ގޯލްޑަން ފުޓްސަލް ޗެލެންޖް: ތިމަރަފުށި، އޮމަދޫ އަދި ބުރުނި އަށް ފަސޭހަ މޮޅެއް

ލަނޑު ޖެހުމަށް ފަހު ތިމަރަފުށި ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ލަނޑު ޖެހުމަށް ފަހު ތިމަރަފުށި ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގައި ތ. ތިމަރަފުށި, ތ. އޮމަދޫ, ތ. ބުރުނި ކުޅުނު މެޗުތައް ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އެއީ ނ. އަތޮޅުގެ މެޗުތަކާއި, ތ. އަތޮޅު އަދި ލ. އަތޮޅުގެ މެޗުތަކެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު, ތ. ތިމަރަފުށިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ހިރިލަންދޫގެ މައްޗަށް ކުރިހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ތިމަރަފުށީގެ އިބްރާހިމް ހަމްދާން ތިން ގޯލު ޖަހާ ހެޓްރިކް ހެދި އެވެ. ދެން، ތިމަރަފުށިން ކާމިޔާބު ކުރި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އިބްރާހިމް ސިނާހް (ސިނާ), ހުސެއިން އަލީ (އަޗޭ) އަދި މުހައްމަދު ތޯހިރު އެވެ. މެޗުގައި ހިރިލަންދޫން ޖެހި ހަމައެކަނި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ އަހުމަދު މުފީދު އެވެ.

ރޭ ތ. އޮމަދޫ އިން އެ އަތޮޅު ގާދިއްފުށީގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަތަރު ވަނަ މިނެޓުގައި އޮމަދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މިއީ އަހުމަދު ނިޝާހު ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮމަދޫ އިން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ޖަހާ ދިނީ ހަސަން ކިއާން ސިނާން އެވެ. އޮމަދޫން މެޗުގައި ޖެހި ތިންވަނަ ލަނޑު ދެ ވަނަ ހާފުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުހައްމަދު އަލާއު އެވެ.

މެޗުގެ ފަހު ތިން މިނެޓު ތެރޭގައި ގާދިއްފުށިން ވަނީ ކައިރި ކައިރީ ދެ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. ގާދިއްފުށީގެ ފުރަތަމަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޖަހާދިނީ އިބްރާހީމް ސިރާހް އަބްދުލް ސައްތާރެވެ. އަދި މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެ ޓީމުގެ ދެވަނަ ގޯލު ޖަހާ ދިނީ ހަސަން ރަޝީދެވެ.

ތ. ބުރުނިން އެ އަތޮޅު ވިލިފުށީގެ މައްޗަށް ކުރިހޯދީ 7-4 ގެ ނަތީޖާއަކުންނެވެ. ގިނަ ލަނޑުތަކެއް ފެނުނު މި މެޗުގައި ބުރުނީގެ މުހައްމަދު ނާހިލް ނޫހް ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފަ އެވެ. މި މެޗުގައި ނާހިލް ވަނީ ޖުމްލަ ހަތަރު ލަނޑު ޖަހާފަ އެވެ. މީގެ އިތުރުން ބުރުނީގެ އަނެއް ތިން ލަނޑު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޝާމް, މަހްމޫދް ސަލީމް އަދި މުހައްމަދު ޝަބީން އެވެ. މި މެޗުގައި ވިލިފުށީގެ ހުސެއިން ރިފާއު ދެ ލަނޑު ޖެހިއިރު, ޒަކަރިއްޔާ ޒަހޫރް އިސްމާއިލް އާއި އިބްރާހީމް އަލާމް މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހައިފަ އެވެ.

ގުރައިދޫ ޓީމުގެ އަބްދުﷲ ޔަޝައު ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މީގެ އިތުރުން ތ. ގުރަައިދޫ އާއި މަޑިފުށި ބައްދަލުކުރި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަޑިފުށި އެވެ. މަޑިފުށީގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އާދަމް އަފީފް, އަފްޒަލް މުހައްމަދު, ހުސެއިން މުނާޒް އެވެ. އަނެއް ލަނޑަކީ މުހައްމަދު އައްޒާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ގުރައިދޫން ކާމިޔާބުކުރި ގޯލުތައް އެ ޓީމަށް ޖަހާދިނީ ހައްމާދު ނަސީމް, މުހައްމަދު ނިސާހް އަހްމަދު ނާސިހް އަދި މުހައްމަދު އައްޒާމް އެވެ.

މީގެ އިތުރުން ރޭ ވަނީ ނ. އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ އެއްވެސް ޓީމަކުން ބައިވެރިނުވި ނަމަވެސް މި އަހަރު ވަނީ ނ. އަތޮޅުގެ ޓީމުތައް ވެސް ބައިވެރިވެފަ އެވެ.

ނ. ވެލިދޫގެ މައްޗަށް އެ އަތޮޅު މިލަދޫ އިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ގޯލުތައް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގަ އެވެ. މިލަދޫގެ ފުރަތަމަ ގޯލު ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުސާ އަމީރެވެ. އޭނާ ވަނީ އޭގެ ދެ މިނެޓު ފަހުން އިތުރު ގޯލެއް ޖަހާ މިލަދޫގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން ހުސެއިން ސައިފް މޫސާ ވަނީ މިލަދޫގެ ތިންވަނަ ގޯލު ޖަހާފަ އެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވެލިދޫގެ އިބްރާހީމް ޒިޔާން ވަނީ އެ ޓީމުން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހާފަ އެވެ.

މާފަރު ޓީމުގެ އައިހަމް (ކ) ކައިރިން ކެނދިކުޅުދޫ ޓީމުގެ އައްޒާމް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ނ. މާފަރުގެ މައްޗަށް އެ އަތޮޅު ކެނދިކުޅުދޫ އިން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ކެނދިކުޅުދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން އަލީ ބުޝްރީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނދިކުޅުދޫ އިން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާ ދިނީ މޫސާ ނަދީމް އެވެ. ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި މާފަރުން ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާ ދިނީ އިރުޝާދު އަދުނާން އެވެ.

ރޭ ވަނީ ލ. އަތޮޅުގެ ދެ މެޗު ކުޅެފަ އެވެ. ރެހެންދި ދަނޑު އެކެއްގައި ކުޅުނު މެޗުގައި ކަލައިދޫގެ މައްޗަށް މާފަށުން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކަލައިދޫ އެވެ. މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ފަރީޝް އެވެ. އެކަމަކު މެޗުގެ 16 ވަނަ މިނެޓުގައި މާވަށުން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާ ދިނީ މުހައްމަދު ޝާއިރް އެވެ. އަދި އޭގެ ތިން މިނެޓު ފަހުން މާވަށުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު އަޒްލާން އަލި އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކަލައިދޫ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު ޖަހާދިނީ ހަސަން މާދް އެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޝާއިރު ވަނީ އިތުރު ގޯލެއް ޖަހާ މެޗުގެ ނަތީޖާ މާވަށް ކޮޅަށް އަނބުރާލާފަ އެވެ.

ރޭގެ ފަހު މެޗުގައި ލ. މާބައިދޫ އިން އެ އަތޮޅު ދަނބިދޫގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާބައިދޫން ކާމިޔާބުކުރި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ ޝަހީމް އަބްދުލް ގާދިރެވެ. އަދި ދަނބިދޫގެ ގޯލު އެ ޓީމަށް ޖަހާދިނީ އަލީ އިރުފާން އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ އދ. އަތޮޅުގެ މެޗުތަކާއި, ފ. އަދި ދ. އަތޮޅުގެ މެޗުތަކެވެ. މާދަމާ ރޭ ވެސް އަށް މެޗު ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox