ޑެކޯ އެދޭތީ ބާސެލޯނާ އިން ފިލިޕްސް އަށް ޝައުގުވެރިވެއްޖެ

Jan 20, 2024, 6:03 AM
ޑެކޯ އެދޭތީ ބާސެލޯނާ އިން ފިލިޕްސް އަށް ޝައުގުވެރިވެއްޖެ

މެޑްރިޑް (ޖެނުއަރީ 20) - ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯގެ އެެދުމާ އެކު، އެ ކްލަބުން މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު، ކެލްވިން ފިލިޕްސް ހޯދަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ސިޓީ ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާ އިނގިރޭސި މިޑްފީލްޑަރު، ފިލިޕްސް، 28، ހޯދުމުގެ ރޭހުގައި ބާސެލޯނާ ހިމެނޭ ގޮތަށް ހަ ކްލަބެއް އެބައޮތެވެ. އެއީ، އެތުލެޓިކޯ މެޑްރިޑް، ކްރިސްޓަލް ޕެލަސް، ވެސްޓް ހޭމް ޔުނައިޓެޑް، ނިއުކާސަލް ޔުނައިޓެޑް އަދި ޔުވެންޓަސް އެވެ.

ސިޓީގައި އެކަށީގެންވާ ވަރަށް، ފިލިޕްސް އަށް މެޗު ކުޅެން ނުލިބެނީ އަނިޔާގެ މައްސަލަތަކާ ހުރެ އެވެ. އަދި ފިިލިޕްސް ފިޓްވެެގެން އަޔަސް މެޗުތަކުން ޖާގަ ނުލިބެނީ މަގާމުގެ ވާދަވެރިކަން ބޮޑުވުމުންނެވެ. އެހެންވެ، ފިލިޕްސް ނިންމާފައިވަނީ ދެން ބަދަލުވާ ޓީމަކުން މެޗު ކުޅެން ލިބޭ އަދަދު ކޮންޓްރެކްޓްގައި ހިމަނާށެވެ.

ބާސެލޯނާގެ ޓެކްނިކަލް ޓީމުން ޑެކޯގެ ލަފަޔާ އެކު، މިހާރު އެ ކްލަބްގެ ބޯޑަށް ހުށަހަޅާފައިވަނީ ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް ވިޔަސް ފިލިޕްސް އަށް ކޮންޓްރެކްޓެއް ހުށަހެޅުމަށެވެ. އެ ގޮތުން، ބާސެލޯނާ އިން ފުރަތަމަ ދޭން ބޭނުންވަނީ ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، ސިޓީން ޑިމާންޑްކުރާ ލޯން ފީ ދައްކަން ބާސެލޯނާ އިން ބޭނުމެއް ނުވެ އެވެ. ސިޓީން ލޯން ފީ އަކަށް ނުވަ މިލިއަން ޑޮލަރު ބޭނުންވެ އެވެ. ބާސެލޯނާގެ ވިސްނުމަކީ 5-7 މިލިއަން ޑޮލަރު ދިނުމެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ އިނގިރޭސި ޓީމުން ޖާގަ ޔަގީންކުރަން ފިލިޕްސް އަށް އެންމެ ރަނގަޅުވާނީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމަކަށް ބަދަލުވުން ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ރިޕޯޓްކޮށްފަ އެވެ.

ލީޑްސް ޔުނައިޓެޑްގެ އެކެޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓްވެ، އެ ޓީމާ އެކު ޕްރިމިއާ ލީގުގައި ވެސް ކުޅުނު ފިލިޕްސް، ސިޓީ އަށް ސޮއިކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި، 50 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox