"ކުށްކުރާ" މީހުންގެ ވަނަވަރު ކޮނޑޭ ކައުންސިލުން އާންމުކުރަނީ

ގއ. ކޮނޑޭ; އެރަށުގައި 'ކުށް' ކުރާ މީހުންގެ ވަނަވަރު އާންމު ކުރާނެ ކަމަށް ކައުންސިލުން ބުނޭ

ގއ. ކޮނޑޭ; އެރަށުގައި 'ކުށް' ކުރާ މީހުންގެ ވަނަވަރު އާންމު ކުރާނެ ކަމަށް ކައުންސިލުން ބުނޭ

ގަވާއިދާ ހިލާފު އަމަލުތައް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅައި, ކުރި ކުށް އެނގޭނެ ގޮތަށް އެމީހެއްގެ ވަނަވަރު އާންމު ކުރަން ގއ. ކޮނޑޭ ކައުންސިލުން ނިންމައިފި އެވެ.

ކުށް ކުރާ މީހުންގެ ވަނަވަރު ހާމަ ކުރަން ކޮނޑޭ ކައުންސިލުން ނިންމީ އެ ކައުންސިލުން ބުރާސްފަތި ދުވަހު ގެޒެޓު ކުރި އުސޫލެއްގެ ދަށުންނެވެ. އެ އުސޫލުގައިވާ ގޮތުން, އެ ގަވާއިދުތަކާ ހިލާފުވާ މީހަކަށް ނޯޓިސް ފޮނުވުމާއި ޖޫރިމަނާ ކުރުމުގެ އިތުރުން ކުށްކުރާ މީހާގެ ވަނަވަރު އަދި އޭނާ ކުރި ކުށް އެނގޭނެހެން ތަނުގެ ފޮޓޯ އާންމު ކުރާނެ އެވެ. އޭގެ ފަހުން ވެސް އިސްލާހު ނުވެއްޖެނަމަ, ކޮންމެ މަހަކު އެއްފަހަރު ޖޫރިމަނާ ކުރާނެ ކަމަށް ވެސް ކޮނޑޭ ކައުންސިލުން ބުނެ އެވެ.

ކޮނޑޭ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް އާމިރު ސައީދު މިއަދު ވިދާޅުވީ އެ ކައުންސިލުން އާންމު ކުރި އުސޫލަކީ ކައުންސިލުން މަގުމަތި ކުނި ކެހުމާއި ފުރާޅުން އަންނަ ފެން ހިންދުމާއި އާންމު ތަންތަނަށް ކުނި ނޭޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކަށް އަމަލު ނުކުރާ ނަމަ އަޅާނެ ފިޔަވަޅުތައް ކަމަށެވެ. އަދި އެ އުސޫލު އާންމުކުރީ ފިޔަވަޅު އަޅާނެ ތަރުތީބެއް އާންމުންނަށް އެނގިފައި އޮތުން މުހިންމު ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މީހަކަށް ދޫކޮށްފައިވާ ގޯއްޗެއް ސާފުނުކޮށް ނުވަތަ ގޭގެ ދޮރުމަތި ސާފު ނުކޮށް ހުރުމުން ނޯޓިސް ފޮނުވާ, ޖޫރިމަނާ ކުރުމުން ވެސް އެކަން އިސްލާހު ނުކޮށްފި ނަމަ, އެ ގެއެއްގެ ފޮޓޯ ނަގާ, މީހާގެ މައުލޫމާތާއެކު އާންމު ކުރާނެ ކަމަށެވެ. އަދި އެއީ ކުށެއް ކަން އަންގާ އިއުލާނު ކުރުމުގެ ބޭނުމަކީ ކަންކަން އިސްލާހު ކުރުމަށް ބާރު އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނަކުން ނުކުރެވޭނެ ކަމަކަށް ވެސް ނޯންނާނެ. މައުލޫމާތު ހާމަ ކުރުމަކީ،" އާމިރު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލްތައް ޒިންމާދާރުކޮށް, މޮނިޓާ ކުރުމުގެ މަސްއޫލިއްޔަތުު މަތިވެފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ, ގާނޫނުގެ ދަށުން ގަވާއިދުތައް ހެދުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ކުރަންވާނީ އެލްޖީއޭއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ބުންޏެވެ.

އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވީ ކޮނޑޭ ކައުންސިލުން ގަވާއިދު ނުވަތަ އުސޫލު ހެދީ އެލްޖީއޭއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ފޮޓޯ އާއި ވަނަވަރު އާންމު ކުރާނެ ކަމަށް އޮތް މާއްދާ ފިޔަވައި, އެ އުސޫލުގައިވާ ކަންކަން ރަނގަޅުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފޮޓޯ ޖެހުމުގެ ތަންކޮޅު ކުޑަކޮށް ޑްރަސްޓިކް ވާތީ, އެތަންކޮޅު ކަނޑާލަން އަޅުގަނޑު އިލްތިމާސް ކުރަން،" ޒުލްފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުގެ ބާރުތައް ހަނިކުރަން މަސައްކަތް ނުކުރައްވާނެ ކަމަށާއި މިނިވަންކަަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް އޮންނާނެ ކަމަށެވެ. އަދި ގަވާއިދުތަކަށް އަމަލު ނުކުރާނަމަ ފިޔަވަޅު އެޅުމަށް ކޮނޑޭ ކައުންސިލުން ނެގީ ނަމޫނާ އިސްނެގުމެއްކަން ޒުލްފާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox