އިދިކޮޅުގެ ތުހުމަތުތައް ދޮގުކޮށް ސަރުކާރުން ބުނީ މަކުނުދޫއާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިނުކުރާ ކަމަށް

ޗައިނާއާއެކު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރަނީ : ޑިފެންސް މިނިސްޓަރު ގައްސާނު ސޮއިކުރެއްވި އެއްބަސްވުމަކީ ކޮބައިކަން ސަރުކާރުން ހާމައެއް ނުކުރި - ފޮޓޯ: ރައީސް އޮފީސް

ޗައިނާއާއެކު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރަނީ : ޑިފެންސް މިނިސްޓަރު ގައްސާނު ސޮއިކުރެއްވި އެއްބަސްވުމަކީ ކޮބައިކަން ސަރުކާރުން ހާމައެއް ނުކުރި - ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމާއެކު ހދ. މަކުނުދޫ ހިމެނޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މަކުނުދޫއާ ގުޅޭ އަސްކަރީ އެއްބަސްވުމެއްގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ ސޯޝަލް މީޑިއާގަ އެވެ. އެއަށްފަހު މި މަހުގެ 11 ގައި އިދިކޮޅު އެމްޑީޕީއިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތުކުރެއްވީ ޗައިނާއާ އެކު ސޮއިކުރީ 20 އެމްއޯޔޫގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް 30 އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ހދ. މަކުނުދުއާ ގުޅޭ އެއްބަސްވުމެއް އޭގެ ތެރޭގައި ހިމެނެ އެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން އެނގެން ބޭނުންވޭ މަކުނުދޫ އާއި ބެހޭ ގޮތުން ސޮއިކުރެއްވީ ކޯއްޗެއްތޯ ޗައިނާއާ އެކު. އަޅުގަނޑުމެން ބަލަން ބޭނުންވޭ ފުށިދިއްގަރަށް ބޮޑުތިލަދުންމަތީގެ އެންމެން ގެނެސް އަޅާލައިފައި މަކުނުދޫ ހިސާބު ކޮންބަޔަަކަށް ދޭން، ކީއްކުރަައްވަންތޯ އުޅެނީ،" ފައްޔާޒް އެރޭ ވިދާޅުވި އެވެ.

ފައްޔާޒުގެ އެ ތުހުމަތާ ގުޅިގެން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، ޗައިނާއާއެކު ވެވުނު ކޮންމެ އެގްރީމެންޓެއްގެވެސް އަމާޒަކީ ދިވެހިންނާއި ދިވެހިރާއްޖޭގެ ކުރިއެރުން ކަމަށެވެ.

"ވަކި ބަޔަކަށް ވަކި ރަށަކަށް ހާއްސަކުރެވިގެން އެއްވެސް އެގްރީމެންޓެއް ނުކުރެވޭ" ހަލީލު ވިދާޅުވި އެވެ.

މަކުނުދޫއާ ގުޅޭގޮތުން އެއްބަސްވުމެއް ނެތް ކަމަށް ހަލީލު ވިދާޅުވި ނަމަވެސް ރައީސްގެ ދަތުރުފުޅުގެ ތެރެއިން ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫނު ސޮއިކުރެއްވީ ކޮން އެއްބަސްވުމެއްގައިކަން ސާފުކޮށެއް ނުދެއްވަ އެވެ.

ވިދާޅުވީ އެއްބަސްވުންތަކުގެ ތަފުސީލު ސަރުކާރުން ހާމަ ކުރާނެ ކަމަށާއި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ތަފުސީލުތައް ހާމަކުރާނީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox