ގޯލްޑަން ފުޓްސަލް ޗެލެންޖު: އުތީމު އާއި ހޯރަފުށްޓަށް ބޮޑު މޮޅެއް

ހޯރަފުށީ ޓީމުގެ ޔާމީން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހޯރަފުށީ ޓީމުގެ ޔާމީން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ފުރަތަމަ މެޗުތަކުން ހއ. މާރަންދޫ, ހއ. އިހަވަންދޫ, ހއ. އުތީމު, އަދި ހއ. ހޯރަފުށި ކާމިޔާބުކުރިއިރު, ހއ. ބާރަށް އަދި ހއ. ކެލާ ކުޅުނު މެޗު އެއްވަރު ވެއްޖެ އެވެ.

ގޯލްޑަން ފުޓްސަލް ދަނޑުގައި ރޭ އަށް މެޗު ކުޅެފައިވާއިރު, ފުރަތަމަ މެޗުގައި މާރަންދޫ އިން ފިއްލަދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މާރަންދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު އާދަމް އެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މާރަންދޫގެ މުހައްމަދު ތަހުސީން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް މާރަންދޫގެ ތިންވަނަ ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު މުހައްމަދެވެ.

ރޭ އިހަވަންދޫ އިން އެ އަތޮޅު މުރައިދޫގެ މައްޗަށް ކުރިހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. ހއ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ އިހަވަންދޫ އިން މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު, މި މެޗުގެ ތިންވަނަ މިނެޓުގައި އިހަވަންދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު ސާޖިދެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިހަވަންދޫ އިން ވަނީ އިތުރު ގޯލެއް ޖަހާ ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް ހާމިދު (ހާންޑޯ) އެވެ.

ދެވަނަ ހާފުގައި މުރައިދޫ އިން ވަނީ ވަރުގަދަ ޑިފެންސެއް ކޮށްގެން ކުޅެވޭތޯ ބަލާފަ އެވެ. އެކަމަކު މެޗުގެ ފަހު ކޮޅު މުރައިދޫ ކުޅުންތެރިން ވަރުބަލިވުމުގެ ފައިދާ ނަގާ އިހަވަންދޫ އިން ވަނީ އިތުރު ތިން ލަނޑު ޖަހާފަ އެވެ. މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ހާންޑޯގެ އިތުރުން ހަސަން ޝާމިލް އެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުތީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރޭ އުތީމުން ތުރާކުނުގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އަށްވަނަ މިނެޓުގައި އުތީމުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ރިފާއު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އުތީމުން ވަނީ އިތުރު ދެ ގޯލު ޖަހާފަ އެވެ. މި ލަނޑުތައް އެ ޓީމަށް ޖަހާ ދިނީ ތަހާ މުހަައްމަދުގެ އިތުރުން މުހައްމަދު ނަބީލެވެ. މެޗުގެ ފަހު ގޯލު ދެވަނަ ހާފުގެ ފަހު ކޮޅު އުތީމަށް ޖަހާދިނީ ވެސް ނަބީލެވެ.

ރޭ ހޯރަފުށިން ތަކަންދޫގެ މައްޗަށް ކުރިހޯދީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ހޯރަފުށީގެ އަބްދުالله ޔާމީން (ޔާނު) ތިން ލަނޑު ޖަހާ ހެޓްރިކް ހެދިއިރު, އެ ޓީމުން ޖެހި އަނެއް ތިން ގޯލު ޖެހީ ހަސަން އިރުޝާދު, އަހުމަދު ޒިދާން އަބްދުލް ސައްތާރު އަދި އާދަމް މާހިލް އެވެ. މި މެޗުގައި ތަކަންދޫގެ ގޯލުތައް ޖެހީ ޖާދުالله އަހުމަދާއި, މުހައްމަދު ހަސަން އަހުމަދެވެ.

ރޭ ކުޅުނު ހއ. އަތޮޅުގެ ފަހު މެޗުގައި ކެލާ އާއި ބާރަށް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މި މެޗުގެ ފަސްވަނަ މިނެޓުގައި ކެލާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަބްދުالله އިހުސާން އެވެ. ބާރަށުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު ފައިޒާން އެވެ.

ރޭ ހއ. އަތޮޅުގެ މެޗުތަކުގެ އިތުރުން ގއ. އަތޮޅުގެ މެޗުތައް ވެސް ވަނީ ކުރިއަށް ގޮސްފަ އެވެ. އެގޮތުން ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން މާމެންދޫ ވަނީ ނިލަންދޫ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދިހަވަނަ މިނެޓުގައި ނިލަންދޫ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަބްދުالله ޒިހުނީ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން މާމެންދޫ އިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ރައުހާން ރިއްފަތެވެ. އެކަމަކު އޭގެ އެއް މިނެޓު ފަހުން ނިލަންދޫ އިން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޒާހިލް އަހުމަދެވެ. އަދި ނިލަންދޫގެ ފަހު ގޯލު މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޖަހާދިނީ މުހައްމަދު ޝާވިން ހުސެއިން އެވެ.

ރޭ ގއ. ގެމަނަފުށިން އެ އަތޮޅު ދާންދޫގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ދެވަނަ މިނެޓުގައި ދާންދޫގެ އަހުމަދު ހަސަން ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު މެޗުގެ އަށްވަނަ މިނެޓުުގައި ގެމަނަފުށީގެ އަލީ ޝާޒް ހަބީބް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު, ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ.

ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ގެމަނަފުށިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މުހައްމަދު ޝާހިލް އިބްރާހީމް ކާމިޔާބު ކޮށްދިން ގޯލުންނެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ދާންދޫގެ ހަސަން ސައީދު ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުން ގެމަނަފުށި މޮޅުކޮށްދިން ގޯލު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖެހީ ޝާޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox