މޭޔަރު ހުވާ ކުރުމުގެ ކުރިން ސިޓީ ކައުންސިލްގެ ބޮޑެތި ޕްރޮޖެކްޓްތައް ސަރުކާރަށް ބަދަލުކުރަން ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: ސިޓީ ކައުންސިލުން ހިނގަމުން ދިޔަ ޕްރޮޖެކްޓްތައް ސަރުކާރަށް ދިނުމަށް ފާސްކޮށްފި - ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: ސިޓީ ކައުންސިލުން ހިނގަމުން ދިޔަ ޕްރޮޖެކްޓްތައް ސަރުކާރަށް ދިނުމަށް ފާސްކޮށްފި - ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ހިންގަމުން ދިޔަ މަޝްރޫއުތަކުގެ ތެރެއިން އަގު ބޮޑެތި މަޝްރޫއުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހިންގާ ގޮތަށް، އެ މިނިސްޓްރީއަށް ބަދަލު ކުރަން ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލް ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު (ޝާޑު) ބައިވެރިވެވަޑައިގަތެވެ. އޭނާއަކީ މީގެ ކުރިން ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ. ކައުންސިލުން ހިންގި ޕްރޮޖެކްޓްތަކުގެ އިދާރީ ބައެއް ކަންކަން ބައްލަވަމުން ގެންދެވީ އޭނާ އެވެ.

"އަޅުގަނޑު މި ހުށަހަޅަނީ މި ޕްރޮޖެކްޓުތަކަށް ކައުންސިލުން އެއްބަސްވެފައި ހުރި ޓާމްތަކަށް އެއްވެސް ބަދަލެއް ނުގެެނސް މި ޕްރޮޖެކްޓުތައް އަވަސް ކުރުމަށްޓަކައި މިކަމާ ގުޅޭ ވުޒާރާއަށް މި ޕްރޮޖެކްޓުތައް ވަގުތީ ގޮތުން މެނޭޖް ކުރުމަށް ހަވާލު ކުރުމަށް. އެ ވުޒާރާއެއްގެ ގޮތުގައި އަޅުގަނޑު މި ހުށަހަޅަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ،" ޝާހިދު ވިދާޅުވި އެވެ.

ސިޓީ ކައުންސިލް ބައްދަލުވުމަށް އޭނާ ކަރުދާހެއް ހުށަހެޅުއްވި އެވެ. އެ ކަރުދާހުގައި ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރަށް ދިނުމަށެވެ. ކައުންސިލުން މިއަދު ނިންމީ، އެ ޕްރޮޖެކްޓުތައް ސަރުކާރަށް ބަދަލު ކުރި ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލު ކުރެވޭނެ ގޮތަށެވެ.

"އަޅުގަނޑުމެން ހުށަހަޅަނީ ޕްރޮޖެކްޓުތަކުގެ ވެލިއުއަށް ބަލާފަ، ކޮންމެ ޕްރޮޖެކްޓަކީ ވެސް އުސޫލެއްގެ ގޮތުން އިވެލުއޭޝަނެއް ހަދާކަމަށްވެއްޖެއާ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ޕްރޮޖެކްޓުތަކެއް. ކައުންސިލުން ހަރަދު ނުކުރި ނަމަވެސް މިވަރުގެ ޕްރޮޖެކްޓުތަކެއް ހިންގާއިރު މީގައި ޓެކްނިކަލީ ވަރަށް ގިނަ ކަންތައްތަކެއް ބަލަންޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުގެ މިއަދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރީ ކަރުދާހުގައިވާ ގޮތަށް ކުރިއަށް ދިޔުމަށެވެ.

ބަދަލު ކުރަން ނިންމީ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތަކުގެ މަަޝްރޫއު އެވެ.

ސިޓީ ކައުންސިލުން ހިންގަމުން ދިޔަ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ދިނުމަށް މި ނިންމީ، އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމަށް ފަސް ދުވަހަށް ވެފައި އޮއްވަ އެވެ. އާޒިމަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެކެވެ.

މޭޔަރުގެ މަގާމުގައި މިދިޔަ ދެ އަހަރު ދުވަހު ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox