ނެމީބިއާ އިން ޓިއުނީޝިއާ ސިއްސުވާލައިފި

Jan 17, 2024, 6:53 AM
ޓިއުނީޝިއާގެ ކެޕްޓަން، ޔޫސުފް އެމްސަހާނީ ރޭގެ މެޗުގެ ތެރެއިން،

ޓިއުނީޝިއާގެ ކެޕްޓަން، ޔޫސުފް އެމްސަހާނީ ރޭގެ މެޗުގެ ތެރެއިން،

ކޯހޯގޯ، އައިވަރީ ކޯސްޓް (ޖެނުއަރީ 17) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން، މީގެ ކުރިން ހޯދާފައިވާ ޓިއުނީޝިއާ އަތުން 1-0 ނެމީބިއާ މޮޅުވެއްޖެ އެވެ.

މިއީ ނެމީބިއާ އިން މި މުބާރާތުގެ ތާރީހުގައި ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ތިން ފަހަރު އެފްރިކަން ކަޕްގައި ކުޅެ ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. ދުނިޔޭގެ ރޭންކިންގައި ނެމީބިއާ އޮތީ ޓިއުނީޝިއާ އަށް ވުރެ 87 ދަރަޖަ ފަހަތުގަ އެވެ.

ޓިއުނީޝިއާ އިން 2004 ވަނަ އަހަރުގެ އެފްރިކަން ކަޕް ޗެމްޕިއަންކަން ހޯދިއިރު، މި ފަހުން މުބާރާތްތަކުގައި އެ ޓީމަށް އެކަށޭނެ ނަތީޖާތަކެއް ނުނެރެވުނެވެ. މި ފަހަރުގެ މުބާރާތް ވެސް ފަށަން ޖެހިފައި މި ވަނީ ދަށްކޮށެެވެ.

ނެމީބިއާ އަށް ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޑިއޯން ހޮއްޓޯ ބޮލުންނެވެ. މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ޓިއުނީޝިއާ އަށް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މި ގްރޫޕްގެ އަނެއް މެޗުން، މާލީ އިން ވަނީ 2-0 އިން ދެކުނު އެފްރިކާ ބަލިކޮށްފަ އެވެ. މާލީގެ ގޯލުތައް ޖެހީ، ހަމާރީ ޓްރައޯރޭ އާއި ލަސީން ސިނަޔޯކޯ އެވެ.

މި ފަހަރުގެ އެފްރިކަން ކަޕްގައި ވަރުގަދަ ޓީމުތަކަށް ފެށުން ދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. ގްރޫޕް އޭގައި ނައިޖީިރިއާ ވަނީ 1-1 އިން އިކުއޭޓްރަލް ގިނީއާ އެއްވަރުވެފަ އެެވެ. ގްރޫޕް ބީގައި މިސްރުން ވަނީ މޮޒަމްބީކާ ކުޅެ 2-2 އިން އެއްވަރުވެފަ އެވެ. އެ ގްރޫޕްގައި އޮތް ގާނާ ވަނީ 2-1 އިން ކޭޕް ވާޑް އަތުން ބަލިވެފަ އެވެ. ގްރޫޕް ސީގައި ކެމަރޫން އާއި ގިނީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ގްރޫޕް ޑީގައި އެންގޯލާ އިން ވަނީ 1-1 އިން އަލްޖީރިއާއާ އެއްވަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox