މަސް އޮޑި ދެ ވަނަ ޑިވިޝަނުގެ ކުއާޓާ އަށް

Jan 17, 2024, 4:31 AM
ލަނޑު ޖެހުމަށް ފަހު މަސް އޮޑި ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލަނޑު ޖެހުމަށް ފަހު މަސް އޮޑި ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޮޅުވެ، މަސް އޮޑީ ސްޕޯޓްސް ކްލަބް، ބާކީ މެޗެއް އޮއްވައި ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

އިއްޔެ ހަވީރު، މަސް އޮޑިން ވަނީ 6-0 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މަސް އޮޑިން ފުރަތަމަ ދެ މެޗުން މޮޅުވީ، 4-0 އިންނެވެ. އެއީ މަހިބަދޫ ސްޕޯޓްސް ކްލަބާއި އެލްޓީ ސްޕޯޓްސް ކްލަބް އަތުންނެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ، ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހުު، ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމަކަށް ކުއާޓާ ފައިނަލްގެ ފުރުސަތު ދޭއިރު، ކުއާޓާގެ ބާކީ ޖާގަތަށް ދޭނީ ތިން ގްރޫޕުން ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމަކަށެވެ. އެ ގޮތުން، ބަލާއިރު، މަސް އޮޑި އަށް މި ވަނީ ގްރޫޕްގެ ގަދަ ދެ ޖާގައިގެ ތެރެއިން ކުއާޓާ ކަށަވަރުވެފަ އެވެ.

ގްރޫޕް އޭގައި މަސް އޮޑި އަށް ބާކީ އޮތީ ކުޑަހެންވޭރު ޔުނައިޓެޑާ ކުޅޭ މެޗެވެ. މިއީ، ގްރޫޕްގެ އެއް ވަނަ ކަށަވަރުުކުރަން ބަލާއިރު، މަސް އޮޑި އަށް މުހިންމު މެޗެކެވެ. ކުޑަހެންވޭރުން ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ.

މަސް އޮޑި ޓީމުގެ ކުޅުންތެރިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަސް އޮޑި އަށް އިއްޔެގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އައްޒާމް އަބްދުﷲ (އެޑޫ) އެވެ. ކުރިން ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އެޑޫ އަންނަނީ ދެ ވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، މި ލަނޑު ޖެހީ އަލީ ޝާމިސް (ތޮއްޕޭ) ދިން ބޯޅައަކުން އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މަސް އޮޑިން ދެ ވަނަ ގޯލު ޖެހީ، 51 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، އިބްރާހިމް ވަހީދު ހުސެއިން (އިއްބެ) އެވެ، މިއީ އޭރިއާތެެރެއަށް އައި ބޯޅައެއްގައި ބޮލުން ޖެހި ގޯލެކެވެ. އަދި މެޗުގެ 62 ވަނަ މިނިޓްގައި، މަސް އޮޑީގެ ތިން ވަނަ ލަނޑު ޖެހީ ވެސް އިއްބެ އެވެ. އިއްބެ މި ލަނޑު ޖެހީ ތޮއްޕޭ ނެގި ކޯނަރަކުން ބޮލުންނެވެ.

ތޮއްޕޭ، މަސްއޮޑި އަށް ހަތަރު ވަނަ ގޯލު ޖަހައިދިނީ 76 ވަަނަ މިނިޓްގަ އެވެ. މިއީ އިއްބެ ދިން ބޯޅައަކުން ހަމަޖެހިލައިފައި، ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ތޮއްޕޭ ޖެހި ގޯލެކެވެ. އޭގެ މިނިޓެއް ފަހުން، އެ ޓީމުގެ ފަސް ވަނަ ގޯލު ޖަހައިދިނީ ޖަހޯނޯވް ސަރުދޯރް އެވެ. މިއީ ތޮއްޕޭ ދިން ބޯޅައަކުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ސަރްދޯރް ޖެހި ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގައި މަސް އޮޑީ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ ފީލިކްސް ޗީޑި އެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބުން ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox