިރްހާން އާއި ޔޫސުފް މަނާން ޝަހީރުގެ ޕެއާ އަދި މުހައްމަދު ޒަލަފް އިސްމާއިލް ފާސިރު އާއި އަހުމަދު އަޒާން އަޒުމަތު އަބްދުލް ރަޝީދުގެ ޕެއާ އެވެ.

ބާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަނަކީ، ލައިބާ އަހުމަދު މަހުލޫފް އެެވެ. ދެ ވަނަ އަށް ދިޔައީ، އާނާ އިބްރާހިމް ޝަހީދު އެވެ. ތިން ވަނަ ހޯދާފައިވަނީ މަރިތަމް ޔުނާ ބިންތި ގައްސާމް އާއި އަޔޭޝާ ސަނާޔާ ބިންތި އަފްރާހް އެވެ. ބާރަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަނަކީ، އާނާ އާއި އިލީނާ އަލީ ޝަފީގްގެ ޕެއާ އެވެ. ދެ ވަނަ ހޯދީ، އައިޝަތު ސަޖާ އިބްރާހިމް އާއި އަޝްނާ ބިންތި އަބްދުﷲ ރަޝީދުގެ ޕެއާ އިންނެވެ. ތިން ވަނަ އަށް ގޮސްފައިވަނީ، މަރިޔަމް ލައިބާ އަބްދުލް މުގުނީ އާއި އައިޝަތު ރާނިޔާ ބިންތި ރަހުމަތުﷲގެ ޕެއާ އާއި އުލްވީ އިސްމާއިލް ޝާކިރު އާއި ނޫރީން ސިމާން ސައީދުގެ ޕެއާ އެވެ.

އެ ގޮތުން، 14 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، އިޔާން އަހުމަދު މަމްދޫހު ހޯދިއިރު، ރަނަރަަޕަކަށް ދިޔައީ، ރިޝާމް އަބްދުލް ފައްތާހު އެވެ. ތިން ވަނަ ހޯދީ ޔޫސުފް ޝާއިލް އިސްމާއިލް އާއި މުހައްމަދު އަލްޔާން ސޯދިގު އެވެ. މި އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަނަކީ، މުހައްމަދު އައިދިން އަންވަރު އާއި އިޔާންގެ ޕެއާ އެެވެ. ދެ ވަނަ އަށް ދިޔައީ، އައުފް ބިން ފަޒްލޫން އާއި ރިޝާންގެ ޕެއާ އެވެ. އަދި ތިން ވަނަ ހޯދީ، މުހައްމަދު ޝިޒާން ޝަރީފް އާއި މިޝެލް އަހްސަން މުސްތަފާގެ ޕެއާ އާއި ޔޫސުފް އީތާން ބން ޝިފާޒް އާއި އީލާފް މުހައްމަދު އިކްރާމްގެ ޕެއާ އެވެ.

ސާދަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަނަކީ، ޔަލްވީ ހުސެއިން ޒުހުރީ އެވެ. ރަނަރަޕަށް ދިޔައީ، އަޒްކާ ރިލްވާން އެވެ. ތިން ވަނަ ހޯދީ، ލާރާ މުހައްމަދު ލަތީފް އާއި ހައްވާ ނައުރީން މުހައްމަދު އެވެ. ސާދަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ، އައިޝަތު ޔޫމީ އަލީ އަހުމަދު އާއި ލައިބާ އަހުމަދު މަހުލޫފްގެ ޕެއާ އެވެ. ރަނަރަޕަށް ދިޔައީ، ޔަލްވީ އާއި އައިޝަތު އާޔާ އަބްދުﷲގެ ޕެއާ އެވެ. އަދި ތިން ވަނަ ހޯދީ، ލާރާ މުހައްމަދު ލަތީފް އާއި އައިޝަތު ރާއިޝާ ޒާކިރުގެ ޕެއާ އާއި އައިޝަތު ރައިނާ ރަމީޒް އާއި އައިމިނަތު އައިލީން ނާސިހުގެ ޕެއާ އެވެ.

ސޯޅަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އިޒްޔާން އަބްދުލް ސައީދު އެވެ. ރަނަރަޕަކަށް ދިޔައީ، މުހައްމަދު ހައްޔާން ބިން އަބްދުލް ހަންނާން އެވެ. ތިން ވަނަ ހޯދީ މުހައްމަދު އިލާން ބިން ރިލްވާން އާއި އަހުމަދު ފަލާހު ފަރޫޒާން އެވެ. ސޯޅަ އަހަރުން ދަށުގެ އަންހެން ސިންގްލަސް ޗެމްޕިއަނަކީ އައިމިނަތު ފަރްހާ ފަރޫޒާން އެވެ. ދެ ވަނަ އަށް ދިޔައީ މަރިޔަމް ނައުރީން ނާޝިދު އެވެ. ތިން ވަނަ ހޯދީ ކިޔާން އާދިލް މުހައްމަދު އާއި އައިޝަތު އީން އަލީ ސޯދިގު އެވެ.

މި އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ ނަހުވާން ބިން މުހައްމަދު ނަޝީދު އާއި މުހައްމަދު ހައްޔާން ބިން އަބްދުލް ހަންނާންގެ ޕެއާ އެވެ. ރަނަރަޕަށް ދިޔައީ، ލަމާން ބިން އަބްދުﷲ ނަސީރު އާއި ޔޫސުފް ޒީކް ޒުހާންގެ ޕެއާ އެވެ. ތިން ވަނަ ހޯދީ މުހައްމަދު އިލާން ބިން ރިލްވާން އާއި އިސްމާއިލް ޝައިހޫން ބިން ހުސެއިންގެ ޕެއާ އާއި ރާދިން އަބްދުލް ރަހުމާން މުހައްމަދު އާއި އިބްރާހިމް މާއިޒް ޔޫސުފްގެ ޕެއާ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން، އައިމިނަތު ފަރްހާ ފަރޫޒާން އާއި ކިޔާން އާދިލް މުހައްމަދު ހޯދިއިރު، ރަނަރަޕަށް ދިޔައީ، އައިޝަތު ފައުޒާ ފަރޫޒާން އާއި އައިޝަތު އަމްރާ މުހައްމަދުގެ ޕެއާ އެވެ. އަދި ތިން ވަނަ ހޯދީ، ފަރްހީން މުހައްމަދު ނާޝިދު އާއި އައިމިނަތު އީމާން މުހައްމަދު ސާލިމްގެ ޕެއާ އާއި އައިމިނަތު ޒާރާ ސަމީރު އާއި ހައްވާ އަލްވީނާ އިބްރާހިމްގެ ޕެއާ އެެވެ.

18 އަހަރުން ދަށުގެ ކެޓަގަރީގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އީނާސް: އޭނާ ވަނީ އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފައި، އެއީ ނާއިޝާއާ އެެއް ޕެއާ އަކަށް ކުޅެގެން،--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި މުބާރާތުގެ އެންމެ ސީނިއާކޮށް ފެނުނު ކެޓަގަރީ ކަމަށްވާ 18 އަހަރުން ދަށުގެ ސިންގަލްސް ފިރިހެން ޗެމްޕިއަނަކީ، އައްޔޫބް އަޒްހަރު މުހައްމަދު އެވެ. ދެ ވަަނަ އަށް ދިޔައީ ހޫދު އަބްދުﷲ މާލިކް އެވެ. ތިން ވަނަ ހޯދީ ޔޫސުފް މުނާދީ މަތުލޫބް އާއި ތާއިލް އިބްރާހިމް ވަހީދު އެވެ. އަންހެން ސިންގަލްސް އިން ޗެމްޕިއަނަކީ، މަރިޔަމް އީނާސް އިލްޔާސް އެވެ. ރަނަރަަޕަކަށް ފާތިމަތު އިމްނާ މުހައިމިން ދިޔައިރު، ތިން ވަނަ ހޯދީ ނިޝްދާ މޫސާ އިމްރާން އާއި އަމަތުﷲ ތަސްނީމް ތަހިނިއްޔާ އަލީމުއްދީން އެވެެ.

އަށާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަނަކީ، ހުސެއިން އިޒުއާން ސޯދިގު އާއި މުހައްމަދު އަލޫފް ރިފާއުގެ ޕެއާ އެެވެ. ދެ ވަނަ އަށް ދިޔައީ، ތާއިލް އިބްރާހިމް ވަހީދު އާއި ހޫދު އަބްދުﷲ މަނިކްގެ ޕެއާ އެވެ. ތިން ވަނަ ހޯދީ، މުހައްމަދު އިޝާން އައްސަދު އާއި އަހުމަދު އިޔާންގެ ޕެއާ އާއި ނާބިލް މުހައްމަދު ހުސެއިން އާއި އަލްތޮފް މުހައްމަދު އިކްރާމްގެ ޕެއާ އެވެ. މި އުމުރުފުރާ ކެޓަގަރީގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ، އީނާސް އާއި ނާއިޝާ ސައުދުﷲ ގެ ޕެއާ އެވެ. ދެ ވަނަ ހޯދީ، ފާތިމަތު އިމްނާ މުހައިމިން އާއި ނިޝްދާ މޫސާ އިމްރާންގެ ޕެއާ އެވެ.

އޭދަފުށީގައި ރިވައިވަލް އިން މި ބޭއްވި މުބާރާތުގައި ގިނަ އަދަދެއްގެ ހުނަރުވެރި ކުޅުންތެރިން ފެނިގެން ގޮސްފައިވޭ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އޭދަފުށީގައި ބޭއްވި، މި މުބާރާތުގައި މާލެއިން ވެސް ވަނީ އެކެޑަމީގެ ކުޅުންތެރިންތައް ބައިވެރިވެފަ އެވެ. މި މުބާރާތް ހޯސްޓްކުރި ރިވައިވަލް އަށް ލިބުނު ކާމިޔާބީ ފުރިހަމަ އެވެ. އެ ގޮތުން، ރިވައިވަލް އަށް ނިސްބަތްވާ ކުޅުންތެރިން ވަނީ 18 ރަން މެޑަލްގެ ތެރެއިން އަށް ރަން މެޑަލް އާއި 18 ރިހި މެޑަލްގެ ތެރެއިން 16 ރިހި މެޑަލް އަދި 36 ލޯ މެޑަލްގެ ތެރެއިން 24 ލޯ މެޑަލް ހޯދައިފަ އެވެ.

މި މުބާރާތް ސްޕޮންސަކޮށްފައިވަނީ އެސްޓީއޯ އެވެ. މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި، އެމްޕީއެލް، ޕްރިންޓްލެބް، އަދަދު ނޫސް، ދިރާގު، ހޭންގްއައުޓް، ޔޫސުފް ސްޕީޑް، ވައިޓަލް ކެއާ، ޕިކްސެލް ޕްރޯ އަދި ވައިޓް ބައި 8 އެސް މަސައްކަތްކުރި އެވެ. ރިވައިވަލް އިން ވަނީ މި މުބާރާތް ކުރިއަށްގެންދިއުމަށް އޭދަފުށީ ކައުންސިލުން . ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox