ވެލެންސިއާގެ ބޯޑް ބައްދަލުވުމަކަށް ސްޕޯޓްސް ކޮމިޝަނަރަށް ދައުވަތުދީފި

ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ތޮލާލް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ތޮލާލް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާދަމާރޭ ބާއްވާ ކްލަބް ވެލެންސިއާގެ ބޯޑް މެމްބަރުންގެ ބައްދަލުވުމަކަށް ސްޕޯޓްސް ކޮމިޝަނަރު, މުހައްމަދު ތޮލާލް އަށް ދައުވަތު ދީފި އެވެ.

ވެލެންސިއާގެ ބޯޑް ބައްދަލުވުމެއް މާދަމާރޭ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ވެލެންސިއާގެ ޗެއާމަން ކަމުން އަބްދުﷲ އަޒްމީން ވަކިކުރި އެ ކުލަބްގެ ބޯޑު ބައްދަލުވުމުގައި އަސާސީ ގަވާއިދުގެ އިޖުރާތްތައް ފުރިހަަމަ ނުކޮށް ކަމަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ފާހަގަކުރުމުންނެވެ.

ވެލެންސިއާގެ އެކިއެކި މައްސަލަތަަކެއް ފެންމަތިވީ, މި މަހު 31 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް އެފްއޭއެމް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އަށް ވެސް ތާއީދު ސިޓީ ދިނުމުންނެވެ.

ކޮންމެ ކްލަބަކަށް ތާއީދު އެއް ސިޓީ ދެވޭ ގޮތަށް ގަވާއިދު އޮތްއިރު، ތޯރިގަށް ތާއީދު ސިޓީ ދިނީ، ބޯޑް މެމްބަރުންގެ ތާއީދާ އެކު، ޗެއާމަން، އަޒްމީން ސޮއިކޮށްފަ އެވެ. މުފާ އަތުގައި އޮތް ސިޓީ އަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ސިޓީ އެކެވެ. އެ ސިޓީގައި ވެސް ބޯޑު މެމްބަރުންގެ ތާއީދު އޮތް ކަމަށް ވަނީ ހިމަނައިފަ އެވެ. މި ކަންތައްތައް މި ގޮތަށް އޮތުމުން، އެފްއޭއެމުން މި މައްސަލައިގައި ހަދާނެ ގޮތަކާ މެދު އޭއެފްސީ އަށް ހުށަހެޅުމުން އޭއެފްސީއިން ވަނީ އެ ދެ ސިޓީ އަކީ ވެސް ބާތިލު ސިޓީތައް ކަމަށް ނިންމާފަ އެވެ.

މި ކަންކަމާ ހެދި، އެފްއޭއެމް އިންތިހާބާ ދިމާކޮށް، ވެލެންސިއާގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ.

ވެލެންސިއާގެ ބޯޑް މެމްބަރު ދޮނާ (ކ) އެފްއޭއެމްގެ ރައީސް ބައްސާމްއާ އެކު.--- ފޮޓޯ: އަދަދު

މީގެ ކުރިން ވެލެންސިއާގެ ވައިސް ޗެއާމަން އިލްމާއު ހުސެއިން (މައު) އާއި ބޯޑު މެމްބަރު ހަސަން ވަހީދު (ދޮނާ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަޒްމީންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

އެ ގޮތުން، ވެލެންސިއާ އިން މި ދިޔަ މަހު 26 ވަނަ ދުވަހުގެ ރޭ ބޯޑް މެމްބަރުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ކުލަބްގެ ޗެއާމަން ކަމުން އަޒްމީން ވަކިކޮށްފައިވާ ކަމަށް އިލްމާއު އާއި ދޮނާ ވަނީ ބުނެފަ އެވެ.

އެކަމަކު، ސްޕޯޓްސް ކޮމިޝަނުން ވަނީ އެ ބައްދަލުވުން ހިނގީ ނުގަވައިދުން ކަމަށް ބުނެ ބައްދަލުވުމާ މެދު ޝައްކު އުފައްދާފަ އެވެ.

ވެލެންސިއާ އިން މިއަދު ސްޕޯޓްސް ކޮމިޝަނަރު ތޮލާލަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނީ, ކުލަބް ވެލެންސިއާގެ ބޯޑުން އަޒްމީން ވަކިކުރި ބޯޑް ބައްދަލުވުމުގައި ކޮމިޝަނަރަށް ޝައްކު އުފެދިފައިވާތީ, އެ ޝައްކު ފިލުވާލުމަށް އަލުން ބޯޑު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުން ހިނގާދާ ގޮތް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބެލުމަށް ވަނީ ދައުވަތު އަރުވައިފަ އެވެ.

ވެލެންސިއާ އިން ފޮނުވާފައިވާ ސިޓީ.

ވެލެންސިއާގެ ބޯޑު މެމްބަރު ދޮނާ "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ, މިއީ ސްޕޯޓްސް ކޮމިޝަނަރާ ވެލެންސިއާ ދެމެދު އުފެދިފައިވާ ޝައްކު ފިލުވާލުމަށް ކޮމިޝަރަށް ދިން ދައުވަތެއް ކަމަށެވެ.

އަދި މި ބޯޑް ބައްދަލުުވުމަކީ، ރާއްޖޭގެ ކުލަބަކުން ހާމަކަން ބޮޑު ގޮތެއްގައި މި ފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރު ކަމަށް ދޮނާ ވަނީ ބުނެފަ އެވެ.

ވެެލެންސިއާގެ ކަންކަން ބެލެހެއްޓުމުގައި ސްޕޯޓްސް ކޮމިޝަނަރުގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ދޮނާ ބުނެފައިވެ އެވެ.

ސްޕޯޓްސް ކޮމިޝަނަރު، ތޮލާލް އަށް އެޑްރެސްކޮށް، ވެލެންސިއާ އިން ފޮނުވި ސިޓީގެ "އަދަދު" އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައި ސޮއިކޮށްފައިވާ ވެލެންސިއާގެ ބޯޑް މެމްބަރުންނަކީ، އިލްމާއު އާއި ދޮނާގެ އިތުރުން، ޔޫސުފް ރަމީޒް (ރަމީ)، އަލީ މަމްދޫހު އަދި މިސްބާހު މުހައްމަދު އެވެ.

ވެލެންސިއާގެ އެއް ފެކްޝަނުން އަޒްމީންގެ އިސްތިއުފާ ދިން ކަން ސާބިތުކޮށްދޭން ބޯޑު ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައިވާއިރު، އަޒްމީން ސޮއިކުރައްވައި، ވެލެންސިއާ އިން ވެސް ތާއީދުކޮށްގެން، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ވަނީ މިއަދު ހުށަހަޅައިފަ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިސްނަގައި، ވެލެންސިއާ ވެސް ހިމެނޭ ގޮތަށް 10 ކްލަބްގެ ތާއީދާ އެކު, އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކަށް ގޮވާލީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެއީ، އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަން އަސާސީ ގަވާއިދު ލާޒިމް ކުރާ ކޮމިޓީތައް ނެތުމާއި، އުސޫލާޚިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލެވިފައިވާތީ އާއި ބައެއް ހިންގާ ކޮމިޓީގެ މެމްބަރުން އިސްތިއުފާދީފައިވާތީ ވެސް މެ އެވެ. އަދި މި ކަންކަން މި ގޮތަށް އޮތްއިރު، މުއައްސަސާއެއްގެ ގޮތުގައި ހިންގަން ހުންނަންޖެހޭ ކޮމިޓީތައް އެކުލަވާލުމަށްޓަކައި އެފްއޭއެމް މެމްބަރުންގެ އެކަށީގެންވާ ތާއީދާ އެކު، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox